ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ ރޭ ފަޅާލައި، އެތަނުގެ މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައި ހުރި ރޯދަ އިނާޔަތުގެ ފައިސާ ވަގަށް ނަގައިފި އެވެ.
14 މެއި 2018
ގއ. ކޮލަމާފުށީ ކައުންސިލް އިދާރާގެ ތިޖޫރީ ރޭ ފަޅާލައި، އެތަނުގެ މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައި ހުރި ރޯދަ އިނާޔަތުގެ ފައިސާ ވަގަށް ނަގައިފި އެވެ.
ކޮލަމާފުށި ކައުންސިލް މެމްބަރަކު "މިހާރު" އަށް މިއަދު ވިދާޅުވީ، ރޯދަ އިނާޔަތުގެ ގޮތުގައި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ދިނުމަށް ކަނޑައަޅާފައިވާ 122،000ރ. ތިޖޫރީގައި ހުންނާނެ ކަމަށެވެ.
"އިއްޔެ ބީއެމްއެލް އިން އެ ފައިސާ ނަގައިގެން ތިޖޫރީ އަށް ލި ފަހުން އެކަން ހިނގީ. ތިޖޫރި ފަޅާލިކަން އެނގުނީ މިއަދު އޮފީހަށް ނުކުތުމުން،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގި ކަމަށް ބެލެވެނީ ރޭގެ ވަގުތެއްގަ އެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރޯދަ އިނާޔަތުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާގެ އިތުރުން، އިތުރު ފައިސާ ވެސް ތިޖޫރީގައި ހުންނާނެ. އެ ފައިސާ ވެސް ވަގަށް ވަނީ ގެންގޮސްފައި. ސީދާ އަދަދެއް ބުނާކަށް ނޭނގޭ. އެކަމަކު ތިޖޫރީގައި ހުރި އަދަދު ދެ ލައްކަ ރުފިޔާ އަށް ވުރެ ގިނައެއް ނުވާނެ،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިޖޫރި ފަޅާލުމުގެ އިތުރުން ކައުންސިލް އިދާރާގައި ބަހައްޓާފައި ހުރި މިސްކިތު ފަންޑު ފޮށީގައި ހުރި ފައިސާ ވެސް ވަގަށް ނަގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަގުން ވަދެފައި ވަނީ އޮފީހުގެ ކުޑަ ދޮރު ހަލާކުކޮށްލައިގެންނެވެ. ދޮރުގައި ޖަހާފައި ހުރި ދަގަނޑު ތޭރިތައް ކީހާލާފައިވާ ކަމަށް ވެސް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން މިނިވަންކޮށްފި
ކޮލަމާފުށީ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް
ކުއްޖަކާ ބެހުނު މައްސަލައެއްގައި ހޯދާ މީހާ ހައްޔަރު
ތިޖޫރިއެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި
ކަރަންޓް ދަންތުރަ ނުހެދޭނެ، އަދަބު ލިބެން ޖެހޭނެ!
ސިމާދު މަރުވި މައްސަލައިގައި މީހެއްގެ ބަޔާން ނަގައިފި
ސިމާދު މަރުވީ ކަރަންޓު ދަންތުރައެއްގައި ޖެހިގެން
ހައްޔަރުކުރި މީހުންގެ ވަކީލުންނަށް ހޫނު މަރުހަބާއެއް
އިބޫގެ ކޮލަމާފުށީ ދަތުރު ފަސްކުރަން ފުލުހުން އެދިއްޖެ
ރައީސް ވަޑައިގަންނަވާތީ އެމްޑީޕީ ދިދަތައް ނަންގުވައިފި