26 ޖޫން 2018
މާލޭގެ ސިޓީ ޕާކްގައި ތަރައްގީކުރާ ޕޫލް ތީމް ޕާކް ހަދައިދޭނެ ބަޔަކު ހޯދުމަށް، އަނެއްކާ ވެސް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މާލޭގެ ސިޓީ ޕާކްގައި ތަރައްގީކުރާ ޕޫލް ތީމް ޕާކް ހަދައިދޭނެ ބަޔަކު ހޯދުމަށް، އަނެއްކާ ވެސް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.
މިއީ މި ޕާކް ހެދުމަށް މިދިޔަ އޭޕްރީލް މަހުގެ ފަހުން މިނިސްޓްރީން އިއުލާން ކުރި ތިން ވަނަ ފަހަރެވެ.
ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޕާކު ހަދައިދޭނެ ބަޔަކު ހޯދަން އަނެއްކާ ވެސް އިއުލާން ކުރީ، އެކަމާ ގުޅޭގޮތުން މިނިސްޓްރީން ކުރިން ދިން މައުލޫމާތަށް ބަދަލު އައިސްފައިވާތީ ކަމަށެވެ. އަދި އެކަމާ ގުޅޭ މައުލޫމާތު ހޯދަން އެދޭ ފަރާތްތަކުން އަންނަ މަހު 1 ގައ މިނިސްޓްރީއަށް ދިޔުމަށް އިއުލާންގައި ބުނެފައި ވެ އެވެ.
ޕާކު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމާ ގުޅޭ ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ ޖުލައި 1-8 އަށެވެ.
ޕާކު ހެދުމަށް މީގެ ކުރިން ކޮށްފައިވާ އިއުލާންތައް ބާތިލްކުރީ އެކަމަށް އެކަށީގެންވާ ބަޔަކު ކުރިމަތިނުލުމުންނެވެ.
ޕޫލް ތީމް ޕާކްގެ ކުރެހުމެއް.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް 2016 ގައި މާލެ ޒީނަތްތެރި ކުރިއިރު، މިލިއަނެއްހާ ރުފިޔާ ޚަރަދު ކޮށްގެން ގެނައި ލެޑް ގަސްތަކާ އެކު، ސިޓީ ޕާކް ތަރައްގީ ކުރުމުގެ ބޮޑު ބައި ކުރިން އޮތީ ނިންމައިފަ އެވެ. ހޯމް މިނިސްޓްރީން އޭރު ބުނެފައި ވަނީ މިދިޔަ އަހަރު އެ ޕާކް ހުޅުވާނެ ކަމަށެވެ. ނަމަވެސް ސިޓީ ޕާކް ތަރައްގީ ނުކޮށް ގިނަ ދުވަސްތަކެއް ހޭދަވޭ، ލެޑް ގަސްތަކާއި އެހެނިހެން ސާމާނުތައް ވަނީ ހަލާކުވެފަ އެވެ. އެންމެ ފަހުން އެ ތަން ތަރައްގީ ކުރުމުގެ މަސައްކަތާ މިިދިޔަ އަހަރުގެ ފަހުކޮޅު ހައުސިން މިނިސްޓްރީން ހަވާލުވި އެވެ. ސިޓީ ޕާކް ތަރައްގީ ކުރަނީ މެދުގައި ބޮޑު ޕޫލެއް އޮންނަ ގޮތަށެވެ. އަދި ޕޫލްގައި ފެނުގެ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އެ ތަން ތަރައްގީ ކުރަން ޖެހެ އެވެ. އަލިކިލޭގެފާނު މަގުގައި އޮންނަ އެ ޕާކް މީގެ ފަސް އަހަރު ކުރިން ފުރަތަމަ ހުޅުވި އިރު، އެއީ ކުޑަކުދިން ކުޅޭ ގޮތަށް ތަރައްގީ ކުރި ތަނެކެވެ. އޭގެ ފަހުން ދެ ރެސްޓޯރެންޓެއް އެ ތަނުގައި ހިންގި އެވެ. އެ ތަންތަން ހުސްކުރަން އެންގީ އެ ޕާކް ތަރައްގީ ކުރަން ކަމަށް ބުނެ އެވެ.
ސިޓީ ޕާކް، އެންމެ ފަހުން ޕޫލް ތީމް ޕާކަކަށް ހަދަނީ
ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ބޮޑު ބްރިޖް އަޅަން ސޮއިކޮށްފި
ބްރިޖްގެ މައިގަނޑު ސްޓްރަކްޗާގެ މަސައްކަތް ފަށައިފި
މި ވައުދުގެ މިސްރާބު 100 ޕަސެންޓާ ދިމާލުގައި!
"ބްރިޖްގެ ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން"
އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރަން ބަންދުކުރަނީ
ނެއްލައިދޫ ބަނދަރުގައި "ފިނޮޅެއް"
ކޯޒްވޭގައި ޖެހުނީ ޑިޒައިންގެ މައްސަލައެއް: އެމްޓީސީސީ
ބްރިޖު ދަށުން ދަތުރު ނުކުރަން އަންގައިފި
ބްރިޖުގައި "ހިތުހުރި ގޮތަކަށް"، ޒިންމާ ކޮބާ؟