18 އެޕްރީލް 2018
މާލޭގެ ސިޓީ ޕާކް، ޕޫލް ތީމް ޕާކެއްގެ ގޮތުގައި ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
މާލޭގެ ސިޓީ ޕާކް، ޕޫލް ތީމް ޕާކެއްގެ ގޮތުގައި ތަރައްގީ ކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލެ ޒީނަތްތެރި ކުރިއިރު މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްގެން ގެނައި ލެޑް ގަސްތަކާ އެކު، ސިޓީ ޕާކް ތަރައްގީ ކުރުމުގެ ބޮޑު ބައި ކުރިން އޮތީ ނިމިފަ އެވެ. އަދި ހޯމް މިނިސްޓްރީން ކުރިން ބުނެފައި ވަނީ މިދިޔަ އަހަރު އެ ޕާކް ހުޅުވާނެ ކަމަށެވެ.
ނަމަވެސް ސިޓީ ޕާކް ތަރައްގީ ނުކޮށް ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން، އެ ތަނުގައި ބަހައްޓާފައި ހުރި ލެޑް ގަސްތަކާއި އެހެނިހެން ސާމާނުތައް ވަނީ ހަލާކުވެފަ އެވެ. އަދި އެންމެ ފަހުން، އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތާ މިދިޔަ އަހަރުގެ ފަހުކޮޅު ހައުސިން މިނިސްޓްރީން ހަވާލުވި އެވެ.
ސިޓީ ޕާކް މިހާރު އޮތް ގޮތް. - ފޮޓޯ: މިހާރު
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކުރެހުމާ އެއްގޮތަށް ސިޓީ ޕާކް ތަރައްގީކޮށް ހިންގާނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ގެ ކުރިން ބީލަން ހުށަހަޅަން ޖެހެ އެވެ.
ޕޫލް ތީމް ޕާކްގެ ކުރެހުމެއް.
މިނިސްޓްރީން ބުނި ގޮތުގައި ސިޓީ ޕާކް ތަރައްގީ ކުރަނީ މެދުގައި ބޮޑު ޕޫލެއް އޮންނަ ގޮތަށެވެ. އަދި ޕޫލްގައި ފެނުގެ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އެ ތަން ތަރައްގީ ކުރަން ޖެހެ އެވެ. ޕޫލްގެ ފުން މިން ހުންނަން ޖެހޭނީ އެއް ފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
ޕޫލް ވަށައިގެން ކުޑަ ޖެހުމާއި ހިޔާދޭ ގަސްތައް ހެއްދުމާއި އިށީނދެގެން ތިބެވޭ ގޮތަށް ބެންޗުތައް ވެސް ހަދަން ޖެހެ އެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް އެ ތަނުގައި ވިނަ އާއި މާ ގަސްތައް އިންދައި ބަލަހައްޓަން ޖެހޭނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.
ސިޓީ ޕާކްގައި ޗޭންޖިން ރޫމާއި ފާޚާނާ ހިމެނޭ ގޮތަށް ތިން ބުރީގެ އިމާރާތެއް ހަދަން ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އަލިކިލޭގެފާނު މަގުގައި ހުންނަ ސިޓީ ޕާކް މީގެ ފަސް އަހަރު ކުރިން ފުރަތަމަ ހުޅުވި އިރު، އެއީ ކުޑަކުދިން ކުޅޭ ގޮތަށް ތަރައްގީ ކުރި ތަނެކެވެ. އޭގެ ފަހުން ދެ ރެސްޓޯރެންޓެއް އެ ތަނުގައި ހިންގި އެވެ. އެ ތަންތަން ހުސްކުރަން އެންގީ އެ ޕާކް ތަރައްގީ ކުރަން ކަމަށް ބުނެ އެވެ.
ޕޫލް ތީމް ޕާކު ހަދައިދޭނެ ބަޔަކު އަނެއްކާ ވެސް ހޯދަނީ
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބޮޑު ބްރިޖް އަޅަން ސޮއިކޮށްފި
ބްރިޖްގެ މައިގަނޑު ސްޓްރަކްޗާގެ މަސައްކަތް ފަށައިފި
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
"ބްރިޖްގެ ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން"
އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރަން ބަންދުކުރަނީ
ނެއްލައިދޫ ބަނދަރުގައި "ފިނޮޅެއް"
ކޯޒްވޭގައި ޖެހުނީ ޑިޒައިންގެ މައްސަލައެއް: އެމްޓީސީސީ
ބްރިޖު ދަށުން ދަތުރު ނުކުރަން އަންގައިފި
ބްރިޖުގައި "ހިތުހުރި ގޮތަކަށް"، ޒިންމާ ކޮބާ؟