Roadha Mihaaru
ތާރު އަޅައިގެން ހަދާ މަގުގައި 450 ގަސް އިންދަނީ

ތާރު އަޅައިގެން ހަދާ މަގުގައި 450 ގަސް އިންދަނީ

21 މާޗް 2018

ތާރު އަޅައިގެން ހަދާ ބޮޑުތަކުރުފާނު މަގުގައި 450 އެއްހާ ގަސް އިންދަން ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތާރު އަޅައިގެން ހަދާ ބޮޑުތަކުރުފާނު މަގުގައި 450 އެއްހާ ގަސް އިންދަން ހަމަޖައްސާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ހުޅުމާލެ ފެރީ ޓާމިނަލާ ހަމައަށް ގަސް އިންދަން ހަމަޖައްސާފައިވާ ކަމަށެވެ. އެ ޓްވިޓާއެކު މިނިސްޓަރު ވަނީ އެ މަސައްކަތުގެ ކުރެހުމެއް ވެސް އާއްމުކުރައްވައިފަ އެވެ.

މުއިއްޒު ކުރެއްވި ޓްވީޓް

މާލޭ އިންޑަސްޓްރިއަލް ވިލެޖުން ފެށިގެން ބްރިޖާ ހަމައަށް، ބޮޑުތަކުރުފާނު މަގު ފުޅާކޮށް މި މަހުގެ ތެރޭގައި ތާރު އަޅަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުން އެ މަސައްކަތަށް ދެކުނު ސަރަހައްދުގައި ހުރި ގާޑިޔާތައް ނަގައި އެެހެން ސަރަހައްދުތަކަށް ވަނީ ބަދަލުކުރަން ނިންމައިފަ އެވެ.

ބްރިޖް ނިމެން ވާއިރަށް ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ނިމޭނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. އަދި ބްރިޖުން ފެށިގެން އާޓިފިޝަލް ބީޗްގެ އުތުރުކޮޅާ ހަމަޔަށް އޮތް ބައި ވެސް ފުޅާކޮށް، ތާރު އަޅައިގެން ހެދުމަށް ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ކުރިން ވިދާޅުވި އެވެ.