12 އޮކްޓޯބަރ 2018
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހެއްދެވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އައިޝަތު އަލީ، ތައުލީމީ ދާއިރާއާ ގުޅުންހުރި ފޮތެއް ރޭ ނެރުއްވައިފި އެވެ.
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހެއްދެވި ދެ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. އައިޝަތު އަލީ، ތައުލީމީ ދާއިރާއާ ގުޅުންހުރި ފޮތެއް ރޭ ނެރުއްވައިފި އެވެ.
"ތައުލީމީ ސިޔާސަތު: ނަޒަރިއްޔާ އާއި އަމަލު"ގެ ނަމުގައި ލިޔެފައިވާ ފޮތް ނެރެދެއްވީ، ގައުމީ ޔުނިވާސިޓީގެ ކުރީގެ ވައިސް ޗާންސެލަރު ޑރ. ހަސަން ހަމީދެވެ. އޭނާ އަކީ މި އަހަރު ޕީއެޗްޑީ ހާސިލް ކުރެއްވި އައިޝާގެ ސުޕަވައިޒަރެވެ.
ފަނަރަ ބާބު ހިމެނޭ އެ ފޮތަކީ ތައުލީމީ ސިޔާސަތުތައް ދިރާސާކުރުމަށް ބޭނުންކުރާ ނަޒަރިއްޔާތަކާއި ސިޔާސަތު އެކުލަވާލައި، އެކަން ތަންފީޒުކުރުމުން ބަދަލުވާ ގޮތްތައް ތަހުގީގު ކުރާ ދިރާސީ އާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތެކެވެ.
ފޮތް ނެރުއްވުމަށް ފަހު އައިޝާ ތައުލީމީ ދާއިރާގެ އެކުވެރިންނާއެކު--
އެމްއެންޔޫގެ ސީނިއާ ލެކްޗަރާއަކަށް ހުންނެވި ޑރ. އައިޝާ ވިދާޅުވި ގޮތުގައި ފޮތުގެ މައިގަނޑު ބޭނުމަކީ މާސްޓާސް އޮފް އެޑިޔުކޭޝަން ފަދަ ސަނަދުތަކަށް ކިޔަވާ ދަރިވަރުންނަށް ތައުލީމީ ސިޔާސަތުތަކާ ބެހޭ ގޮތުން ތައާރަފެއް ހުށަހެޅުމެވެ.
އެ ފޮތުގެ އަގަކީ 120ރ. އެވެ. ފޭސްބުކްގައި އެ ފޮތުގެ ނަމުން ހަދާފައިވާ ޕޭޖުން ފޮތް ގަންނަން ލިބެ އެވެ.
އައިޝާ ގެންދަވަނީ ޕީއެޗްޑީ އަށް ކުރި ދިރާސާގެ މައްޗަށް ލިޔެފައިވާ ރާއްޖޭގެ ތައުލީމީ ސިޔާސަތުތަކާ ބެހޭ ފޮތް ވެސް ނެރުމަށް މަސައްކަތް ކުރައްވަމުންނެވެ. އެ ފޮތަކީ ރާއްޖޭގައި ތައުލީމީ ދާއިރާގެ ސިޔާސަތުތަކަށް މިހާތަނަށް ލިޔެފައިވާ އެންމެ ފުރިހަމަ ފޮތަށް ހަދަން މަސައްކަތް ކުރަމުން އަންނަ ކަމަށް އައިޝާ ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕީއެޗްޑީ ހަދައިފި
އެމްއެންޔޫން ސިއްހީ ދާއިރާގެ ޕީއެޗްޑީ ފަށަނީ
ރާއްޖޭގަ ޕީއެޗްޑީ ހެދި ބޭފުޅުންނާ ރައީސް ބައްދަލުކޮށްފި
އެމްއެންޔޫގައި ބިޒްނަސް ޕީއެޗްޑީގެ 2ވަނަ ބެޗް ފަށައިފި
ރާއްޖޭގައި ފުރަތަމަ ހެދި ޕީއެޗްޑީ: އާ އުންމީދެއް!
ޕީއެޗްޑީ ފެންވަރުގެ ވަޒީފާއަކަށް 10،000 ރުފިޔާ!
އެމްއެންޔޫއިން ދެ ދާއިރާއަކުން ޕީއެޗްޑީއަށް ހުޅުވާލައިފި
އެމްއެންޔޫން މެލޭޝިޔާ ޔުނިވާސިޓީގެ ޕީއެޗްޑީ އިތުރުކުރަނީ
ފަސް އަހަރުގެ ތައުލީމު ޑރ. ހަސަން ހަމީދާ އެކު!
ލެކްޗަރާއިންގެ މުސާރައަށް ގެންނަ ބަދަލު އިއުލާންކުރަނީ