Roadha Mihaaru
ޗައިނާގެ ރައީސް ނޯތު ކޮރެއާ އަށް ވަޑައިގަންނަވަނީ

ޗައިނާގެ ރައީސް ނޯތު ކޮރެއާ އަށް ވަޑައިގަންނަވަނީ

18 އެޕްރީލް 2018

ބެއިޖިން (އެޕްރީލް 18) - ޗައިނާގެ ރައީސް ޝީ ޖިންޕިން ވަރަށް އަވަހަށް ނޯތު ކޮރެއާ އަށް ވަޑައިގަންނަވާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (އެޕްރީލް 18) - ޗައިނާގެ ރައީސް ޝީ ޖިންޕިން ވަރަށް އަވަހަށް ނޯތު ކޮރެއާ އަށް ވަޑައިގަންނަވާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މިއީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރުކަން ޝީ ޗިންޕިން އަށް 2012 ވަނަ އަހަރު ލިބިވަޑައިގެންނެވި ފަހުން އެމަނިކުފާން ނޯތު ކޮރެއާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ޗައިނާ ސަރުކާރުގެ އޮފިޝަލް ވިދާޅުވީ ޝީ ޗިންޕިން ނޯތު ކޮރެއާ އަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބާއްވާ ސަމިޓަށް ފަހު ކަމަށެވެ. ޓްރަމްޕާއި ކިމްގެ ސަމިޓް ބާއްވާނެ ކަމަށް ބެލެވެނީ އަންނަ މަހު ފަހުކޮޅު ނުވަތަ ޖޫން މަހު ކުރީކޮޅު އެވެ.

ނޯތު ކޮރެއާ އާއި ޗައިނާގެ ގުޅުން ވޭތުވެދިޔަ މަހެއްހާ ދުވަހު ވަނީ ރަނގަޅުވެފަ އެވެ. ނޯތު ކޮރެއާގެ ލީޑަރު ކިމް ވަނީ މާޗް މަހު ފަހުކޮޅު ޗައިނާ އަށް ވަޑައިގެން ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވައިފަ އެވެ. އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ އޮފިޝަލުންތަކެއް މިދިޔަ ހަފުތާގައި ވަނީ ނޯތު ކޮރެއާ އަށް ވަޑައިގެންފަ އެވެ.

ސައުތު ކޮރެއާގެ ރައީސް މޫން ޖައެ-އިންއާ އަންނަ ހަފުތާގައި ކިމް ބައްދަލު ކުރައްވާނެ އެވެ.