ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ނިންމި ޝަރީއަތް ކެންސަލް ކޮށްފި އެވެ.
22 މެއި 2018
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވުމަށް ނިންމި ޝަރީއަތް ކެންސަލް ކޮށްފި އެވެ.
މިއީ، ސިނާންގެ ޝަރީއަތް ތާވަލް ކުރުމަށް ފަހު ކެންސަލް ކުރި ތިން ވަނަ ފަހަރެވެ. މިއަދުގެ ޝަރީއަތް ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓަކުން ނުބުނެ އެވެ.
ޓެރަރިޒަމްގެ އަމަލެއް ސިނާން ކުރަން އުޅުނު ކަމަށް ބުނެ އޭނާ އަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި، ރިޝްވަތު ހިފައި ސަރުކާރު ވައްޓާލަން އޭނާ މަސައްކަތް ކުރުމާއި ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުގައި، ދައުލަތް ހިންގަން ބުރޫ އަރާ ފަދަ ގޮތަކަށް އަމުރު ނެރުމުގައި ސިނާންގެ ބައިވެރިވުން އޮތް ކަމަށް ބުނެ އެވެ.
މީގެ ކުރިން، ބޭއްވި އަޑުއެހުމެއްގައި ސިނާން ވަނީ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ. ދައުވާ އަށް އޭނާ އިންކާރު ކުރެއްވުމުން ދައުލަތުން ވަނީ ޖުމްލަ 32 ހެއްކެއް އޭނާއާ ދެކޮޅަށް ހުށަހަޅާނެ ކަން ހާމަކޮށްފަ އެވެ. އެއީ ސިއްރު 16 ހެކިވެރިއަކާއި ސިއްރު ހަތަރު ލިޔުމަކާއި ނުވަ ފުލުހަކާއި އިތުރު ބައެއް ހެކިތަކެކެވެ.
އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވަނީ ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު، އެ ދައުވާ މިހާރު ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވައިފަ އެވެ.
މިއަދު އަޑުއެހުން ބާއްވަން އޮތީ ދެ ފަރާތުން ހުށަހެޅުންތައް ހުށަހެޅުމުގެ އިތުރަށް، ސިނާންގެ ފަރާތުން ދިފާއުގައި ހުށަހަޅަން ބޭނުންވާ ހެކިން ހުށަހެޅުމެވެ.
ސިނާނަށް ދައުވާ ސާބިތުވެއްޖެ ނަމަ، 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ސިނާންގެ ބަންދަށް ލުޔެއް ނުދިން
ޖިނާއީ އަމަލެއް ނުކުރަން: މައުމޫން
ސިނާނާއި ސައުދުގެ މައްސަލައިގެ އަޑުއެހުން ކެންސަލް
ހަ ބޭފުޅެއްގެ ޝަރީއަތުގެ މަރުހަލާ ކުރިއަށްދާނީ އެއްކޮށް
ސިނާން ދައުވާއަށް އިންކާރު، ދައުލަތުން ގިނަ ހެކިތަކެއް
ސިނާނަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތް މާދަމާ
އަމީން ޖަލަށްލި މައްސަލަ ސިއްރުނުކުރަން ނިންމައިފި
މުހައްމަދު އިސްމާއިލްގެ ޝަރީއަތް މިއަދު ނުބޭއްވުނު
އިސް މަގާމެއްގައި ހުރެ ރިޝްވަތު ހިފުމުން ޖޫރިމަނާއެއް
ޓެރަރިޒަމްގެ ކުށުގައި އަމީން 27 އަހަރަށް ޖަލަށް