Roadha Mihaaru
ރާއްޖޭގަ ޕީއެޗްޑީ ހެދި ބޭފުޅުންނާ ރައީސް ބައްދަލުކޮށްފި

ރާއްޖޭގައި ފުރަތަމަ ޕީއެޗްޑީ ހެދި ދެ ބޭފުޅުންނާ ރައީސް ބައްދަލުކުރައްވައިފި

23 އެޕްރީލް 2018

ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ދެ ބޭފުޅުންނާ، ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލު ކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލް ކުރެއްވި ދެ ބޭފުޅުންނާ، ރައީސް އަބްދުﷲ ޔާމީން މިއަދު ބައްދަލު ކުރައްވައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ޕީއެޗްޑީ ހާސިލްކުރި ޑރ. ސުނީނާ ރަޝީދާއި ޑރ. އާއިޝަތު އަލީއާ ރައީސް ބައްދަލު ކުރައްވައި މަރުހަބާ ދެންނެވީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، އެ ދެ ބޭފުޅުން ކޮށްދެއްވަމުން އަންނަ ހިދުމަތަށް ރައީސް ޝުކުރު ދެންނެވި އެވެ.

އެ ދެ ބޭފުޅުންގެ ތެރެއިން ސުނީނާ ޕީއެޗްޑީ ހާސިލް ކުރެއްވީ ރައީސްގެ ސްކޮލަޝިޕެއްގަ އެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރި ދެ ބޭފުޅުން ކަމަށްވާ ޑރ. އާއިޝަތު އަލީ (ކ) އަދި ޑރ. ސުނީނާ، ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި އެންމެ ފުރަތަމަ ޕީއެޗްޑީ ހާސިލްކުރި ދެ ބޭފުޅުން ކަމަށްވާ ޑރ. އާއިޝަތު އަލީ (ކ) އަދި ޑރ. ސުނީނާ، ރައީސް ޔާމީނާއެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ރައީސް އޮފީސް

ތައުލީމީ ދާއިރާ އިން ޕީއެޗްޑީ ހެދި ދެ ބޭފުޅުން ވެސް ދަސްވެނިވެފައިވަނީ މިދިޔަ މަހު، އެމްއެންޔޫގެ ދަސްވެނިވުމުގެ ހަފުލާގަ އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އެ ދެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ދީނާއި ގައުމާއި ވަތަން ދެކެ ލޯބިވުމަށް އެދިވަޑައިގެންފަ އެވެ. އަދިި ކޮންމެ ހާލެއްގައި ވެސް ރާއްޖޭގެ ދާހިލީ ކަންކަމުގައި ބޭރުގެ ފަރާތްތަކަށް ބަސްބުނުމުގެ ޖާގަ ނުދިނުމަށް ރައީސް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.

އެ ބައްދަލުކުރުމުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ޗާންސެލާ ޑރ. މުހައްމަދު ލަތީފު ވިދާޅުވީ، އެއީ އެ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރި ފުރަތަމަ ފަހަރު ކަމުގައ ވިއަސް، ކިޔެވުމުގެ ފެންވަރު ހިފެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަައްވާފައިވާނެ ކަމަށެވެ.