Roadha Mihaaru
ހަލުތާލު ނިންމާލައި މަޖީދިއްޔާގައި ކިޔަވައިދޭން ފަށައިފި

ހަލުތާލު ނިންމާލައި މަޖީދިއްޔާގައި ކިޔަވައިދޭން ފަށައިފި

24 އެޕްރީލް 2018

މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ދަރިވަރަކާ މާރާމާރީ ހިންގި ކަމަށް ބުނެ، އެ ޓީޗަރު ސަސްޕެންޑް ކުރި މައްސަލާގައި ހަލުތާލުކޮށް ކިޔަވައިދިނުން މިއަދު ހުއްޓާލި އެ ސްކޫލުގެ ޓީޗަރުން އަލުން ކިޔަވައިދޭން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަޖީދިއްޔާ ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކު ދަރިވަރަކާ މާރާމާރީ ހިންގި ކަމަށް ބުނެ، އެ ޓީޗަރު ސަސްޕެންޑް ކުރި މައްސަލާގައި ހަލުތާލުކޮށް ކިޔަވައިދިނުން މިއަދު ހުއްޓާލި އެ ސްކޫލުގެ ޓީޗަރުން އަލުން ކިޔަވައިދޭން ފަށައިފި އެވެ.

މިއަދު ހެނދުނު ސެޝަނުން ފެށިގެން ޓީޗަރުން ކިޔަވައިދިނުން ހުއްޓާލީ، އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް ޓީޗަރުންގެ ކަންބޮޑުވުންތައް އަޑުއަހައި އެ ކަންތައް ހައްލުކޮށްދިނުމަށް ޑިމާންޑްކޮށެވެ.

އެ މައްސަލަ ހައްލުކުރަން މަޖީދިއްޔާ އަށް ވަޑައިގެންނެވި، އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު "މިހާރު" އަށް ވިދާޅުވީ މައްސަލަ ހައްލުވެފައިވާ ކަމަށާއި ޓީޗަރުން މިހާރު ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

Kiyavainudhee Majeedhiyya ge teacherun halhuthaalugai

Kiyavainudhee Majeedhiyya ge teacherun halhuthaalugai

The most trusted news source in the Maldives

Mihaaru

މަޖީދިއްޔާގެ ޓީޗަރުން ހަލުތާލު ކުރުން--

ނަމަވެސް މައްސަލަ ހައްލުކުރި ގޮތުގެ ތަފްސީލެއް އޭނާ އަދި ވިދާޅެއްނުވެ އެވެ.

ގްރޭޑް 10ގެ ދަރިވަރަކާއި އެ ސްކޫލުގައި މަސައްކަތްކުރާތާ 12 އަހަރުވެފައިވާ ބިދޭސީ، ހިސާބު ޓީޗަރަކާ ދެމެދު އާދިއްތަ ދުވަހު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވެނީ، އެ ދަރިވަރު ހުއްދަ ނެތި ކްލާހަކަށް ވަދެ އެހެން ކުދިންނަށް ފުރައްސާރަ ކުރަން ފެށުމުން އެ ދަރިވަރު ކްލާހުން ނެރެން އެ ޓީޗަރު މަސައްކަތް ކުރުމުންނެވެ.

އެ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރު ސަސްޕެންޑްކޮށްފައިވާއިރު، ދަރިވަރާ ދޭތެރޭ ފިޔަވަޅެއް އެޅިކަމެއް އެނގިފައެއް ނެތެވެ.

މަޖީދިއްޔާ ސްކޫލުގެ ޓީޗަރަކު ވިދާޅުވި ގޮތުގައި މައްސަލަ ޖެހިފައިވާ ދަރިވަރު މިދިޔަ އަހަރު ޓީޗަރަކަށް ވަޅިން ބިރުދެއްކި މައްސަލައެއް ވެސް ބަލާފައިވެ އެވެ. އަދި މި އަހަރު އެ ސްކޫލުގެ ކައުންސިލަރަށް ބިރުދެއްކުމާއި ސްކޫލުގެ ސެކިއުރިޓީ ގާޑަކަށް ހަމަލާ ދިން މައްސަލައެއް ވެސް ބަލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް އެ ދަރިވަރާ މެދު ސްކޫލުން ފިޔަވަޅެއް ނާޅަ އެވެ.