ހާއްސަ ގޮތެއްގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް ހިމެނޭ ގޮތަށް ގިނަ ޓީވީ ޗެނަލްތަކުން ހަމަހަމަކަމާ އެކު ރިޔާސީ އިންތިހާބު ކަވަރު ކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.
04 އޮކްޓޯބަރ 2018
ހާއްސަ ގޮތެއްގައި ދައުލަތުގެ މީޑިއާ ޕީއެސްއެމް ހިމެނޭ ގޮތަށް ގިނަ ޓީވީ ޗެނަލްތަކުން ހަމަހަމަކަމާ އެކު ރިޔާސީ އިންތިހާބު ކަވަރު ކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މިއަދު ބުނެފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބު ވިދާޅުވީ އެ ކޮމިޝަނުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ޓީވީތަކުން އިންތިހާބު ކަވަރު ކުރުމުގައި ވަކި ފަރާތަކަށް ވަނީ ބުރަވެފަ އެވެ.
"މި ދިރާސާއިން ދައްކާ ގޮތުގައި ގިނަ ޗެނަލްތަކުން ވަކި ކެންޑިޑޭޓަކަށް ބުރަވެ ކޮންޓެންޓް ގެނެސްދީފައިވޭ،" ޝަހީބު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކަވަރޭޖުގެ ތެރޭގައި ހާއްސަކޮށް ޕީއެސްއެމުން ވެސް ކަވަރު ކޮށްފައި ވަނީ ވަކި ކެންޑިޑޭޓަކަށް ބުރަވެގެން ކަން ޝަހީބު ފާހަގަ ކުރެއްވި އެވެ.
"އިންތިހާބީ ކަންކަމާ ގުޅޭ މައުލޫމާތު ގެނެސްދިނުމުގައި ޕަބްލިކް ސާވިސް ބްރޯޑްކާސްޓްކުރާ ދައުލަތުގެ މީޑިއާއަކީ ހާއްސަ މަސްއޫލިއްޔަތެއް އަދާކުރާ ފަރާތެއްކަން ދެނެ ތިބެ، އިންތިހާބާ ބެހޭ ކަވަރޭޖް ވަކިފަރާތަކަށް ބުރަވުމެއް ނެތި ސިޔާސީ ކެންޑިޑޭޓުންގެ މައުލޫމާތު އިންސާފުވެރިކަމާއި ހަމަހަމަ ކަމާއެކު ގެނެސްދިނުމާއި ވޯޓްލާ މީހުން ހޭލުންތެރި ކުރުމަށްޓަކައި މައުލޫމާތު ސައްހަކަމާއެކު ދެފުށް ފެންނަ އުސޫލެއްގެ މަތިން ގެނެސްދީފައި ނުވާކަން އަޅުގަނޑުމެންގެ މި ދިރާސާއިން ފާހަގަ ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.
ބްރޯޑްކޮމް އިން ބަލާފައިވާ ބައެއް ބާވަތްތަކުގެ މައްސަލައިގެ ކުޑަ ތަފްސީލެއް ވެސް ޝަހީބު ވަނީ ދެއްވައިފަ އެވެ. އެގޮތުން އަބުރު ރައްކާތެރި ކުރުމާ ގުޅޭ ގާނޫނުގެ ދަށުން 28 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް މި މައްސަލަތަކުގެ ތަފްސީލެއް ނުދެއްވަ އެވެ.
ބްރޯޑްކޮމްގެ އުސޫލު ފެތެނީ ޚަބަރު ގެނެސްދޭ ފަރާތްތަކަށް
ޖޫރިމަނާ ކުރީ އިންތިހާބުގެ ކަވަރޭޖަށް ހުރަސް އަޅަން
ކެންޑިޑޭޓުންނަށް ވަގުތު ދިނުމާބެހޭ އުސޫލަށް ހިޔާލުހޯދަނީ
މާފަށް އެދޭނީ ކޯޓުން ނިންމުމުން: ސަންގު ޓީވީ
ސަންގު ޓީވީ ވެސް 100،000ރ. އިން ޖޫރިމަނާކޮށްފި
އަމްޖަދު، ބްރޯޑްކޮމް އަށް އައްޔަންކުރަން ފާސްކޮށްފި
އެމްބީސީއަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަން ކޮމިޓީިއަށް
"އަބުރުފުޅު ފަންޑު" އަނެއްކާވެސް ހުޅުވައިފި
ރާއްޖެޓީވީން ދެއްކީ ގައުމީ ސަލާމަތަށް ނުރައްކާ އެއްޗެއް
ބްރޯޑްކޮމްއިން ދަނީ މީޑިއާތައް އިނދަޖައްސަމުން:އެމްޑީޕީ