Roadha Mihaaru

ނޯތު ކޮރެއާގެ ލީޑަރު ޗައިނާ އަށް ވަޑައިގެންނެވި ކަމަށް އަޑު ފެތުރިއްޖެ

ބެއިޖިން (މާޗް 27) - ވަރަށް ކުއްލި ގޮތަކަށް ޗައިނާ އަށް އިއްޔެ ވަޑައިގެންނެވި ނޯތު ކޮރެއާގެ ސީނިއާ އޮފިޝަލަކީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން ކަމަށް އަޑު ފެތުރިއްޖެ އެވެ.

ކިމް ޖޮން-އުން ޗައިނާ އަށް ވަޑައިގެންފި؟
ހަސަން އާމިރު
ހަސަން އާމިރު

27 މާޗް 2018

ބެއިޖިން (މާޗް 27) - ވަރަށް ކުއްލި ގޮތަކަށް ޗައިނާ އަށް އިއްޔެ ވަޑައިގެންނެވި ނޯތު ކޮރެއާގެ ސީނިއާ އޮފިޝަލަކީ އެ ގައުމުގެ ލީޑަރު ކިމް ޖޮން-އުން ކަމަށް އަޑު ފެތުރިއްޖެ އެވެ.

ޖަޕާނުގެ މީޑިއާ އިން ބުނީ ނޯތު ކޮރެއާގެ ވަރަށް އިސް ބޭފުޅަކު ނޯތު ކޮރެއާގެ ޑިޕްލޮމެޓިކް ރޭލުގައި ބެއިޖިން އަށް ވަޑައިގެންފައިވާ ކަމަށާއި އެބޭފުޅެއްގެ ދަތުރަށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ. ސައުތު ކޮރެއާ އިން ބުނެފައި ވަނީ ޗައިނާ އަށް ވަޑައިގެންނެވި ނޯތު ކޮރެއާގެ އިސް އޮފިޝަލުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެކަމަކު އެކަން ބަލަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

ކިމް ޗައިނާ އަށް ވަޑައިގެންފި ނަމަ އެއީ 2011 ވަނަ އަހަރު އެ ގައުމުގެ ލީޑަރުކަން ލިބިވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ. ކިމްގެ ދަތުރާ ބެހޭ ގޮތުން ޗައިނާ އިން އަދި ނޯތު ކޮރެއާ އިން ވެސް ކޮމެންޓްކޮށްފައެއް ނުވެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މަހު ވަނީ ކިމްއާ ބައްދަލު ކުރައްވަން އެއްބަސްވެވަޑައިގެންފަ އެވެ.