ވޮޝިންޓަން (މެއި 17) - ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބާއްވަން ހަމަޖެހުނު ސަމިޓް ކެންސަލް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ޕިއޮންޔަން އިން ދިން ނަމަވެސް ހަމަޖެހިފައިވާ ތާރީޚުގައި އެ ސަމިޓް ބޭއްވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވޮޝިންޓަނުން ބުނެފި އެވެ.
17 މެއި 2018
ވޮޝިންޓަން (މެއި 17) - ރައީސް ޑޮނަލްޑް ޓްރަމްޕާއި ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ބާއްވަން ހަމަޖެހުނު ސަމިޓް ކެންސަލް ކުރަންޖެހިދާނެ ކަމުގެ އިންޒާރު ޕިއޮންޔަން އިން ދިން ނަމަވެސް ހަމަޖެހިފައިވާ ތާރީޚުގައި އެ ސަމިޓް ބޭއްވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވޮޝިންޓަނުން ބުނެފި އެވެ.
ވައިޓް ހައުސްގެ ތަރުޖަމާނަކު ވިދާޅުވީ ޓްރަމްޕް ހުންނެވީ ސަމިޓަށް ތައްޔާރަށް ކަމަށެވެ. ޓްރަމްޕާއި ކިމްގެ ސަމިޓް އަންނަ މަހު 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ސިންގަޕޫރުގަ އެވެ.
ނޯތު ކޮރެއާގެ ރަސްމީ ނޫސް އެޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓްރަމްޕާ އެކު ބާއްވަން ޕްލޭން ކުރި ސަމިޓާ މެދު ވަރަށް ބޮޑު އުއްމީދުތަކެއް ކުރެވުނު ކަމަށާއި އެކަމަކު އެމެރިކާ އިން ފަހަކަށް އައިސް ކަންތައް ކުރަމުން އަންނަ ގޮތުން މާޔޫސް ވެއްޖެ ކަމަށެވެ. ނޯތު ކޮރެއާ އިން އެންމެ ބޮޑަށް އިނގިލި ދިއްކޮށްފައި ވަނީ އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން އަށެވެ. ބޯލްޓަން ދެއްވާ ބަޔާންތަކަށް ނޯތު ކޮރެއާ އިން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. ސައުތު ކޮރެއާއާ ގުޅިގެން އެމެރިކާ އިން މިދިޔަ ހަފުތާގައި ފެށި އަސްކަރީ ތަމްރީނުތަކަށް ވެސް ނޯތު ކޮރެއާ އިން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ.
ސައުތު ކޮރެއާގެ ރައީސް މޫން ޖައި-އިންއާ އެކު އެޕްރީލް މަހު ފަހުކޮޅު ކިމް ބޭއްވި ސަމިޓަށް ފަހު ނޯތު ކޮރެއާ އިން ވަނީ ވަރަށް ގިނަ ދޫތައް ދީފަ އެވެ. ނިއުކްލިއާ ޓެސްޓްތައް ސަސްޕެންޑް ކުރުމަށް ފަހު ނިއުކްލިއާ ޓެސްޓް ކުރާ ސައިޓް މި މަހު ނައްތާލާނެ ކަމަށް ވެސް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ. އަދި އެމެރިކާގެ ތިން ގައިދީން ވަނީ ދޫކޮށްލައިފަ އެވެ.
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ނޯތު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިފި
ޓްރަމްޕް-ކިމްގެ ސަމިޓް ބޭއްވިދާނެކަމުގެ އުއްމީދު ބޮޑުވެއްޖެ
ކިމްއާ އެކު ބާއްވާ ސަމިޓް ޓްރަމްޕް ކެންސަލް ކޮށްފި
ނޯތު ކޮރެއާގެ މަޝްވަރާތައް ނާކާމިޔާބު ވަންޏާ ޓްރަމްޕް ވަކިވާނެ
ސީއައިއޭގެ ޑިރެކްޓަރު ވަނީ ކިމްއާ ބައްދަލުކޮށްފައި
ޓްރަމްޕާއި ކިމް އެކަކު އަނެކަކަށް މޮޔައިންނަށް ގޮވައިފި
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ކުޑަ އޮޅުމެއް: ހީކުރީ "ކްރިސްމަސް ހަދިިޔާ"އައީ ކަމަށް