އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ކަންކަން ކުރަން ގޮވާލާ ޖަމާއަތްތަކުން ވަކިވާން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން މިއަދު ބުނެފި އެވެ.
19 އެޕްރީލް 2018
އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ކަންކަން ކުރަން ގޮވާލާ ޖަމާއަތްތަކުން ވަކިވާން ޖެހޭ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން މިއަދު ބުނެފި އެވެ.
މުސްލިމަކަށް ނުވިޔަސް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ސަރުކާރަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން އެކަން ކުށްވެރިކޮށް އެމްޑީއޭ އިން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބުނީ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނާ ޚިލާފް އެއްވެސް ގާނޫނެއް ރާއްޖޭގައި ނެހެދޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު އިސްލާމްދީނަށް ނިކަމެތިވާ ގޮތަށް ގޮވާލާ ކަންކަން ކުރުމުގެ ހައްގު އެއްވެސް ޖަމާއަތަކަށް ނުވަތަ ގައުމަކަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެފަދަ ޖަމާއަތްތަކާ އެކު ވެފައިވާ މުއާހަދާތައް ބާތިލްކޮށް، އެ ޖަމާއަތްތަކުން ނުވަތަ ވަކިވާން ޖެހޭނެ ކަަމަށް އެ ބަޔާނުގައިވެ އެވެ.
އީޔޫގައި ހިމެނެނީ، ޔޫރަޕްގެ 28 ގައުމެވެ.
"ދިވެހިރާއްޖެއަކީ ޣައިރު މުސްލިމުންނަށް ވެސް އިހްތިރާމް ކުރާ ގައުމަކަށް ވީހިނދު ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ސައްތައިން ސައްތަ މުސްލިމް ބައެއް ކަމުގައި ދެކި، ދިވެހިންގެ ދީނަކީ މާތްވެގެންވާ އިސްލާމްދީން ކަމުގައި ބަލައިގަނެ، އެ ދީނަށް އިހްތިރާމް ކުރުމަށް ދުނިޔޭގެ އެންމެހައި ގައުމުތަކަށް މި ފުރުސަތުގައި ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން އީޔޫގެ ހުށަހެޅުން ކުށްވެރި ކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް ލާޒިމް ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އީޔޫގެ އެ ހުށަހެޅުމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމާއި ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. ޕީޕީއެމުން ބުނެފައިވާ ގޮތުން އެހެން ދީނަކަށް އުޅުމުގެ މިނިވަންކަން ރާއްޖޭގައި އެއްވެސް ގޮތަކަށް ދޭން އެ ޕާޓީން ފުރުސަތެއް ނުދޭނެ އެވެ.
ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން ޖެހޭނެ:އިދިކޮޅު
"ދީނީ މިނިވަންކަން ފިޔަވައި ހުރިހާ ކަމެއް ބަލައިގަނޭ"
ނަޝީދާ އެކު ތިބޭނީ ދީނުގެ އަދުއްވުން: ޕީޕީއެމް
އީޔޫ އިން ބޭނުންވާ ކަންތައް ވިޔަކަ ނުދޭނަން: ނިހާން
ކޮންމެ ދިވެއްސަކު މުސްލިމަކަށްވުން ލާޒިމް ނުކުރޭ: އީޔޫ
"ދީން ގަބޫލުނުކުރާ މީހުންނަށް އެއްޗެއް ދޭން ނުޖެހޭ"
އީޔޫ ރިޕޯޓުގެ ފައިދާ ނަގަންނޫޅޭ، ލާދީނީ ޓެގު ނޭޅުވޭނެ
ދީނާ ޚިލާފު ހުށަހެޅުންތައް ބަލައެއް ނުގަންނަން: ރާއްޖެ
ދީނީ މިނިވަންކަން ނުދޭނެކަން އީޔޫއަށް އަންގައިފި
އީޔޫގެ ހުށަހެޅުމާ ދެކޮޅަށް ތެދުވާން ޖެހޭ: އިލްޔާސް