Roadha Mihaaru
ހަމުގެ ކުލަ އަލި ނޫން މީހުންނަށް ސްކިން ކެއާ ލައިނެއް

ހަމުގެ ކުލަ އަލި ނޫން މީހުންނަށް އޮސާކާގެ ސްކިން ކެއާ ލައިނެއް

09 ސެޕްޓެމްބަރ 2021

މިހާރު އެންމެ ކާމިޔާބު އަންހެން ޓެނިސް ތަރިންގެ ތެރޭގައި ހިމެނޭ ނައޯމީ އޮސާކާ "ކިންލޯ" ގެ ނަމުގައި އަމިއްލަ ސްކިންކެއާ ލައިނެއް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިހާރު އެންމެ ކާމިޔާބު އަންހެން ޓެނިސް ތަރިންގެ ތެރޭގައި ހިމެނޭ ނައޯމީ އޮސާކާ "ކިންލޯ" ގެ ނަމުގައި އަމިއްލަ ސްކިންކެއާ ލައިނެއް ލޯންޗްކޮށްފި އެވެ.

މިއަށް ނަން ދީފައި ވަނީ އޭނާގެ ބައްޕަ ނިސްބަތްވާ ގައުމު ހެއީޓީ އާއި މަންމަ ނިސްބަތްވާ ޖަޕާނުގެ ބަހުން ރަން ނުވަތަ ގޯލްޑް ކުލަ އަށް ކިޔައިއުޅޭ ދެ ބަސް އެއްކޮށްލައިގެންނެވެ. އެއީ "ކިން" އާއި "ލޯ" އެވެ. މި އުފެއްދުމުގެ ވާހަކަ ސޯޝަލް މީޑިއާގައި ހިއްސާކޮށް 23 އަހަރުގެ އޮސާކާ ބުނީ އަމިއްލަ ސްކިންކެއާ ލައިނެއް ލޯންޗްކުރުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އޭނާގެ "ކިންލޯ" އަކީ ތަންކޮޅެއް އަނދިރި ޝޭޑްސްތަކުގެ ހަމަށް ހާއްސަ ބްރޭންޑެކެވެ. އޮސާކާ ބުނި ގޮތުގައި މި އުފެއްދުމަކީ ހަމުގެ ކެންސަރުން ވެސް ރައްކާތެރިކޮށްދޭން އެހީއަކަށްވާނެ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެކެވެ.

"ކިންލޯ" ގެ ދަށުން ފުރަތަމަ ނެރުނު އުފެއްދުންތަކުގެ ތެރޭގައި ގޯލްޑެން ރޭ ސަންސްކްރީން، ހައިޑްރޭޓިން ގޯލްޑެން މިސްޓް، ހައިޑްރޭޓިން އައި ކްރީމް، ޕްރޮޓެކްޝަން ޕްލަސް ރިކަވަރީ ޑުއޯ އަދި ގޯލްޑެން ރިޗްއަލް ސްކިންކެއާ ސެޓް ހިމެނެ އެވެ. މި އުފެއްދުންތަކުގެ އަގު އުޅެނީ 15-50 ޑޮލަރާ ދެމެދުގަ އެވެ.

"ކިންލޯ" ގެ ވެބްސައިޓް މެދުވެރިކޮށް އުފެއްދުންތައް ގަނެވޭނެ އެވެ.