ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" މި އަހަރުގެ އިވެންޓުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް ގުޅި އަދި އެސޯސިއޭޓް ސްޕޮންސަރުންނާއި މީޑިއާ ޕާޓްނަރާއި އެޑްވަޓައިޒިން ޕާޓްނަރާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" މި އަހަރުގެ އިވެންޓުގެ މެއިން ސްޕޮންސަރުންގެ ގޮތުގައި އުރީދޫ މޯލްޑިވްސް އާއި އެލައިޑް އިންޝުއަރެންސް ގުޅި އަދި އެސޯސިއޭޓް ސްޕޮންސަރުންނާއި މީޑިއާ ޕާޓްނަރާއި އެޑްވަޓައިޒިން ޕާޓްނަރާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މި އަހަރުގެ އެވޯޑް ރަސްމީކޮށް ލޯންޗްކޮށް ސްޕޮންސަރުންނާ އެކު ސޮއިކުރީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މިހާރުގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އެޑިޓަރު މޫސާ ލަތީފެވެ.
އެލައިޑް އިންޝުއަރެންސްގެ ސޭލްސް މެނޭޖަރު މުހައްމަދު ޝިރުނީލް (ކ) އާއި މިހާރުގެ އެޑިޓަރު މޫސާ ލަތީފް އެއްބަސްވުން ދައްކާލައްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މެއިން ސްޕޮންސަރުގެ ގޮތުގައި އެވޯޑްސް އަށް އެހީތެރިކަން ފޯރުކޮށްދޭ ރާއްޖޭގެ އެންމެ ބޮޑު އެއް ޓެލެކޮމިއުނިކޭޝަންސް ކުންފުނި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރް އަރުޝަދު ޝާކިރެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އިންޝުއަރެންސްގެ ހިދުމަތްދޭ އެލައިޑް އިންޝުއަރެންސް އިން އެވޯޑްސްއާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ސޭލްްސް މެނޭޖަރު މުހައްމަދު ޝިރުނީލް އެވެ.
އެވޯޑްސްގެ އެޑްވަޓައިޒިން ޕާޓްނަރަކީ ތިންކް އެސޯސިއޭޓެވެ. އެވޯޑްސްގެ ޓްރޮފީ ފަރުމާކޮށްދީ އަދި ބްރޭންޑްކޮށްދީ މީގެ އިތުރުން ވެސް އެވޯޑާ ގުޅޭ މާކެޓިންގެ ގިނަ މަސައްކަތްތަކެއްކޮށްދެނީ އެޑްވަޓައިޒިން ޕާޓްނަރު ތިންކް އެޑްވަޓައިޒިން އިންނެވެ. ތިންކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އަދީލް އިސްމާއީލެވެ.
އުރީދޫގެ ހެޑް އޮފް ބްރޭންޑް، ޑިޖިޓަލް އެންޑް ޕީއާރް އަރުޝަދު ޝާކިރު (ކ) އާއި މިހާރުގެ އެޑިޓަރު މޫސާ ލަތީފް އެއްބަސްވުން ދައްކާލައްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
މީޑިއާ ޕާޓްރަނަކީ މިދިޔަ އަހަރު ވެސް އެހީތެރިކަން ފޯރުކޮށްދިން ވީޓީވީ އެވެ. އެއްބަސްވުމުގައި ސޮއިކުރެއްވީ ވީ ސްޕޯޓްސް އެންޑް އިވެންޓްސްގެ މެނޭޖަރު ހުސެއިން ފަރިޔާޒެވެ.
އެވޯޑްސްގެ އެސޯސިއޭޓް ސްޕޮންސަރުންނަކީ ރެއިންބޯ އެންޓަޕްރައިސަސް އާއި ބީއެޗްއެމް ޓްރޭޑާސް އާއި ވެލިގާ ހާޑްވެއާ އާއި ސޮނީ ސްޕޯޓްސް އާއި ޓޯޓަލް ފިޓްނަސް ގްރޫޕާއި ޕްރިންޓްލެބެވެ.
ރާއްޖޭގައި ކުޅިވަރުގެ ސާމާނު ވިއްކައި، އަދި ކުޅިވަރަށް ވަރަށް ގިނަ އެހީތައް ވެދެމުން ސޮނީ ސްޕޯޓްސްގެ ފަރާތުން ސޮއިކުރެއްވީ އެސިސްޓަންޓް މާކެޓިން މެނޭޖަރު މުހައްމަދު ޝަހުލީން އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޖިމް އާއި ފިޓްނަސްގެ މަސައްކަތްތައް ކުރާ އެއް ކުންފުނި ކަމަށްވާ ޓީއެފްޖީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު ލަމްސާ ހަސަން އެވެ. ޓީއެފްޖީގެ ފަރާތުން އެވޯޑް ހޯދާ ފަރާތްތަކެއް ހާއްސަ އިންތިޒާމްތަކެއް ހަމަޖައްސައިދޭނެ އެވެ.
ކުޅިބަރުގެ ގިނަ ހަރަކާތްތަކަށް އަބަދުވެސް ސްޕޮންސާޝިޕް ދެއްވަމުން އަންނަ ބީއެޗްއެމްގެ ފަރާތުން މާކެޓިން މެނޭޖަރު އިބްރާހިމް ޝަރީފް ސޮއިކުރެއްވި އިރު ޕްރިންޓްލެބްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މަދީހު ޖަމާލެވެ. ރެއިންބޯގެ ފަރާތުން ޖެނެރަލް މެނޭޖަރު އަބްދުﷲ އަސްލަމް އެއްބަސްވުމުގައި ސޮއިކުރެއްވި އިރު ވެލިގާ ހާޑްވެއާގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރު އިރުފާއު އަބްދުﷲ އެވެ.
ޓީއެފްޖީގެ ޖެނެރަލް މެނޭޖަރު ލަމްސާ ހަސަން (ކ) އާއި މިހާރުގެ އެޑިޓަރު މޫސާ ލަތީފް އެއްބަސްވުން ދައްކާލައްވަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މިހާރު"ގެ އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ތަރިންގެ އަގުވަޒަންކޮށް ކުރިއެރުވުމުގެ ގޮތުން ދޭ މި އެވޯޑްސް، ސްޕޮންސަރުންގެ އެހީ ނެތި ނުބޭއްވޭނެ ކަމަށާއި އެހެންވެ ހުރިހާ ޕާޓްނަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށެވެ.
"އަޅުގަނޑުމެން ރާއްޖޭގެ ކުޅިވަރު އާއިލާގެ ނަމުގައި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކޮށް ދެއްވާ އެއްބާރުލުން ފާހަގަކުރަން. މިއީ އަޅުގަނޑުމެންނާއި ޕާޓްނަރުން ގުޅިގެން ރާއްޖޭގެ ކުޅިވަރުގެ އާއިލާއަށް ކޮށްދޭ ހިދުމަތެއް،" އޭނާ ވިދާޅުވި އެވެ.
ސްޕޮންސަރުން ފާހަގަކުރި ގޮތުގައި މި އެވޯޑްސް އަކީ ރާއްޖޭގެ ކުޅިވަރު ތަރިންނާއި އަދި ޒުވާނުންގެ ކުރިއެރުމަށް މުހިއްމު އެވޯޑެއް ކަމަށާއި އެވޯޑްސްގައި ބައިވެރިވާ އެންމެ ބޮޑު ސަބަބަކީ ކުޅިވަރާއި ޒުވާނުންނަށް ހިދުމަތްކުރުން ކަމަށެވެ. އަދި މިއީ ރާއްޖޭގައި ކުޅިވަރުގައި ދެވޭ މިފަދަ ހަމައެކަނި އެވޯޑަށް ވާތީ ކުޅިވަރު ކުރިއެރުވުމަށްޓަކައި މިކަމަށް ފުރިހަމަ އެއްބާރުލުން ދޭން ބޭނުންވާކަން އެ ފަރާތްތަކުން ފާހަގަކުރި އެވެ.
އެވޯޑް ހާސިލްކުރި ބައެއް ކުޅުންތެރިން ބުނި ގޮތުގައި ކުޅިވަރުގައި ކުރިއަށް ދިއުމަށް ލިބޭ ހިތްވަރަކީ އަގުވަޒަންކުރުން ކަމަށާއި މި އެވޯޑްސް އިން ކުޅުންތެރިން ކުރާ މަސައްކަތް ވަޒަންކުރާ ކަމަށެވެ. އެހެންވެ މި އެވޯޑްސް ކުރިއަށް ގެންދިއުމަށް މިހާރަ"ށް ދޭ އެއްބާރުލުމަށް ސްޕޮންސަރުންނަށް ޝުކުރުއަދާކުރާ ކަމަށް ކުޅުންތެރިން ބުންޏެވެ.
މި އެވޯޑްސްގައި ހިމެނޭ ކުޅިވަރުތަކަކީ ފުޓްބޯޅަ، ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ.
މިހާރު އެވޯޑްސްގެ ފަނޑިޔާރުންގެ ކޮމިޓީގެ އިސްވެރިޔާ ހުސެއިން މުހައްމަދު (ކ) އާއި މިހާރުގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމަންޓް ޝައްމޫން އަފީފް. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެވޯޑްސްގައި ޖުމްލަ 24 އެވޯޑެއް ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.
އެވޯޑްސްގެ އެންމެ ހާއްސަ އިނާމަކީ ލައިފްޓައިމް އެޗީވްމަންޓް އިނާމެވެ. މި އެވޯޑް އެންމެ ހާއްސަވާ ސަބަބަކީ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ބައްޕަ މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ޝަރަފުގައި "ޒާހިރު ނަސީރު އެވޯޑް" މި ނަމުގައި ޝަރަފް ދިނުމެވެ.
މިހާރު އެވޯޑްސް: ސްޕޮންސަރުންނަކީ އުރީދޫ އާއި އެލައިޑް
މެޑަލިސްޓުންނަން އުރީދޫ އާއި އެލައިޑްގެ ހާއްސަ ޕެކޭޖެއް
"މިހާރު އެވޯޑްސް" ހަފުލާ އަންނަ މަހުގެ 5 ގައި
ޗެމްޕިއަނެއްގެ ވާހަކައިން ދަރިވަރުންނަށް ހިތްވަރު
ކުޅިވަރު ތަރިންގެ ފިއެސްޓާ މާދަމާ ހަވީރު ތުލުސްދޫގައި
އުރީދޫގެ ކަސްޓަމަރުންނަށް ލައިފް އިންޝުއަރެންސް ދެނީ
މިހާރު އެވޯޑްސް: ދަގަނޑޭ "ރަންބޫޓު" ކަށަވަރުކޮށްފި
މިހާރު އެވޯޑްސް: ސާފްގެ ގަދަ ފަހެއް ހޮވައިފި
މާލޭ ލީގުގެ ދެ ވަނަ ބުރުގެ ގަދަ ފަހެއް ހޮވައިފި
މާލޭ ލީގުގެ ފުރަތަމަ ބުރުގެ ގަދަ ފަހެއް ހޮވައިފި