Roadha Mihaaru
ނަވާޒް ވަކިކޮށް، ޕޮލިސް ކޮމިޝަނަރުކަން ހަމްދޫނަށް

ޕޮލިސް ކޮމިޝަނަރުކަން ހަމްދޫނަށް، ނަވާޒް އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް

01 އޮކްޓޯބަރ 2018

ޕޮލިސް ކޮމިޝަނަރު ކަމަށް ހަމްދޫން ރަޝީދު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ހަމްދޫން ރަޝީދު، ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަން ކުރައްވައިފި އެވެ.

އަދި އެކްޓިން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި މިހާތަނަށް ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒް، އެންވަޔަރުމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ހަމްދޫނަކީ، މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އޮޕަރޭޝަންގައި ފުލުހުންގެ އިސް ކޮމާންޑަރެވެ.

އާ ޕޮލިސް ކޮމިޝަނަރެއް ރައީސް ޔާމީން މި އައްޔަން ކުރެއްވީ، އެމަނިކުފާނުގެ ރިޔާސީ ދައުރު ހަމަވެ، ރައީސް ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންފައިވާ، އިދިކޮޅު ކޯލިޝަންގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރައްވަން ދޮޅުމަހެއްހާ ދުވަހަށް ވެފައި ވަނިކޮށެވެ.