04 އެޕްރީލް 2018
މި މަހު ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހަމަޖެއްސިއިރު، ޓީމުގެ ވައިސް ކެޕްޓަނަކީ އަލީ ހުޒާމް (ހުޒާންޓެ) އެވެ.
މި މަހު ބަންގްލަދޭޝްގައި އޮންނަ އޭވީސީ ސެންޓްރަލް ޒޯން ސީނިއާ މެންސް ވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ތަޖުރިބާކާރު ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ހަމަޖެއްސިއިރު، ޓީމުގެ ވައިސް ކެޕްޓަނަކީ އަލީ ހުޒާމް (ހުޒާންޓެ) އެވެ.
ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އޭވީސީ މުބާރާތުގައި ވާދަކުރާ ގައުމީ ވޮލީ ޓީމު ވެސް ވަނީ އިއުލާންކޮށްފަ އެވެ. މި ފަހަރުގެ ޓީމަކީ މި ފަހަކަށް އައިސް ނިސްބަތުން ނެގި ގައުމީ އެންމެ ޒުވާން ވޮލީ ޓީމެވެ. ޓީމުގެ އެވްރެޖް އުމުރަކީ 24 އަހަރާއި 25 އަހަރެވެ.
ގައުމީ ވޮލީބޯޅަ ޓީމުގެ ސްކޮޑުގައި މި ފަހަރު ހިމެނުނު ކުޅުންތެރިންނަކީ ހުޒާންޓެ، އާދަމް ފައިރޫޒް، ލޯންގޭ، އަލީ މައުރޫފް (މާއްޓެ)، ހަސަން ނިލާމް (ޕާޓޭ)، ހުސެއިން ވިޝާމް (ބުޅިކެ)، އަހުމަދު ޝިމާއު، އަހުމަދު އަނިލް، ޖަވާމް އަލީ، މުހައްމަދު މިމްރާހު، ޝުއައިބު އަބްުދުލް ލަތީފް، މުހައްމަދު މިމްރާހު ހަސަން، އާދަމް ނަސީމް (އެޑަމް) އަދި މުހައްމަދު ނައީމް އެވެ.
ޓީމުގައި އަލަށް މި ފަހަރު ހިމެނުނު ކުޅުންތެރިންނަކީ ޝުވައިބާއި މިމްރާހު، ޝިމާއު އަދި ނައީމް އެވެ.
މި ފަހަރުގެ ކެޕްޓަނަކަށް ލޯންގޭ ހަމަޖެއްސިއިރު އޭނާ އަކީ ޓީމުގައި މި ވަގުތު ހުރި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިޔާ އެވެ. ލޯންގޭ އަންނަނީ މެދުކެނޑުމެއްނެތި 2004 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް ކުޅެމުންނެވެ. އަދި ވައިސް ކެޕްޓަނަކަށް ހަމަޖެއްސި ހުޒާންޓެ އަންނަނީ 2011 ވަނަ އަހަރުން ފެށިގެން ގަވާއިދުން ގައުމީ ޓީމުން ޖާގަ ހޯދަމުންނެވެ.
ގައުމީ ޓީމުގެ ކެޕްޓަނަކަށް އެންމެ ފަހުން ހުރި އިޝާން މުހައްމަދު (ބަޓިސް) ވަނީ ޓީމުން ރިޓަޔާކޮށްފަ އެވެ. މި ފަހަރު ޓީމުން ޖާގަ ނުލިބުނު ކުޅުންތެރިންގެ ތެރޭގައި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަހުސަން އަދި މުހައްމަދު ޝާއިން އަދި އަޝްފާގު އާދަމް (އައްކަޅޭ) ހިމެނެ އެވެ.
ގައުމީ ޓީމަށް ފާއިތުވި އަހަރުތަކުގައި މޮޅު ކުޅުމެއް ދެއްކި ކުޑަކާއްޓޭ މި ފަހަރު ޓީމުގައި ނުހިމެނުނީ ޓީމުގެ ޕްރެކްޓިސް ފެށިއިރު، އާއިލާ އަށް ވަގުތު ދިނުމުގެ ގޮތުން ޓީމާ ދުރުގައި ހުންނަން ޖެހުމުންނެވެ.
ރޭ ސްކޮޑު އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: މިހާރު
މިދިޔަ އޮކްޓޫބަރު މަހު ގައުމީ ޓީމުގެ ކޯޗުކަމާ އަލުން ހަވާލުވުމަށް ފަހު މުހައްމަދު ސާޖިދު (ކާއްޓޭ) ބުނީ ޓީމުން ބަދަލުތަކެއް ފެންނާނެ ކަމަށާއި އޭގެ މަގްސަދަކީ ޒުވާން ކުޅުންތެރިން ކުރިއެރުވުމާއި ކާމިޔާބީ ދެމެހެއްޓޭނެ ވަރުގެ ޓީމެއް ބިނާކުރުން ކަމަށެވެ.
މި ފަހަރު ނިސްބަތުން އާ ކުޅުންތެރިންނާ އެކު ރަނގަޅު ސްކޮޑެއް އެކުލަވާލާފައި އޮތްއިރު، މުބާރާތުގެ ކުރިން ބޭއްވި ޓްރެއިނިންތަކުގައި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ވީއޭއެމުން ބޭނުންވި ވަރުގެ އެއްބާރުލުމެކެވެ.
"ކާމިޔާބުގެ ފެށުމަކީ ރަނގަޅު އަހުލާގެއްގައި އޮވެގެން ފެށުން. މި ފަހަރު އެކަން ފެނިއްޖެ 98 ޕަސެންޓް ހާޒިރީ ހުރިހާ ކުޅުންތެރިންގެ ވެގެން ހާސިލްކުރުމަކީ ރެކޯޑެއް. ދިވެހި ދިދަ އަށް ކުރާ އިހުތިރާމާ އެއްވަރުގެ ކާމިޔާބެއް ހޯދަން ކުރާ މަސައްކަތުގެ ރަނގަޅު ފެށުމެއް ޕްރެކްޓިހުގައި ވެސް މި ފެނުނީ. އެންމެ ފަހު މުބާރާތުގައި އަހަރެމެން އޮތީ ހަތަރު ވަނައިގައި. މި ފަހަރު އެ އަށް ވުރެ ރަނގަޅުވާނެ،" ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވި އެވެ.
ވީއޭއެމުން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުޅުންތެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ސްޕޯޓްސް ކައުންސިލްގެ ރައީސް އިބްރާހިމް އިސްމާއިލާއި އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވީ ކުޅުންތެރިންގެ ހާޒިރީ ފެނުމުން ކުޅުންތެރިންގެ ހިތުގައި މި ކަންކުރުމަށް އޮތް އަޒުމު ފެނިގެން ގޮސްފިކަމަށެވެ.
"ގައުމު ތަމްސީލުކުރުމަކީ ކުޅިވަރުގައި ލިބޭނެ އެންމެ ބޮޑު އުފާ. އެ ފަދަ އުފަލެއް އަދި ފަހުރެއް ހޯދަން ތި ކުޅުންތެރިން ތި ފެށީ ފުރިހަމަ ކަމާ އެކު. (ޕްރެކްޓިހަށް) 98 ޕަސެންޓް ހާޒިރީ އަކީ ވަރަށް ރަނގަޅުވުން. އަޅުގަނޑުމެންގެ ކުޅިވަރުގެ ބައްޕަ މުހައްމަދު ޒާހިރު ނަސީރު އަކީ ވެސް ވަރަށް ވަގުތަށް ކަމޭހިތާ ބޭފުޅެއް. އޭގެން އަޅުގަނޑުމެން ވެސް މިސާލު ނަގަންވީ. އެކަން ތި ކުޅުންތެރިން ވެސް ދައްކައިތިދިނީ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
މަރޭ ވިދާޅުވީ ރާއްޖޭގެ ވޮލީ މިހާރު އޮތީ ބޮޑު ކާމިޔާބީއެއް ހޯދުމުގެ މިސްރާބުގައި ކަމަށާއި އެކަން ހާސިލްކުރެވޭނެ ފެންވަރު އެބަހުރި ކަަމަށެވެ.
"އަހަރެމެން ތަޖުރިބާ ނޫނީ ދަސްކުރުމުގެ ބައިތައް މިހާރު ގޮސްފި. ވަކި ކަންތައްތަކެއް ނުކޮށްދެޔޭ ފުރިހަމަނުވެޔޭ ކިޔާފައި ކުރާ ޝަކުވާތައް މިހާރު އެއް ފަރާތް ކޮށްލަން ޖެހޭ. ދެން ވިސްނަންވީ އެންމެ ކަމަކަށް ކާމިޔާބު ހޯދަން. އަހަރެންގެ ވިސްނުމުގައި މިހާރު މި އޮތީ ރަނގަޅު ޓީމެއް. ވަރަށް ރަނގަޅު މުބާރާތްތަކެއް މި އަހަރު އެބައޮތް. އޭގެ ތެރެއިން ގޮސް ކުރިއަށް އޮތް ދޮޅު އަހަރުތެރޭގައި މި ޓީމަށް ކާމިޔާބު ނުހޯދޭނެ އެއްވެސް ސަބަބެއް ނެތް،" މަރޭ ވިދާޅުވި އެވެ.
ގައުމީ ޓީމުގެ ކުޅުންތެރިންގެ ފިޓްނަސް ކަންތައްތައް ބެލެހެއްޓުމަށް މިދިޔަ އަހަރު ވަނީ ފިޓްނަސް ޓްރެއިނަރަކަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މެނޭޖަރު މުހައްމަދު ހާނިމް ހަމަޖައްސައިފަ އެވެ. ހާނިމް ވިދާޅުވީ ބުނީ ރަނގަޅު ޓީމް ވޯކަކާ އެކު ވޮލީ ޓީމު މިހާރު އަމާޒު ހިފަންވީ ރަން ވަނަ އެއް ހޯދުމަށް ކަމަށެވެ.
ސްކޮޑު އިއުލާންކުރިއިރު މި ފަހަރު ގަަވައިދުން ޕްރެކްޓިހުގައި ބައިވެރިވި އެހެން ނަމަވެސް ތިން ކުޅުންތެރިއަކަށް ވަނީ ހިތްވަރު ދީފަ އެވެ. އެ ތިން ކުޅުންތެރިންނަކީ ޝަންވާޒް އަބްދުﷲ، އިއުޖާޒް މުހައްމަދު އަދި ޔޫސުފް ޝައްމާން އެވެ.
ބަންގްލަދޭޝްގައި މި މަހު 19 އިން 26 އަށް އޮންނަ ސެންޓްރަލް ޒޯން މުބާރާތަށް ދިއުމުގެ ކުރިން އަންނަ ހުކުރު ދުވަހު ގައުމީ ޓީމު ފުރާނީ ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށް ތައިލެންޑަށެވެ.
ވޮލީބޯޅަ އެސޯސިއޭޝަންގެ އިންޓަރިމް ކޮމިޓީ ސައްހަބާ؟
ވޮލީ ޓީމުގެ މެނޭޖަރު ޑިލައިޓް އައްޔަ އިސްތިއުފާދީފި
ބަޓިސް އާއި ލޯންގޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ
"ތާރީހު ބަދަލުކޮށްލެވޭ ފަދަ ކާމިޔާބެއް ހޯދަން ބޭނުން"
ތަށްޓެއްގައި އަތްލުމަށް ވޮލީ ޓީމަށް ރަނުގެ ފުރުސަތެއް
އޭވީސީ މުބާރާތުގައި ވާދަކުރަނީ ހަތަރު ގައުމު
ފުރަތަަމަ މެޗުގައި ރާއްޖެ އާއި ނޭޕާލްގެ ކުރިމަތިލުމެއް
ކުޅުންތެރިން ދަސްވީ މުބާރާތް ނިމުނު ފަހުން: ކޯޗު
ރާއްޖޭގެ ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ ވެމްކޯ
"ކަވާ" ވޮލީބޯޅަ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު