Roadha Mihaaru

ގައްދޫގައި މީހަކު މަރުވި އެކްސިޑެންޓާ ގުޅިގެން ޒުވާނަކު ހައްޔަރުކޮށްފި

ގދ. ގައްދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ގައްދޫ އެކްސިޑެންޓާ ގުޅިގެން މީހަކު ހައްޔަރުކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

16 މާޗް 2018

ގދ. ގައްދޫގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު މަރުވި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ ޒުވާނެއް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.

ހައްޔަރުކުރީ އެކްސިޑެންޓުގައި ހިމެނުނު ސައިކަލު ދުއްވި ޒުވާނާ ކަމަށް ވަނީ އެނގިފަ އެވެ.

މި އެކްސިޑެންޓު ވީ ހިނގާފައި ދިޔަ އުމުރުން ދުވަސްވީ މީހަކު މަގު ހުރަސްކުރަނިކޮށް ސައިކަލުން ޖެހިގެންނެވެ. ސައިކަލުން ޖެހި ޒަހަމްވި، ގައްދޫ ހަނދުވަރީގޭ މުހައްމަދު ގާހިރު 80، މަރުވީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްިޓަލުގައި ފަރުވާ ދެނިކޮށެވެ.

މި އެކްސިޑެންޓުގައި ގާހިރުގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ބޮޑެތި ޒަހަމްތައް ލިބިފައިވެ އެވެ.