Roadha Mihaaru
ނާޒިމާއި ރިޔާޒް، ލޮލުގެ ޑޮކްޓަރަކަށް ދައްކައިފި

ނާޒިމާއި ރިޔާޒް މާލެ ގެނެސް، ލޮލުގެ ޑޮކްޓަރަކަށް ދައްކައިފި

27 ޖޫން 2018

ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލޮލުގެ ޑޮކްޓަރަށް ދައްކަން މިއަދު މާލެ ގެނެސްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޖަލު ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ލޮލުގެ ޑޮކްޓަރަށް ދައްކަން މިއަދު މާލެ ގެނެސްފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިޝަލަކު ވިދާޅުވީ ނާޒިމާއި ރިޔާޒް މާލެ ގެނައީ އައިކެއާގައި ހުރި ލޮލުގެ ޑޮކްޓަރަކަށް ދައްކަން ކަމަށެވެ. އެކަމަކު މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ދެ ބޭފުޅުން އައިކެއާ އަށް ގެނައީ ލޮލުގެ ސީދާ ކޮން މައްސަލައެއްގައި ކަމެއް ކަރެކްޝަންސްގެ އޮފިޝަލް ވިދާޅެއް ނުވެ އެވެ.

"ދެ ބޭފުޅުން އެދިވަޑައިގަތީމަ މާލެ ގެނައީ. ދެ ބޭފުޅުންގެ ހާލު ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.

ރިޔާޒް ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން އާއިލާގެ ބޭފުޅަކާ ބައްދާލައްވަނީ --މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

ރިޔާޒް ކްރިމިނަލް ކޯޓުން ނިކުމެވަޑައިގެން އާއިލާގެ ބޭފުޅަކާ ބައްދާލައްވަނީ --މިހާރު ފޮޓޯތައް: ހުސެއިން ވަހީދު

މިއީ ރިޔާޒް ޖަލަށްލި ފަހުން، ޑޮކްޓަރަށް ދައްކަން މާލެ ގެނައި ފުރަތަމަ ފަހަރެވެ. ނާޒިމް ވަނީ އެކި ފަހަރު މަތިން ލޮލުގެ ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފަ އެވެ.

ނާޒިމްގެ ކޮޓަރިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އޭނާ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ކުރީކޮޅެވެ.

ފުލުހުންގެ ތަހުގީގެއްގައި ރިޔާޒްގެ ފޯނު ހިފަހައްޓައި، ހުޅުވަން އެންގުމުން އެ ކަމަށް ދެކޮޅުހެއްދެވި މައްސަލައިގައި ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅުއްވިކަމުގެ ދައުވާ ސާބިތުވެ، އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން ކުރާ އިތުރު ދައުވާތަކުގެ ތެރޭގައި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާ އާއި ފުލުހުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ބައެއް ފުލުހުންނާ އޭނާ ސުވާލުކޮށް، މުއާމަލާތުކުރި މައްސަލައިގައި ކުރާ، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ދައުވާ ވެސް ހިމެނެ އެވެ.