Roadha Mihaaru
ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކޮށްފި

ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކޮށްފި

18 މާޗް 2018

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު، އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ހައްޔަރުކޮށްފި އެވެ.

ނާޒިމް ރޭ ވަނީ އޭނާ ހައްޔަރުކޮށް ފުލުހުންގެ މައި މަރުކަޒަށް ހާޒިރުކޮށްފައިވާ ކަމަށް ޓުވީޓް ކޮށްފަ އެވެ.

ނާޒިމް ހައްޔަރު ކުރި ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓުވީޓް---

ފުލުހުން ނާޒިމް ހައްޔަރު ކުރީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ ބައެއް މީހުން ކްރިމިނަލް ކޯޓަށް ރޭ ހާޒިރު ކުރުމުން އެ ސަރަހައްދުގައި ހުންނަވަނިކޮށެވެ. ނަމަވެސް އޭނާ ހައްޔަރު ކުރީ ކޮން ތުހުމަތަކަށް ކަމެއް ނޭނގެ އެވެ. ހައްޔަރު ކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމެއް ނުވަތަ ކޯޓު އަމުރެއްގެ ދަށުން ކަމެއް ވެސް ސާފެއް ނުވި އެވެ.

ނާޒިމް ހައްޔަރު ކުރި ސަބަބެއް ފުލުހުންގެ ފަރާތުން ވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް މީހުން މުޒާހަރާތަކުން ހައްޔަރު ކުރާ އިރު އަނެއް ބަޔަކު ހައްޔަރު ކުރަނީ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގަ އެވެ.

މިދިޔަ ހަފުތާގައި ފުލުހުން ވަނީ ނާޒިމުމެންނާ އެކު މަސައްކަތް ކުރައްވާ ވަކީލު މަހްފޫޒު ސައީދު ސަސްޕެންޑްކޮށްފަ އެވެ.