ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ އެމްބީބީއެސް ކޯހަށް 50 ދަރިވަރަކަށް ލޯނު ލިބޭ ގޮތަށް ހުޅުވާލި ފުރުސަތު އަންނަ ބުރާސްފަތިދުވަހު ހަމަވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފި އެވެ.
27 މާޗް 2018
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަށާ އެމްބީބީއެސް ކޯހަށް 50 ދަރިވަރަކަށް ލޯނު ލިބޭ ގޮތަށް ހުޅުވާލި ފުރުސަތު އަންނަ ބުރާސްފަތިދުވަހު ހަމަވާނެ ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަން (ޑީއެޗްއީ) އިން މިއަދު ބުނެފި އެވެ.
ޑޮކްޓަރުކަމުގެ މި ކޯސް މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)ގެ ދަށުން ޖުލައި މަހު ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ކޯހުގެ ފުރަތަމަ ބެޗަށް މަދުވެގެން 50 ދަރިވަރުން ބޭނުންވާނެ ކަމަށް އެމްއެންޔޫ އިން ކުރިން ބުނެފައިވެ އެވެ.
އެމްއެންޔޫ އިން އެމްބީބީއެސް ކޯސް ހިންގާނީ އަލަށް ގާއިމްކުރާ މެޑިކަލް ކޮލެޖް ހުޅުވަންދެނެވެ. އެ ކޮލެޖްގެ މަސައްކަތް ފެށޭނީ އައިޖީއެމްއެޗާ ޖެހިގެން މިހާރު ހަދަމުން އަންނަ 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމުން، އެ ތަނުގެ ބައެއްގަ އެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެ ބުރި ހާއްސަކުރާނީ މެޑިކަލް ކޮލެޖަށެވެ.
ޑީއެޗްއީ ހިންގުމާ ހަވާލުވެ ހުންނެވި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަޒީރު މިއަދު ވިދާޅުވީ މަތީ ތައުލީމުގެ ލޯނު ސްކީމުން 50 ފުރުސަތު ހުޅުވާލީ އެމްބީބީއެސް ކޯހަށް އަމާޒުކޮށްގެން ކަމަށެވެ.
ނަޒީރު ވިދާޅުވި ގޮތުގައި މި މަހުގެ ދެ ވަނަ ދުވަހު ހުޅުވާލި ފުރުސަތުގެ ދަށުން ރާއްޖޭގައި އެމްބީބީއެސް އަށް ކިޔަވަން މިހާރު ވެސް ދަރިވަރުން އަންނަނީ ކުރިމަތިލަމުންނެވެ.
މީގެ ކުރިން ސްޓޫޑެންޓް ލޯނުގެ ތެރެއިން ރާއްޖޭން ބޭރުގައި އެމްބީބީއެސްއަށް ކިޔަވަން ޖާގަ ދިނެވެ. ނަމަވެސް ރާއްޖޭގައި އެ ކޯސް ފަށަން ހަމަޖެއްސުމުން، މި މަހު ހުޅުވާލި ލޯނު ފުރުސަތުގައި ރާއްޖޭން ބޭރުގައި ޑޮކްޓަރުކަން ކިޔަވަން ޖާގަ ދީފައެއް ނުވެ އެވެ.
"ލޯނަށް އަލުން ހުޅުވާލާނަން، މި ފަހަރު ފަސޭހަވާނެ"
ލޯނު ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރަން ފަށައިފި
ޝަރުތުހަމަވާ އެންމެންނަށް މަތީތައުލީމުގެ ލޯނު ދެނީ
މެޑިސިން ހަދާ ދަރިވަރުންގެ ލޯނުގެ މުއްދަތު އިތުރުކޮށްފި
މަތީތައުލީމުގެ ލޯނު 500 އަށްވުރެ ގިނަ ދަރިވަރުންނަށް
ދަރިވަރުންގެ ލޯނަށް ދިން 130 މިލިއަން ރުފިޔާ ނުލިބޭ
މަތީ ތައުލީމުގެ ލޯނު 400 އަށް ވުރެ ގިނަ ކުދިންނަށް
ލޯނު ލިބޭ ދަރިވަރުންނަށް ލިއުން ދިނުން މި ހަފުތާގައި
މަތީ ތައުލީމުގެ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ސްޓޫޑެންޓް ލޯނު ފައިސާ ލަސްވެ ދަރިވަރުން ކަންބޮޑުވެފައި