މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.
15 މެއި 2018
މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.
ރޭ ބޭއްވި މިހާރު އެވޯޑްސްގެ ފުޓްބޯޅައިގެ ފަނޑިޔާރުންގެ ބައްދަލުވުމުގައި އެންމެ މޮޅު ކުޅުންތެރިޔާ އަށް ޝޯޓްލިސްޓްކުރީ، ނިއު ރޭޑިއަންޓުގެ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރު އާއި ޓީސީ ސްޕޯޓްސް ކްލަބުގެ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިޝާން އިބްރާހިމް (ސައްޓު) އެވެ.
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ގްރީންސްޓްރީޓްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) އާއި ނިއު ރޭޑިއަންޓުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި ކްލަބް އީގަލްސްގެ ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ޖުމައިލް ޖަމީލް އަދި ޓީސީ ސްޕޯޓްސް ކްލަބުގެ އައްޒާމް އަބްދުﷲ އެވެ.
މިދިޔަ އަހަރު ތައާރަފްކުރި މިހާރު އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނިއުގެ ސެންޓޭ އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ.
ފުޓްބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.
"މިހާރު އެވޯޑްސް" ހަފުލާ އަންނަ މަހުގެ 5 ގައި
ޗެމްޕިއަނެއްގެ ވާހަކައިން ދަރިވަރުންނަށް ހިތްވަރު
ކުޅިވަރު ތަރިންގެ ފިއެސްޓާ މާދަމާ ހަވީރު ތުލުސްދޫގައި
މިހާރު އެވޯޑްސް: ދަގަނޑޭ "ރަންބޫޓު" ކަށަވަރުކޮށްފި
މިހާރު އެވޯޑްސްގެ ސްޕޮންސަރުންނާ އެކު ސޮއިކޮށްފި
މިހާރު އެވޯޑްސް: ސާފްގެ ގަދަ ފަހެއް ހޮވައިފި
މާލޭ ލީގުގެ ދެ ވަނަ ބުރުގެ ގަދަ ފަހެއް ހޮވައިފި
ކޮވިޑަށް ފަހު "މިހާރު އެވޯޑްސް" ބަދަލުތަކަކާއެކު
މިހާރު އެވޯޑްސް: ސްޕޮންސަރުންނަކީ އުރީދޫ އާއި އެލައިޑް
ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ގަދަ ފަހެއް ހޮވައިފި