ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ، ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސަންގު ޓީވީ ވެސް ޖޫރިމަނާކޮށްފި އެވެ. އެ ސްޓޭޝަނަށް އަންގާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި 100،000ރ. ދެއްކުމަށެވެ.
29 މާޗް 2018
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ، ރައީސް އަބްދުﷲ ޔާމީނަށް ފާޑުވިދާޅުވެ ދެއްކެވި ވާހަކަތަކަކާ ގުޅިގެން ސަންގު ޓީވީ ވެސް ޖޫރިމަނާކޮށްފި އެވެ. އެ ސްޓޭޝަނަށް އަންގާފައި ވަނީ އެއް މަސް ދުވަހުގެ ތެރޭގައި 100،000ރ. ދެއްކުމަށެވެ.
މުސްތަފާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން މީގެކުރިން، ރާއްޖެ ޓީވީ ވެސް ޖޫރިމަނާ ކޮށްފައިވެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މައްސަލަ ނިންމި ގޮތުގެ ބަޔާނުގައި ބުނެފައި ވަނީ، ޑިސެމްބަރު، 8، 2017 ގައި ސަންގު ޓީވީގެ ކޮންޓެންޓު ލައިވްކުރަމުން ދިޔައިރު، ރައީސް އަބްދުﷲ ޔާމީންގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތހުމަތުކޮށް މެމްބަރު މުސްތަފާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ. ރައީސަށް އަވަގުރާނަ ގޮވާފައިވާ އެ ކޮންޓެންޓަކީ ރައީސް ޔާމީންގެ އަބުރުފުޅާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނިގޮތުގައި އެ ކޮންޓެންޓަކީ، އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓުކޮށްފައިވާ ކޮންޓެންޓެކެވެ. ރައީސަށް ނިސްބަތްކޮށްފައިވާ އަވަގުރާނު ބްރޯޑްކާސްޓިން ކޮމިޝަނުގެ ނިންމުމުގައި ބަޔާންކޮށްފައިވީ ނަމަވެސް "މިހާރު" އިން ނުލިޔުނީ އަބުރު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުންނެވެ.
ސަންގު ޓީވީން ދެއްކި ކޮންޓެންޓާ ގުޅިގެން އެ ސްޓޭޝަނުން މާފަށް އެދެން ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
އަބުރުގެ ގާނޫނުގެ ދަށުން ތިން ފަހަރެއްގެ މަތިން ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައި ވެ އެވެ. އެންމެ ފުރަތަމަ 250،000ރ. އިން ޖޫރިމަނާކުރިއިރު ދެ ވަނަ ފަހަރަށް ކުރީ އެއް މިލިއަން ރުފިޔާއިންނެވެ. އަދި އޭގެ ފަހުން ފަސް ލައްކަ ރުފިޔާއިން ވެސް ރާއްޖެ ޓީވީ ޖޫރިމަނާކޮށްފައިވެ އެވެ.
މާފަށް އެދޭނީ ކޯޓުން ނިންމުމުން: ސަންގު ޓީވީ
ޖޫރިމަނާ ނުކޮށް ޒިންމާ އަދާކުރަންވީ ބްރޯޑްކޮމް: ނާޝިދު
ޓީވީތަކުން އިންތިހާބު ކަވަރުކުރީ ހަމަހަމަކޮށެއް ނޫން
ބްރޯޑްކޮމްގެ އުސޫލު ފެތެނީ ޚަބަރު ގެނެސްދޭ ފަރާތްތަކަށް
ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން
ކެންޑިޑޭޓުންނަށް ވަގުތު ދިނުމާބެހޭ އުސޫލަށް ހިޔާލުހޯދަނީ
"ހަމަހަމަ ފުރުސަތު ދީގެން ލިބޭނީ ބޮޑު ގެއްލުމެއް"
ސަންގު ޓީވީން ޖޫރިމަނާ ދެއްކީ ޖާޑިއެއްގެ ފައިިސާއިން
އަމްޖަދު، ބްރޯޑްކޮމް އަށް އައްޔަންކުރަން ފާސްކޮށްފި
އެމްބީސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ކޮމިޓީިއަށް