Roadha Mihaaru
މޫނު ރީތިކުރާ "ޖޭޑް ރޯލާ" ކުއްލިއަކަށް މަޝްހޫރުވެއްޖެ

މޫނު ރީތިކުރާ "ޖޭޑް ރޯލާ" ކުއްލިއަކަށް މަޝްހޫރުވެއްޖެ

20 މެއި 2018

މޫނު މަސާޖުކުރަން ޗައިނާ މީހުން ވަރަށް ކުރިންސުރެ ބޭނުންކުރަމުން އަންނަ ޖޭޑް ރޯލާ ކުއްލިއަކަށް މަޝްހޫރުވެ ބޮޑު ވިޔަފާރިއަކަށް ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މޫނު މަސާޖުކުރަން ޗައިނާ މީހުން ވަރަށް ކުރިންސުރެ ބޭނުންކުރަމުން އަންނަ ޖޭޑް ރޯލާ ކުއްލިއަކަށް މަޝްހޫރުވެ ބޮޑު ވިޔަފާރިއަކަށް ވެއްޖެ އެވެ.

މިއީ މިނެރަލްގެ ބާވަތެއް ކަމަށްވާ ޖޭޑްގެ އެތިކޮޅެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ރޯލާ އެކެވެ. ދަވާދު ލާން ބޭނުން ކުރާ ކަހަލަ ރޯލާއެއް އެއްގޮތަށް ފަރުމާކޮށްފައިވާ އަތަށް ހެޔޮވަރު އެއްޗެކެވެ.

ޖޭޑް ރޯލާތަކެއް.

މީގެ ދެ ސައިޒެއް އުޅޭނެ އެވެ. އެއީ ލޮލާއި ތުންފަތް ކައިރީ މަސާޖު ކުރަން ބޭނުންކުރާ ކުޑަ ޖޭޑް ރޯލައަކާއި އެއަށް ވުރެ ތަންކޮޅު ބޮޑު ސައިޒެކެވެ. ބޮޑު ސައިޒް ބޭނުންކުރާނީ ދަތްދޮޅި އާއި ކޮލާއި ނިތްކުރި ފަދަ ތަންތަން މަސާޖު ކުރާށެވެ.

ޖޭޑް ރޯލާ ބޭނުންކޮށްގެން މޫނުމަތި މަސާޖު ކުރުމުން، މޫނުގައި ހަރުވެފައި ހުންނަ ތަންތަނާއި ރަތްވެފައި ހުންނަ ތަންތަނާއި ހަމުގެ ޓިޝޫތަކުގައި އެކުލެވޭ ވިހަ އަދި ބޭކާރު މާއްދާތައް ބޭރުކޮށް ދޭނެ އެވެ. ޖޭޑް ރޯލާ ބޭނުން ކުރަނީ މޫނުގެ ހަންގަނޑުގައި ޖައްސާފައި، އޮއްބައިގެން ރޯލްކުރާ ގޮތަށެވެ.

ޖޭޑް ރޯލާއެއް.

އެގޮތުން ޖޭޑް ރޯލާ ބޭނުން ކުރުމުން މޫނަށް ލުއިކަން އިހުސާސް ކުރެވި، އަރާމު ވާނެ އެވެ. މީގެ އެންމެ ހާއްސަ ކަމަކީ މޫނުގެ ބައްޓަން ރީތިކޮށް ދިނުމެވެ.

ޖޭޑް ރޯލާގެ ތަޖުރިބާކާރުން ބުނަނީ އެ ބޭންކުރަން ވާނީ މޫނު ރީތިކޮށް ދޮވެލައި، މޫނުގައި އެއްވެސް ކަހަލަ ކްރީމެއް އުނގުޅުމުގެ ކުރިން ކަމަށެވެ. އަދި ރޭގަނޑު ނިދުމުގެ ކުރިން ޖޭޑް ރޯލާ ބޭނުން ކުރާ ނަމަ، ޖޭޑްގައި ޒައިނޫތު ތެޔޮފޮދެއް ލައިގެން ވެސް މަސާޖު ކުރެވިދާނެ އެވެ.

ޖޭޑް ރޯލާ ބޭނުން ކުރަނީ.

ޖޭޑް ރޯލާ ބޭނުން ކުރުމުން މޫނުގެ ހަންގަނޑު ވާންވެ ތާޒާކަން އިތުރުކޮށް ދޭނެ އެވެ. އެހެންވެ ރީތިވާން ގެންގުޅޭ އާލާތްތަކުގެ ތެރެއަށް މިވެސް މުހިއްމު ވާނެ އެވެ.

ޖޭޑް ރޯލާތައް 20-40 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ލިބެ އެވެ.