26 އެޕްރީލް 2018
މި އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައި، ދެ ވަނަ ދައުރު 2023 ގައި ނިމުމުން ވެސް އެމަނިކުފާނު ވެރިކަމުގައި ބަހައްޓާނެ ގޮތެއް ހޯއްދެވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވައި، ދެ ވަނަ ދައުރު 2023 ގައި ނިމުމުން ވެސް އެމަނިކުފާނު ވެރިކަމުގައި ބަހައްޓާނެ ގޮތެއް ހޯއްދެވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
"މާނައަކީ ގާނޫނުއަސާސީ މިއޮތީ، ފަސް އަހަރުގެ ދެ ދައުރު، އެއީ 10 އަހަރު. މި ސްޕީޑް، ބާރުމިނުގައި ރާއްޖެ ތަރައްގީކުރުމުގެ ވާހަކަ މި ދައްކަނީ. އެހެންވެއްޖިއްޔާ އަދި އިތުރު ދައުރުތަކެއްގައި އެމަނިކުފާނު ބެހެއްޓޭނެ ގޮތްތަކެއް ހޯދަން އަޅުގަނޑުގެ ބޮލުގައި ކޮންމެ ރެއަކާއި ކޮންމެ ދުވާލަކު ވިސްނުމުގައި އޮވޭ،" ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވި އެވެ.
ހއ. އަތޮޅަށް ޚާއްސަކޮށްގެން "އަހުންވެސް ރައީސް ޔާމީނާއެކު" ބޭއްވި ޖަލްސާގައި ނިހާން ވިދާޅުވީ ދެ ދައުރަށް ފަހު ވެސް ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓޭނެ ގޮތްތަކެއް ފެންނާނެ ކަމަށެވެ. މި ސަރުކާރަކީ ތަރައްގީ ގެނެސްދޭ ސަރުކާރެއް ކަމަށާއި ހަތަރު އަހަރުގެ ތެރޭގައި އިހަވަންދޫގައި އެކަނި ވެސް 14 މަޝްރޫއު ހިންގާފައިވާ ކަމަށް ނިހާން ވިދާޅުވި އެވެ.
އެކަމަކު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ތިން އަހަރުގައި އިހަވަންދޫގައި ހިންގެވީ ތިން މަޝްރޫއު ކަމަށް ވިދާޅުވި އެވެ.
އިހަވަންދޫ ޖަލްސާގައި ޕީޕީއެމްގެ އިސްބޭފުޅުންތަކެއް. --ފޮޓޯ: ސޯޝަލް މީޑިއާ
ނިހާން ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ، މީހުން ދިރިއުޅޭ 194 ރަށުގެ ތެރެއިން އެވްރެޖްކޮށް ކޮންމެ ރަށަކަށް މަދުވެގެން 10 މަޝްރޫއު ހިންގަވައިފަ އެވެ. އިތުރު ފަސް އަހަރު އެމަނިކުފާނަށް ދީފި ނަމަ، މިހާރު ހިންގާފައިވާ މަޝްރޫއުތައް އެތައް ގުނައެއް މަތިވެގެންދާނެ ކަމަށް ނިހާން ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ތަރައްގީގެ ސްޕީޑު ސިފަކުރައްވައި ނިހާން ވިދާޅުވީ އެއްވެސް ގައުމަކުން ތަރައްގީގެ މަޝްރޫއުތަކުގެ ހަލުވިމިން ބަލާ ކަމަށް ވަންޏާ އެންމެ ފުރިހަމަ ސްޕީޑަކަށް ނަގަން އޮތް މިސާލަކީ "ޔާމީން ސްޕީޑް" ކަމަށެވެ.
"ދިވެހިރާއްޖެ ތަރައްގީކުރުމުގެ ސްޕީޑަށް ބަލައިފި ކަމަށްވަންޏާ، ދެން މީގެ ފަހުން، ދެން އެއްވެސް ރައީސަކު ކޮށްދިން މަސައްކަތް އަގުމަގުކޮށް އިވެލުއޭޓް ކުރުމަށްޓަކައި ކަނޑައަޅާނެ މިންގަނޑުގެ ނަމަކަށް ވާނީ ޔާނު ސްޕީޑް، ނުވަތަ ޔާމީން ސްޕީޑް،" ހއ. އަތޮޅުގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ނިހާން ވިދާޅުވި އެވެ.
"ޔާނު ސްޕީޑަކީ ދިވެހިރާއްޖެ ދެން ކުރިއަށްދާނެ ގޮތުގެ، ތަރައްގީގެ ލަނޑުދަނޑި އޮންނާނެ އުސޫލް ކަނޑައަޅާނެ މިންވަރު. އެއީ ހަތަރު އަހަރާ ދުވަސްކޮޅަކުން ދިވެހިރާއްޖެ ކޮސްކޮށްލާފަދަ ތަރައްގީގެ މަޝްރޫއުތައް، މާލެ ސަރަހައްދަކު އެކަންޏެއް ނޫން. އެއް ވަގުތެއްގައި 500 މަޝްރޫއު ނުހިނގާ އަހަރެއް، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ނާދޭ." ނިހާން ވިދާޅުވި އެވެ.
އިހަވަންދޫ ޖަލްސާގައި ޕީޕީއެމްގެ ސަޕޯޓަރުން ބައިވެރިވަނީ
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމަށް ފާޑުވިދާޅުވަމުން ނިހާން ވިދާޅުވީ އެންމެ ލެޕްޓޮޕަކާއި ރިސޯޓަކުން ގައުމު ހިންގަވާނެ ކަމަށް ވިދާޅުވުމަށް ފަހު، ވެރިކަން ލިބިވަޑައިގަތުމުން އިންނެވީ "މައިން ގަލަށް ލައްގަޅޭ، ރަންފޮއްޓެއް ލައްގަޅޭ،" ވިދާޅުވާން ކަމަށެވެ. ބޭރު ގައުމަކުން އެހީ ހޯދައިގެން ރާއްޖެ ތަރައްގީކުރެއްވުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ގޮތަށް ރައްޔިތުންނަށް އޮޅުވާލަން ދެން ފުރުސަތެއް ނެތެވެ.
އެކި ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، ރައީސް ޔާމީން ހޮވަން ރައްޔިތުން ކުރާ މަސައްކަތް ފެނުމުން އުފާވެވަޑައިގަންނަވާ ކަމަށާއި ޕީޕީއެމްގެ އިސް ބޭފުޅުންނާއި ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް ކެމްޕޭންގައި އެކި ރަށްތަކަށް ވަޑައިގަންނަވާއިރު، ރައީސް ޔާމީން މާލޭގައި ހުންނެވީ ގައުމު ހިންގަވަން ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.
އިންތިޚާބަށް "ދިއްލޭ" އިލްމުވެރިން އެބަތިބި: ނިހާން
ވައުދުތައް އިއުލާންކުރަން ޕީޕީއެމްގެ ބޮޑު ޖަލްސާއެއް
ޕީޕީއެމްގެ ރައްދު: އެމްޑީޕީގެ ހިޔާނާތް ބަލާނަންތޯ؟
އިބޫ ގެންދަވަނީ ރައީސް ޔާމީންގެ ވައުދު ކޮޕީކުރައްވަމުން
"ފަސް އަހަރުން ހުރިހާ ކަމެއް ފުރިހަމަކޮށެއް ނުދެވޭނެ"
"އެއް މިލިއަން ޑޮލަރު ވީ އޭސީސީގެ ބެލުމުގެ ދަށުގައި"
ނިހާން ވިދާޅުވީ "ނިމެނީ، ބަޣާވާތް ނިމެނީ" ކަމަށް
"ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ގަރާރު ފާސްކުރާނަން"
ނަޝީދަށް ވުރެ ގާސިމް ގައުމަށް ހެޔޮއެދޭނެ: ނިހާން
ނިހާނަށް ރައްދު: "ތިނަދޫ ރައްޔިތުން ނުހުއްޓުވޭނެ"