29 އެޕްރީލް 2018
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް 14 މިލިއަން ރުފިޔާ ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ 12 ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް 14 މިލިއަން ރުފިޔާ ހޯދަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.
ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އެދިގެން މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، އެ ދާއިރާތަކުގެ ބައި އިލެކްޝަން ބާއްވަން މިދިޔަ އަހަރުގެ ސަޕްލިމެންޓަރީ ބަޖެޓުން 26 މިލިއަން ރުފިޔާ ވެސް ހަމަޖެއްސި އެވެ. އެކަމަކު މެމްބަރުންގެ ގޮނޑި ގެއްލިއްޖެތޯ ކުރާ ބަހުސަށް ގޮތެއް ނުނިމި ދިގުލައިގެން ގޮސް، މައްސަލަ އަދިވެސް އޮތީ ސުޕްރީމް ކޯޓުގަ އެވެ. ބައި އިލެކްޝަން ބާއްވަން އީސީން ނިންމިއިރު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް "މިހާރު" އަށް ވިދާޅުވީ ބައި އިލެކްޝަން ބޭއްވުމުގެ އިދާރީ ތައްޔާރީތައް އެ ކޮމިޝަނުން ފަށާފައިވާ ކަމަށެވެ. ފައިސާ ހަމަޖެހުމާ އެކު، ބައި އިލެކްޝަންސްތައް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމާ އަހުމަދު ޝަރީފް (މ) ހަވާލުވެވަޑައިގަތުމަށް ފަހު، އެ ކޮމިޝަންގެ އަނެއް ހަތަރު މެމްބަރުންނާ އެކު މީޑިއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި 12 މެމްބަރުންނަކީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމާއި ދަގެނތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތަފާ އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހުމަދާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހު އަދި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނެވެ.
ގޮނޑި ގެއްލުވައިލީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ކަމަށް މި މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެ މައްސަލާގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމައި ލަސްކުރަމުންދާ ކަމަށް ވިދާޅުވެ މި މެމްބަރުން ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ އޮއްވައި، ރައްޔިތުންގެ މަޖިލީހުން އެންޓި ޑިފެކްޝަން ބިލް މި ފަހުން ފާސްކުރީ، 12 މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށެވެ. އެއީ ގާނޫނުއަސާސީއާ ޚިލާފަށް ފާސްކުރި ގާނޫނެއް ކަމަށް ބުނެ، އެ ގާނޫނު ބާތިލްކުރަން އިދިކޮޅުން ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެކަމަކު ކޯޓުން ހުކުމް ކުރީ އެ ގާނޫނު ބާތިލް ކުރެވެން ނެތް ކަމަށެވެ.
ބައި އިލެކްޝަން ހުއްޓުވަން ނުކުންނަންޖެހޭ: މައުމޫން
12 މެމްބަރުންގެ ހިފަހައްޓާފައިވާ މުސާރަ ދޭން ފަށައިފި
ސައުދުﷲގެ ގޮނޑީގެ މައްސަލަ ހުކުމާ ހަމައަށް
ސިނާންގެ ގޮނޑީގެ މައްސަލަ ހުކުމަކާ ހިސާބަށް
"ނިންމުން ބާތިލްކުރުމުން ބަލަނީ ގޮނޑި ގެއްލުނުކަމަށް"
12 މެމްބަރުންނާ ބެހޭ އީސީގެ ނިންމުން ބާތިލު ކޮށްފި
12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އީސީން ނިންމައިފި
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
12 މެންބަރުންނަށް މި ހަދަނީ ކިހިނެއް؟