ވޮޝިންޓަން (މެއި 26) - ނޯތު ކޮރެއާގެ ލީޑަރު ކިމް-ޖޮން އުންއާ އެކު އަންނަ މަހު ބާއްވާ ސަމިޓް ކެންސަލް ކުރުމަށް ފަހު އަނެއްކާވެސް އެ ސަމިޓް ބޭއްވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
26 މެއި 2018
ވޮޝިންޓަން (މެއި 26) - ނޯތު ކޮރެއާގެ ލީޑަރު ކިމް-ޖޮން އުންއާ އެކު އަންނަ މަހު ބާއްވާ ސަމިޓް ކެންސަލް ކުރުމަށް ފަހު އަނެއްކާވެސް އެ ސަމިޓް ބޭއްވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަމިޓް ބޭއްވުމާ ބެހޭ ގޮތުން ނޯތު ކޮރެއާއާ އެކު ވަަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށާއި އެހެންވެ ޖޫން 12 ގައި ސަމިޓް ބޭއްވިދާނެ ކަމަށެވެ. ޓްރަމްޕުގެ ޓްވީޓުގެ ކުރިން ސައުތު ކޮރެއާ އިން ވެސް ވަނީ ސަމިޓް ބޭއްވުމުގެ އުއްމީދު އަދި ނުގެއްލޭ ކަމަށާއި އަލުން ދިރުން ލިބިއްޖެ ކަމަށް ބުނެފަ އެވެ.
ނޯތު ކޮރެއާ އިން ބުނެފައި ވަނީ ކޮންމެ ވަގުތަކު ވެސް އެމެރިކާއާ މަޝްވަރާ ކުރަން ތައްޔާރު ކަމަށެވެ. ނޯތު ކޮރެއާގެ ވައިސް ފޮރިން މިނިސްޓަރު ކިމް ކައި-ގުވަން ކުރިން ވިދާޅުވީ ކިމްއާ އެކު ބާއްވާ ސަމިޓް ކެންސަލް ކުރުމަކީ ވަރަށް ހިތާމަ ހުރި ކަމެއް ކަމަށެވެ.
ސަމިޓް ކެންސްލް ކުރިކަން އެންގުމަށް ޓްރަމްޕް ފޮނުއްވި ސިޓީގައި ވަނީ ކޮންމެ ވެސް ދުވަހަކުން ކިމްއާ ބައްދަލު ކުރެއްވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ޖޫން 12 ގައި ސިންގަޕޫރުގައި ބާއްވާ ސަމިޓަކީ އެމެރިކާގެ ރައީސްއަކާ ނޯތު ކޮރެއާގެ ލީޑަރަކާ ދެމެދު ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
އުތުރުކޮރެއާގެ ކްރިސްމަސް ހަދިޔާއަށް އެމެރިކާ ތައްޔާރު
ނޯތު ކޮރެއާގެ ދަތިކުރުމުގެ ފިޔަވަޅުތައް ދަމަހައްޓައިފި
ކިމްއާ އެކު ބާއްވާ ސަމިޓް ޓްރަމްޕް ކެންސަލް ކޮށްފި
ކިމްގެ ސަމިޓް ބޭއްވޭނެ ކަމަށް އެމެރިކާގެ އުއްމީދު ބޮޑު
ނޯތު ކޮރެއާގެ މަޝްވަރާތައް ނާކާމިޔާބު ވަންޏާ ޓްރަމްޕް ވަކިވާނެ
ސީއައިއޭގެ ޑިރެކްޓަރު ވަނީ ކިމްއާ ބައްދަލުކޮށްފައި
ޓްރަމްޕާއި ކިމް އެކަކު އަނެކަކަށް މޮޔައިންނަށް ގޮވައިފި
ރަޝިޔާއަށް ހަތިޔާރު ދީފިއްޔާ ޒިންމާ ނަގަންޖެހޭނެ
ބާރު ގަދަ ނިއުކްލިއާ ހަތިޔާރު އުފައްދަންވީ: ކިމް
ކުޑަ އޮޅުމެއް: ހީކުރީ "ކްރިސްމަސް ހަދިިޔާ"އައީ ކަމަށް