02 މެއި 2018
މި މަހުގެ ތިން ވަނަ ހަފުތާގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ފިޔާ، އަލުވި އަދި ކުކުޅު ބިހުގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި، އެސްޓީއޯ އިން ބޮޑު ސްޓޮކެއް ގެނެސް މިއަދު ވިއްކަން ފަށައިފި އެވެ.
މި މަހުގެ ތިން ވަނަ ހަފުތާގައި ފަށާ މި އަހަރުގެ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ފިޔާ، އަލުވި އަދި ކުކުޅު ބިހުގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި، އެސްޓީއޯ އިން ބޮޑު ސްޓޮކެއް ގެނެސް މިއަދު ވިއްކަން ފަށައިފި އެވެ.
އެސްޓީއޯ ސުޕާމާޓްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީނިއާ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާން ވިދާޅުވީ، ރޯދަމަހާ ދިމާކޮށް ގެނައި ފިޔާ، އަލުވި އަދި ބިހުގެ ސްޓޮކް މާލޭގެ އިތުރުން ދެކުނާއި އުތުރުގެ ރަށްތަކަށް ވެސް ފޮނުވާފައިވާ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހުން ފެށިގެން އައްޑޫ، ގދ. ތިނަދޫ، ފުވައްމުލައް، ހދ. ކުޅުދުއްފުށި އަދި ހއ. ހޯރަފުށީގައި އެ ސްޓޮކްގެ ފިޔާ، އަލުވި އަދި ބިސް ވިއްކަން ފަށާފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. ނަމަވެސް މާލޭގައި އެ ޝިޕްމެންޓް ވިއްކަަން ފެށީ މިއަދު ކަަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި އެ ތަކެތި ވިއްކާނީ އިންޑަސްޓްރިއަލް ވިލެޖުގައި އެސްޓީއޯ އިން ހަަދާފައިވާ ގުދަނުންނާއި އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުންނެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ ފިޔާ ވިއްކަން ހަމަޖައްސާފައި ވަނީ އެއް ބަސްތާ އިން ފެށިގެން 49 ބަސްތާއާ ދެމެދުގެ އަދަދެއް ގަންނަ ނަމަ، ވަކި ބަސްތާއެއް 170ރ. އަށް ކަމަށެވެ. އަދި 50 ބަސްތާ އަށް ވުރެ އިތުރަށް ގަންނަ ނަމަ ބަސްތާއެއް ވިއްކާނީ 160ރ. އަށް ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެ ކުންފުނިން އަލުވި އެއް ބަސްތާ އިން 49 ބަސްތާއާ ދެމެދުގެ އަދަދަކަށް ގަންނަ ނަމަ ބަސްތާއެއް ވިއްކާނީ 200ރ. އަށެވެ. އަދި 50 ބަސްތާ އަށް ވުރެ އިތުރަށް ގަންނަ ނަމަ ބަސްތާއެއް ވިއްކާނީ 190ރ. އަށެވެ. މީގެ އިތުރުން ކުކުޅު ބިސް އެއް ކޭހާއި 49 ކޭހާ ދެމެދުގެ އަދަދެއް ގަންނަ ނަމަ ވިއްކާނީ ކޭހެއް 270ރ. އަށެވެ. އަދި 50 ކޭހަށް ވުރެ އިތުރު ނަމަ ކޭހެއް ވިއްކާނީ 260ރ. އަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި ވަކިން ބިހެއް ވިއްކަން ހަމަޖައްސާފައި ވަނީ 1.60ރ. އަށެވެ.
އެސްޓީއޯ އިން ފިޔާ އަދި އަލުވި ވިއްކަން މި ފެށީ، ބާޒާރުގައި ވިއްކާ އަގާއި ދާދި އެއް ރޭޓެއްގަ އެވެ. ނަމަވެސްް، ބިހުގެ އަގު ބާޒާރުގެ އަގަށް ވުރެ ހެޔޮވާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ފިޔާ، އަލުވި އަދި ބިހުގެ އިތުރުން ގޭތެރެ އަށް ބޭނުންވާ ސާމާނާއި ކައްކާ ތެލާއި ގެރިކިރާއި ބާސްމަތީ ހަނޑުލުގެ އަގު މައްޗަށް ދިޔަނުދީ ހިފެހެއްޓުމަށްޓަކައި އެސްޓީއޯ އިން އެ ތަކެތީގެ ބޮޑު ސްޓޮކެއް ގެނެސްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިޔާ، އަލުވި އަދި ބިހުގެ ދެ ވަނަ ޝިޕްމެންޓް މި މަހުގެ 10 ވަނަ ދުވަހު މާލެ ގެންނާނެ އެވެ.
އެސްޓީއޯއިން ފިޔާ ކިލޯއެއް 17ރ. އަށް ވިއްކަނީ
އެސްޓީއޯއިން ފިޔާ، އަލުވި، ބިހުގެ ސްޓޮކް ބާޒާރަށް
ރޯދަމަހު ކާބޯތަކެތި ފަސޭހަކަމާ އެކު ލިބޭނެ: އެސްޓީއޯ
އެސްޓީއޯގައި ފިޔާ، އަލުވި ބިސް އިތުރަށް އަގުހެޔޮކޮށްފި
އެސްޓީއޯ އިން ރޯދަމަހަށް ފިޔާ ކިލޯއެއް 9ރ. އަށް
ފިޔާ، އަލުވި، ބިހުގެ އަގު އެއްވަރެއްގައި ހިފެހެއްޓޭނެ
އެސްޓީއޯ އިން ފިޔާ، އަލުވި، ބިހުގެ އަގުހެޔޮ ކޮށްފި
އެސްޓީއޯއިން އަނެއްކާ ވެސް ބިހާއި ފިޔާ އަގު ހެޔޮކޮށްފި
އަގު ހެޔޮކޮށް ތަކެތި ގަންނަން ދާންވީ "އުފަންވެލި"އަށް
އެސްޓީއޯ އިން ފިޔާ، ބިސް އަދި އަލުވި އަގުހެޔޮކޮށްފި