19 އެޕްރީލް 2018
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލު ފިޔަވައި އެހެން ހުރިހާ ކަމެއް ދިވެހިން ބަލައިގަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން، އިސްލާހު ކުރަން ދިވެހި ސަރުކާރަށް ހުށަހެޅި ކަންތައްތަކުގެ ތެރެއިން ދީނީ މިނިވަންކަން ލިބޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައުމަށް ބުނާ ބަދަލު ފިޔަވައި އެހެން ހުރިހާ ކަމެއް ދިވެހިން ބަލައިގަންނަ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން އީޔޫ އިން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.
ރާއްޖޭގައި މިނިވަން އިންތިހާބެއް ބާއްވަން ހުރި ކަންބޮޑުވުންތަކާއި އެ ކަންކަން އިސްލާހު ކުރަން ސަރުކާރަށް ހުށަހެޅި ކަންކަން ހިމަނައި ނެރުނު ރިޕޯޓުގައި، ދީނީ މިނިވަންކަމަށް ގޮވާލާފައި އޮތުމުން ސަރުކާރާއި ޕީޕީއެމާއި އިދިކޮޅު ބައެއް ބޭފުޅުން ވެސް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. މި މައްސަލައިގައި އެންމެ ބޮޑު ފާޑުކިއުމެއް، ވެރިކަން ކުރާ ޕީޕީއެމުން އަމާޒުކުރަނީ ނަޝީދާއި އެމްޑީޕީ އަށެވެ.
ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަށް ދާއިރާއަކުން 22 ކަމެއް އީޔޫ އިން ހުށަހަޅާފައިވާއިރު، ދިވެހިންނަށް ބަލައިނުގަނެވޭނީ އެންމެ ކަމެއް ކަމަށެވެ. އެއީ، ގާނޫނުއަސާސީއަށް ގެނައުމަށް ބުނާ ދީނުގެ މިނިވަންކަމުގެ ބަދަލު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
EU in vanee 8 dhaairaa akun 22 kameh hushahalhaafa. Meege therein Dhivehinnah balai nuganeveynee enme kameh. E ee Qaanoon Asaasee ah genumah bunaa, dheenuge minivan kamuge badhal. Ehen hurihaa kamakee Dhivehin inthihaa ah edhey kankan. EU ge bayaanah marhabaa
— Mohamed Nasheed (@MohamedNasheed) April 19, 2018
ނަޝީދު މިރޭ ކުރެއްވި ޓުވީޓު.
"އެހެން ހުރިހާ ކަމަކީ ދިވެހިން އިންތިހާއަށް އެދޭ ކަންކަން، އީޔޫގެ ބަޔާނަށް މަރުހަބާ،" ނަޝީދު ވިދާޅުވި އެވެ.
ޕީޕީއެމުން ބުނީ އީޔޫގެ ބަޔާނަކީ އިދިކޮޅު ފަރާތްތަކުން، ހާއްސަކޮށް ނަޝީދު އަޑީގައި ހުންނަވައިގެން ނެރުނު ބަޔާނެއް ކަމަށާއި އެއީ އީޔޫ އިން ކޮންމެހެން ބޭނުންވެގެން ނެރުނު ބަޔާނެއް ނޫން ކަމަށެވެ. ނަޝީދާއި ރާއްޖޭގައި އިސްލާމްދީން ފޮހެލަން މަސައްކަތްކުރި އަނދިރި އަނދިރިންނާ ތަފާތެއް ނެތް ކަމަށާއި އެމަނިކުފާނާ އެކު ތިބޭނީ އިސްލާމްދީނުގެ އަދުއްވުން ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.
ކޮންމެ ދިވެއްސަކު މުސްލިމަކަށް ވުން ލާޒިމް ނުކުރަން އީޔޫން ހުށަހެޅީ، އީޔޫ އިން ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު މިއަދު އާއްމުކުރި ރިޕޯޓުގައި، ރާއްޖޭގައި މިނިވަން އިންތިޚާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކުރަމުންނެވެ.
އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން ޖެހޭނެ:އިދިކޮޅު
ނަޝީދާ އެކު ތިބޭނީ ދީނުގެ އަދުއްވުން: ޕީޕީއެމް
"ދީނާ ދެކޮޅު ޖަމިއްޔާއާ ގުޅުވީ ނަފްރަތު އުފައްދަން"
ޒުވާބު ހޫނުވެ، ނަޝީދާއި ޔާމީން އަމާޒު ފަތްގަނޑަކަށް!
"ދީން ގަބޫލުނުކުރާ މީހުންނަށް އެއްޗެއް ދޭން ނުޖެހޭ"
އީޔޫ ރިޕޯޓުގެ ފައިދާ ނަގަންނޫޅޭ، ލާދީނީ ޓެގު ނޭޅުވޭނެ
"ދީނަށް ނިކަމެތިވާ ގޮތަށް ހަދާ ޖަމާއަތްތަކުން ވަކިވޭ"
އީޔޫ އިން ބޭނުންވާ ކަންތައް ވިޔަކަ ނުދޭނަން: ނިހާން
ކޮންމެ ދިވެއްސަކު މުސްލިމަކަށްވުން ލާޒިމް ނުކުރޭ: އީޔޫ
ފުރައްސާރަކުރުން އެމްޑީޕީ، ޕީޕީއެމުން ކުށްވެރިކޮށްފި