16 އެޕްރީލް 2018
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަކީ ކުށްވެރިއެއް ނޫން ކަމަށާއި އޭނާ އަށް ލާއިންސާނީ އަނިޔާ ނުދިނުމަށް ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.
ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒަކީ ކުށްވެރިއެއް ނޫން ކަމަށާއި އޭނާ އަށް ލާއިންސާނީ އަނިޔާ ނުދިނުމަށް ޖުމްހޫރީ ޕާޓީން މިއަދު ގޮވާލައިފި އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ރިޔާޒް ހައްޔަރުކޮށްފައި ބަހައްޓާފައި ހުރީ ސިޔާސީ މީހުންނަށް ބިރު ދެއްކުމުގެ ބޭނުމުގައި ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވީ ރިޔާޒް ހައްޔަރުކޮށްފައި ހުރީ ގާނޫނުގައި ކަނޑައަޅާފައިވާ އިޖުރާއުތަކާ ހިލާފަށް ކަމަށެވެ. ރިޔާޒަށް ސިއްހީ މައްސަލަތައް ކުރިމަތިވެފައިވާއިރު، އޭނާ އަށް ސިއްހީ ފަރުވާ ލިބިވަޑައިނުގަންނަވާތީ ހުސެއިން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ.
"ރިޔާޒަށް މި ދެނީ ލާއިންސާނީ އަނިޔާ. ރިޔާޒަށް އިންސާފު ހޯދުމަށް މަސައްކަތް ކުރާނަން. އެ މަސައްކަތުގައި ދެމިތިބޭނަން. މަސައްކަތް ހުއްޓާނުލާނަން،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ބޭއިންސާފާއި އަނިޔާ ރާއްޖެ އިން ހުއްޓުވައި އިންސާފު ހޯދާނެ ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ހުސެއިން ވިދާޅުވީ އަނިޔާ ދޭ މީހުން ޖަވާބުދާރީ ކުރުވާނެ ދުވަހެއް އަންނާނެ ކަމަށެވެ. އިދިކޮޅު ޖޭޕީން ސިފަ ކުރި ގޮތުގައި ޖަލުތައް އޮތީ "ޓޯޗާ ކޭމްޕެއް" ގޮތުގަ އެވެ.
"ޖައްލާދުންނަށް ހީވެގެން ނުވާނެ ޖަލުގައި ދޭ އަނިޔާ ދިނުމަކީ އެމީހަކު ހިތަށް އެރި ގޮތަކަށް ކުރެވޭނެ ކަމަކަށް. ޖައްލާދުންނަށް ޓޯޗާ ކޭމްޕްތައް ހިންގުމަށް ފުރުސަތު ނުދެވޭނެ. އެއީ ގާނޫނުއަސާސީ ދަންނަ ކަމެއް ނޫން. ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ނޫން،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވި ގޮތުގައި އަނިޔާ ކުރާ މީހުންނަށް "ގާނޫނުގެ ދިގު އަތް" ފޯރާނެ އެވެ. އަދި އަނިޔާވެރިންގެ މައްޗަށް ނަސްރު ހޯދާނެ ކަމަށް ވެސް ހުސެއިން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވީ ޓޯޗާ ކޭމްޕަކުން ފެންނާނެ ހުރިހާ ކަމެއް ރާއްޖޭގެ ޖަލުތަކުން މިހާރު ފެންނަމުން އަންނަ ކަމަށެވެ. އެގޮތުން ރިޔާޒަށް ސާފު ބޯފެން ލިބެމުން ނުދާ ކަމަށާއި އަރާމު ކުރުމުގެ ހައްގުން ވެސް ރިޔާޒް މަހްރޫމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ކަސްރަތު ކުރުމުގެ ހައްގާއި ފޮތް ކިއުމުގެ ހައްގުން ރިޔާޒް މަހްރޫމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަށީގެންވާ ވަގުތެއް ވަކީލުންނާއި އާއިލާގެ މެމްބަރުންނާ ބައްދަލުކުރުމަށް ރިޔާޒަށް ނުދޭ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.
"މީހަކު ނުހައްގުން ބަހައްޓާފައި ހުރުމަކީ ލާއިންސާނީ އަމަލެއް. މާ ކުރީގައި ކޯޓަށް ހުށަހެޅުނު މައްސަލައެއްގައި ރިޔާޒް ބަންދުކުރެވިފައި ވަނީ. އެހެންވީމަ ލާއިންސާނީ ގޮތެއްގައި، ޣައިރު ގާނޫނީ ގޮތެއްގައި ބަންދުކޮށްފައި ބެހެއްޓުމަކީ ދެވޭ ވަރަށް ބޮޑު އަނިޔާއެއް،" އަލީ ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީން ބުނީ ރިޔާޒް ޖަލުގައި ބަންދުކޮށްފައި ހުންނާތީ އާއި ސިއްހީ ހާލަތު ގޯސްވެފައިވާތީ އާއި އޭނާ ޖަލުގައި ހުންނަވާ ގޮޅީގެ ހާލަތު ދަށްވުމުން އެކަމުގެ ޝަކުވާ ކަމާ ބެހޭ ފަރާތްތަކަށް ތަކުރާރުކޮށް ހުށަހެޅި ކަމުގައިވިޔަސް، އެ މުއައްސަސާތަކުން އެކަމާ ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު އިއުލާން ކުރި ކުއްލި ނުރައްްކަލުގެ ހާލަތުގެ ދަށުން ރިޔާޒް ހައްޔަރު ކޮށްފައި ވަނިކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިދިޔަ މަހު އަމުރުކުރީ އޭނާގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާއާ ގުޅިގެންނެވެ.
އެކަމަކު، ކްރިމިނަލް ކޯޓުގެ އެ ނިންމުން އަލުން މުރާޖާ ކޮށްދިނުމަށް އޭނާގެ ވަކީލުން ވަނީ ކޯޓުގައި އެދިފަ އެވެ. ނަމަވެސް، މިހާތަނަށް އައިއިރު، އެ މައްސަލައިގެ އަޑުއެހުމެއް ނުފަށަ އެވެ.
ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާގެ އިތުރުން ރިޔާޒްގެ މައްޗަށް ދައުވާކުރާ އިތުރު ދެ މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ.
އެއީ މިދިޔަ ޖުލައި މަހު ގަދަކަމުން މަޖިލީހަށް ވަތް މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރާ ދައުވާ އަކާއި ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހުޅުވައި ނުދިން މައްސަލާގައި ރިޔާޒާ ދެކޮޅަށް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލަ އެކެވެ.
ރިޔާޒް އޮންނަވާ ގޮޅީގެ ހާލަތު ރަނގަޅެއް ނޫން: އާއިލާ
ރިޔާޒް އަނިޔާއަކަށް ބޮލެއް ނުލަނބާނެ: އާއިލާ
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި
ނާޒިމާއި ރިޔާޒް، ލޮލުގެ ޑޮކްޓަރަކަށް ދައްކައިފި
ގާސިމް ރާއްޖެ ގެންނަން ފުލުހުންގެ އެހީއަށް އެދެނީ
"ގާސިމްގެ ފަރުވާ އަށް އިތުރު މުއްދަތެއް ދެވޭކަށް ނެތް
ގާސިމް އިތުރު ފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގެންފި
ގާސިމާ މެދު އަމަލުކުރަނީ ހެޔޮ ނިޔަތަކު ނޫން: ޖޭޕީ
ގާސިމަށް ކުރިމަތިވީ ހާޒިރުނުވެވޭ ބައްޔެއް ނޫން: ކޯޓު
ގާސިމް ގޭބަންދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި