Roadha Mihaaru
ނުހުޅުވަނީސް ޕިއްޒާ ހަޓް ކައިރީގައި ދިގު ކިޔޫއެއް

ނުހުޅުވަނީސް ޕިއްޒާ ހަޓް ކައިރީގައި ދިގު ކިޔޫއެއް ދަމާލައިފި

29 މާޗް 2018

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓްގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް މާލޭގައި މިއަދު އާއްމުންނަށް ހުޅުވާލުމުން، އެތަނަށް ވަންނަން އެތައް ބަޔަކު ކިޔޫ ހަދައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ޕިއްޒާ ހަޓްގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް މާލޭގައި މިއަދު އާއްމުންނަށް ހުޅުވާލުމުން، އެތަނަށް ވަންނަން އެތައް ބަޔަކު ކިޔޫ ހަދައިފި އެވެ.

އަމީނީމަގުގައި ކުރީގެ ގާކޮށި ހުރި ތަނުގައި ހެދި ޕިއްޒާ ހަޓް ރެސްޓޯރަންޓަށް އެންމެ ފުރަތަމަ ވަން ގްރޫޕްގައި ހިމެނޭ މީހަކު ބުނީ މިއަދު 11:00ގައި ހުޅުވާކަން އެނގުމުން ދިހައެއް ޖެހިއިރު ކިޔޫގައި ޖެއްސި ކަމަށެވެ. އަދި މެންދުރު 12 ޖެހިއިރު ވެސް ގިނަ އަދަދެއްގެ ބަޔަކު ކުޑަކުދިން ގޮވައިގެން ގޮސް އެތަނުގެ ބޭރުގައި ކިޔޫގައި ތިއްބެވެ.

ޕިއްޒާ ހަޓްގެ ރެސްޓޯރަންޓެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހުޅުވުމުން އެތަނުގެ ބޭރުގައި މިއަދު ހެނދުނު އެތައް ސަތޭކަ ބަޔަކު ކިޔޫ ހަދައިގެން: އެތަނަށް އާންމުންގެ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް އަންނަނީ ލިބެމުން--. ފޮޓޯ:ހުސައިން ވަހީދު/މިހާރު

"ވަރަށް ބޮޑަށް ބޭނުންވި އެންމެ ފުރަތަމަ މިތަނަށް ވަންނަ މީހުންގެ ތެރޭގައި ހިމެނެން. މީގެ ކުރިން ރާއްޖެއިން ބޭރަށް ދެވޭ ފަހަރު ވެސް ޕިއްޒާ ހަޓަށް ފެމެލީއާއެކު ކާން ވަންނަން،" އޭނާ ބުންޏެވެ.

އެތަނަށް އެންމެ ފުރަތަމަ ވަން 50 ކަސްޓަމަރުންނަށް ވަނީ ޕިއްޒާ ހަޓް ބްރޭންޑްގެ ލޯގޯ ޖެހި ޓީޝާޓް ބަހައިފަ އެވެ.

މާލޭގައި ހުޅުވި ޕިއްޒާ ހަޓް ރެސްޓޯރަންޓުން ވިއްކާ މެދު ސައިޒްގެ ޕިއްޒާގެ އަގު ފެށެނީ 110ރ. އިންނެވެ. އެގޮތުން ތަފާތު 20 ވައްތަރެއްގެ ޕިއްޒާ ލިބެންހުރެ އެވެ. އޭގެ އިތުރުން ތިން ވައްތަރެއްގެ ޕާސްތާ އާއި ފަސް ވައްތަރެއްގެ އެޕަޓައިޒާ ވެސް ހުރެ އެވެ. އަދި މަޝްހޫރު ލާވާ ކޭކާއި ޗޮކްލެޓް ބްރައުނީ ފަދަ ޑިސަޓް ވެސް ލިބެންހުރެ އެވެ.

ޕިއްޒާ ހަޓް އާއްމުކޮށް ހުޅުވާލުމާއެކު މިއަދު އެންމެ ފުރަތަމަ ވަން ކަސްޓަމަރުންގެ ތެރޭގައި ހިމެނޭ ބަޔަކު ޕިއްޒާއެއް ކަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ޕިއްޒާ ހަޓް އާއްމުކޮށް ހުޅުވާލުމާއެކު މިއަދު އެންމެ ފުރަތަމަ ވަން ކަސްޓަމަރުންގެ ތެރޭގައި ހިމެނޭ ބަޔަކު ޕިއްޒާއެއް ކަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

އެތަނުގައި ތިބި ބައެއް ކަސްޓަމަރުން ބުނީ އަގުތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"އާއްމުކޮށް މާލޭގައި ޕިއްޒާ ލިބެންހުންނަ އަގުތަކާ އަޅާބަލާއިރު މިކަހަލަ އިންޓަނޭޝަނަލް ބްރޭންޑެއްގެ އަގު ރަނގަޅު. ދިވެހިންނަށް ކަމުދާނެ ހުރިހާ ރަހެއް ކަހަލަ ގޮތަކަށް ލިބެން އެބަހުރި،" އެތަނުން ދިމާވި މީހަކު ބުންޏެވެ.

ރާއްޖޭގައި ޕިއްޒާ ހަޓް ހިންގާ ގަމާ ޕިއްޒާ ކްރާފްޓް ލަންކާގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޔަސަ ނަޑަރާޖާ ވިދާޅުވީ މާލޭގައި އެ ރެސްޓޯރަންޓު ހުޅުވުމުން އާއްމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާ މެދު ވަރަށް ބޮޑަށް ހިތް ހަމަޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިތިބީ ވަރަށް އުފަލުން. އަޅުގަނޑުމެން މިއަދު ކަސްޓަމަރުންނަށް ޓީޝާޓް ބެހި ނަމަވެސް އާއްމުކޮށް ޕްރޮމޯޝަންތަކެއް ނުހިންގަން. އަޅުގަނޑުމެން މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ހިތްހަމަޖެހޭ ހިދުމަތެއް ދޭން،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޕިއްޒާ ހަޓް ހިންގާ ގަމާ ޕިއްޒާ ކްރާފްޓް ލަންކާގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޔަސަ ނަޑަރާޖާ "މިހާރު"އަށް އިންޓަވިއު ދެއްވަނީ--. ފޮޓޯ:ހުސައިން ވަހީދު/މިހާރު

ރާއްޖޭގައި ޕިއްޒާ ހަޓް ހިންގާ ގަމާ ޕިއްޒާ ކްރާފްޓް ލަންކާގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޔަސަ ނަޑަރާޖާ "މިހާރު"އަށް އިންޓަވިއު ދެއްވަނީ--. ފޮޓޯ:ހުސައިން ވަހީދު/މިހާރު

ޔަސަ ވިދާޅުވީ އެތަނުގެ އަގުތައް ކަނޑައަޅާފައި ވަނީ ރާއްޖޭގެ މާކެޓްގައި ޕިއްޒާ މިހާރު ލިބެންހުރި ތަކަށް ބެލުމަށް ކަމަށެވެ.

"އަޅުގަނޑުމެން މިފެށީ ސަތޭކަ ރުފިޔާގެ ރޭންޖުން. އަޅުގަނޑަށް ހީވަނީ މިއީ ވަރަށް އެކަށީގެންވާ ހެޔޮ އަގެއްހެން،" އޭނާ ވިދާޅުވި އެވެ.

ޔަސަ ވިދާޅުވީ އެތަނުން އެއްފަހަރާ ހަތަރު ފަސް މީހުންނަށް ކެވޭ ސައިޒުގެ ޕިއްޒާ ވެސް ލިބެން ހުންނާނެ ކަމަށެވެ.

"އަގުތައް ބިނާވެފައި އޮންނާނީ އެ މީހަކު ގަންނަ ސައިޒަކަށް. އަޅުގަނޑުމެން ބަލާނަން ވީހާ ވެސް ގިނަ މީޓާއި ޗީޒް ވެސް ހިމެނޭތޯ. އެއީ ދިވެހިންނާ ވީހާ ވެސް ގުޅޭ ގޮތަށް ރަހަތައް ބައްޓަންކުރަން،" އޭނާ ވިދާޅުވި އެވެ.

ޔަސަ ވިދާޅުވީ މާލޭގައި ހުޅުވި ރެސްޓޯރަންޓުގެ ތަރުހީބަށް ބަލައި ކުރިޔަށް އޮތްތަނުގައި ހުޅުމާލެ އާއި އެއާޕޯޓު އަދި އާބާދީ ބޮޑު ބައެއް ރަށްތަކުގައި ވެސް ޕިއްޒާ ހަޓް ވަރަށް އަވަހަށް ހުޅުވަން މަސައްކަތްކުރާނެ ކަމަށެވެ.

ޕިއްޒާ ހަޓްގެ ރެސްޓޯރަންޓްގެ މުވައްޒަފުން މިއަދު ހެނދުނު އަވަދިނެތި ހިދުމަތް ދެނީ--. ފޮޓޯ:ހުސައިން ވަހީދު/މިހާރު

ޕިއްޒާ ހަޓްގެ ރެސްޓޯރަންޓްގެ މުވައްޒަފުން މިއަދު ހެނދުނު އަވަދިނެތި ހިދުމަތް ދެނީ--. ފޮޓޯ:ހުސައިން ވަހީދު/މިހާރު

"އަޅުގަނޑުމެން މިބަލަނީ އިތުރު ދެތަން ރާއްޖޭގެ އެހެން ރަށްތަކުގައި ވަރަށް އަވަހަށް ހުޅުވޭތޯ. އަޅުގަނޑުމެންނަށް ލިބޭ ތަރުހީބާ މެދު ވަރަށް ހިތްހަމަޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޔަސަ ވިދާޅުވީ މިއަދުން ފެށިގެން ވެސް ކަސްޓަމަރުންނަށް އެ ރެސްޓޯރަންޓުން ޓޭކްއަވޭ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ޑެލިވަރީ ހިދުމަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ބޭނުން މިހާރު މިތަނަށް އަންނަ ކަސްޓަމަރުންނަށް ވީހާ ވެސް އަވަހަކަށް ހިދުމަތް ފޯރުކޮށްދޭން. މިވަގުތު ޑެލިވަރީގެ ހިދުމަތް ނެތަސް ދެ ހަފުތާއެއްހާ ދުވަސް ފަހުން ޑެލިވަރީގެ ހިދުމަތް ވެސް ފަށާނަން. އެހެން ނަމަވެސް އެއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމެއް،" ޔަސަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ހުންނަ ގޮތަށް ކުރިޔަށް އޮތްތަނުގައި ދިވެހި ރަހަތައް އެކުލެވޭ ޕިއްޒާ ވެސް ތައާރަފްކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުން ދިވެހިންނަށް ކަމުދާ ހުރިހާ ރަހައެއް ލިބެން ހުންނަން. އަޅުގަނޑުމެންގެ ޓާގެޓަކީ ޓޫރިސްޓުންނެއް ނޫން. އެގޮތުން މަދުވެގެން ތިން ހަތަރު ދިވެހި އުފެއްދުން ތައާރަފްކުރާނަން،" ޔަސަ ވިދާޅުވި އެވެ.

މާލޭގައި ޕިއްޒާ ހަޓް ހިންގަނީ ރާއްޖޭގެ އައިލެންޑް ފުޑާއި އިންޑިއާގެ ގަމާ ޕިއްޒާ ކްރާފްޓް އޯވާސީސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާ ކުންފުންޏަކުންނެވެ.

ހަތްދިހަ މީހުންގެ ޖާގައިގެ ޕިއްޒާ ހަޓް ރެސްޓޯރަންޓް ހުޅުވި އިރު އެ އިމާރާތުގައި މަޝްހޫރު ކޭއެފްސީ ރެސްޓޯރަންޓެއް ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ.