ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިޚާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅި ރިޕޯޓުގައި ބަޔާން ކޮށްފައިވާ، އިސްލާމް ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.
20 އެޕްރީލް 2018
ރާއްޖޭގައި މިނިވަން، އިންސާފުވެރި އިންތިޚާބެއް ބޭއްވުމަށް ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، ރިޔާސީ އިންތިޚާބުގެ ކުރިން އެ ހާލަތު ބަދަލުކުރަން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅި ރިޕޯޓުގައި ބަޔާން ކޮށްފައިވާ، އިސްލާމް ދީނާ ފުށުނާރާ ކަންކަން ތަންފީޒު ކުރަން އިދިކޮޅު ޕާޓީތަކުން މިރޭ ގޮވާލައިފި އެވެ.
ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށާއި އެފަދަ މީހުންނަށް ވެސް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން އީޔޫ އިން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ. އަދި ތަރިކަ މުދާ ބެހުމާ ބެހޭ އުސޫލްތަކަށް ބަދަލު ގެންނަން ވެސް އީޔޫ އިން ހުށަހެޅި އެވެ.
އީޔޫގެ ރިޕޯޓާ ގުޅޭ ގޮތުން އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައި ބުނީ އެ ރިޕޯޓުގައި އިސްލާމް ދީނާ ފުށުއަރާ ދެ މައްސަލަ ފިޔަވައި ދެން ހުރި ހުރިހާ ކަންކަމަކީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމް ހަރުދަނާކޮށް، ޑިމޮކްރެޓިކް އުސޫލުން ދައުލަތް ހިންގުމަށާއި ރައްޔިތުންގެ ކިބައިން އުފެދިފައި އޮންނަ ރައްޔިތުންގެ ވެރިކަމެއްގެ ސިފަ ދިވެހި ދައުލަތުގައި އަށަގެންނެވުމަށް ކޮންމެހެން ލާޒިމް ކަންކަން ކަމަށެވެ. އެހެންވެ، މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން އެ ކަންކަން ތަންފީޒު ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލާފައިވެ އެވެ.
އިދިކޮޅު ފަރާތްތަކުން ބުނި ގޮތުގައި އިސްލާމް ދީނަށް ނިކަމެތިކަން ލިބޭނެ އެއްވެސް ގޮވާލުމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިޖާބަ ދޭނެ ކަންކަމެއް ނޫނެވެ. އިދިކޮޅު ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރާނީ ދީން އަމުރުކުރާ ފަދައިން އިންސާފު ގާއިމް ކުރުމަށް ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
"ސިޔާސީ ޕާޓީތަކުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ މާތްވެގެންވާ އިސްލާމް ދީން އަމުރުކުރާ ފަދައިން އިންސާފު ގާއިމް ކުރުމަށާއި ސަރުކާރުން ހިންގަމުންގެންދާ އިސްލާމްދީނާ ދެކޮޅު ވައްކާމާއި ފަސާދައިގެ އެންމެހައި ކަންކަން ހުއްޓުވުމަށެވެ. ސަރުކާރުގެ ނޭއްގާނީ އަމަލުތަކާއި ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިސްލާމީވަންތަ ކަމަށް ބުރު އަރަމުންދާ ކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަޔާނުގައި ވެ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ ބައިނަލްއަގްވާމީ މުއާހަދާތަކުގައި ބައިވެރިވުމަށް ރާއްޖެ އިން މިހާތަނަށް ގެންގުޅެމުން އަންނަ އުސޫލަކީ އެހެނިހެން އިސްލާމީ ގައުމުތަކުން ވެސް އަމަލުކުރަމުން އަންނަ ފަދައިން އެ މުއާހަދާތަކުގައި ހިމެނޭ އިސްލާމް ދީނާ ޚިލާފު ކަންކަން ފިޔަވައި ދެ ހުންނަ ކަންކަމަށާއި ބައިނަލްއަގްވާމީ ފަރާތްތަކުން ދޭ އެ އިރުޝާދުތަކަށް އެ އުސޫލުން އަމަލު ކުރުން ކަމަށެވެ. އެކަން އަދި ވެސް އެހެން އޮންނަން ވާނެ ކަމަށް ބަޔާނުގައި ވެ އެވެ.
"އަނިޔާވެރިކަމުން އެއްކިބާވުމާއި ހަމަހަމަ ކަމާއި އިންސާފުވެރިކަމާއި ޢަދުލުވެރި ކަމަކީ އިސްލާމް ދީނުގައި އެންމެ ބޮޑަށް އަމުރު ކުރައްވާފައިވާ ކަންކަން ކަމުގައިވާ ހިނދު، ވިލާތުގެ އިއްތިހާދުން އެ ކަންކަމަށް ގޮވާލުމަކީ އިސްލާމް ދީނާއި ގާނޫނުއަސާސީގެ ދަށުން އެ ކަންކަން އެ މަގުން ކުރުމަށް ސަރުކާރުގެ މައްޗަށް ލާޒިމް ވެފައި އޮންނަ އޮތުން ނަފީވެގެންދާ ސަބަބެއް ނޫނެވެ. އިސްލާމް ދީނާ ފުށުނާރާ ގޮތަށް ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުޢާޙަދާތަކުގައި ވާ ކަންކަން ތަންފީޒު ކުރުމަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދިނުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމް ކުރާ ކަމެކެވެ،" ބަޔާނުގައި ވެ އެވެ.
އެހެންވެ، އިސްލާމް ދީން އުޒުރަކަށް ހަދައިގެން، އިންތިޚާބާ ގުޅޭ ކަންކަން އިސްލާހު ކުރުމަށް ދެކޮޅު ހެދުމުގެ ބަދަލުގައި މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހި ކުރުމަށް އީޔޫގެ އިރުޝާދުތައް ތަންފީޒު ކުރުމަށްޓަކައި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި ސަރުކާރަށް އެއްބަސްވެވޭ މެމްބަރުންގެ މައްޗަށް އެކުލަވާލާ އިލެކްޝަންސް ކޮމިޝަނެއް އެކުލަވާލަން ލަސްނުކޮށް މަސައްކަތް ފެށުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލި އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި ޝަރުއީ ނިޒާމުގެ ތެރޭގައި ހިނގަމުންދާ ބޮޑެތި އެތައް މައްސަލައެއް ފާހަގަކޮށް އެ ކަންކަން އިސްލާހުކުރުމަށް މިދިޔަ ފެބްރުއަރީ 1 ގައި ސިޔާސީ އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް ނުވަ ގައިދީއަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒު ކުރުމަކީ މުއައްސަސާތަކަށް އިތުބާރު އުފެއްދުމަށް ކުރަން ޖެހޭ ކަމެކެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހިނގާނެ އެންމެހައި ދޮރުތައް ބަންދުކޮށް، އެ މަޖިލީހުގައި ތަޅު އަޅުވާފައި އޮންނަ އޮތުމަކީ ނިޒާމުގެ ތެރެއިން ކަންކަން އިސްލާހު ކުރުމަށް މެދުވެރިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.
އީޔޫ ރިޕޯޓުގެ ފައިދާ ނަގަންނޫޅޭ، ލާދީނީ ޓެގު ނޭޅުވޭނެ
"ދީނީ މިނިވަންކަން ފިޔަވައި ހުރިހާ ކަމެއް ބަލައިގަނޭ"
"ދީން ގަބޫލުނުކުރާ މީހުންނަށް އެއްޗެއް ދޭން ނުޖެހޭ"
ދީނާ ޚިލާފު ހުށަހެޅުންތައް ބަލައެއް ނުގަންނަން: ރާއްޖެ
ދީނީ މިނިވަންކަން ނުދޭނެކަން އީޔޫއަށް އަންގައިފި
"ދީނަށް ނިކަމެތިވާ ގޮތަށް ހަދާ ޖަމާއަތްތަކުން ވަކިވޭ"
ނަޝީދާ އެކު ތިބޭނީ ދީނުގެ އަދުއްވުން: ޕީޕީއެމް
އީޔޫ އިން ބޭނުންވާ ކަންތައް ވިޔަކަ ނުދޭނަން: ނިހާން
ކޮންމެ ދިވެއްސަކު މުސްލިމަކަށްވުން ލާޒިމް ނުކުރޭ: އީޔޫ
ޔާމީން ޖަލަށްލާފައިވާ މައްސަލަ އީޔޫއާ ހިއްސާކޮށްފި