ބާޒާރުގައި އަލުވި މަދުވެ، އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި އެވެ.
ބާޒާރުގައި އަލުވި މަދުވެ، އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި އެވެ.
ރާއްޖެއަށް ގިނަ އަދަދަށް ފިޔާ، އަލުވި އަދި ބިސް އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ ވެރިއަކު ވިދާޅުވީ އަލުވީގެ އަގު ބޮޑުވީ މުދާހިފައިގެން އައި ބޯޓު ހުސްނުކުރެވި ލަސްވެގެން ކަމަށެވެ.
"މިދިޔަ ހަތަރު ދުވަހު ބޯޓުން މުދާ ނުބޭލިގެން އަލުވި ނުނެރެވުނީ. އެންމެ ފަހުން ރޭ ބޯޓުން މުދާ ހުސްކޮށްލެވުނީ،" އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް އިތުރު ބޯޓެއް ބަނދަރުގައި އެބަ އޮތް. މިރޭ ބަނދަރުން އަލުވި ބަސްތާތައް ނެރެ މާދަމާ ވިއްކަން ފެށޭނެ."
ނަމަވެސް އެމްޕީއެލް އިން ރޭ ބުނެފައި ވަނީ މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާ ކަމަށާއި މުދާ ނެރުން ލަސް ނުވާ ކަމަށެވެ. އެހެންވެ މުދާ ނެރުން ލަސްވެގެން، ބާޒާރުގައި މުދާ އަގު ބޮޑުކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް އެތަނުން ބުންޏެވެ.
ބާޒާރުގައި އާއްމުކޮށް 190ރ. އާއި 220ރ. އާ ދެމެދު ވިއްކަމުން އައި އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އުފުލުނުއިރު ބާޒާރުގައި އަލުވި ލިބެންހުރީ ވަރަށް މަދު ތަނަކުންނެވެ. އަދި މާލެ ތެރޭގެ ބައެއް ފިހާރަތަކުން ކުރިން 10ރ. އަށް ވިއްކި އަލުވި ކިލޯއެއްގެ އަގު މިހާރު ވަނީ 20ރ. އަށްވުރެ ބޮޑުވެފަ އެވެ.
މާލޭގައި ފުޅާ ދާއިރާއެއްގައި ރީޓެއިލްކޮށް މުދާ ވިއްކާ ފިހާރަކުން ބުނީ ރޯދަމަސް ފެށުނު ދުވަހުން ފެށިގެން ބާޒާރުން އަލުވި ލިބުންދަތިވެފައިވާ ކަމަށެވެ. އަދި އެކަށީގެންވާ ވަރަށް ވުރެ އަގު ބޮޑުވުމުން އެ ފިހާރައިން ރީޓެއިލްކޮށް ނުވިއްކާ ކަމަށް ވެސް ބުންޏެވެ.
މުދާ އެތެރެކުރާ ފަރާތްތަކުން ބުނީ ތަކެތީގެ އަގު އުފުލުނަ ނުދީ ކޮންޓްރޯލްކުރެވޭނީ ގެންނަ މުދާ ބޭލުން އަވަސްކޮށް ކަސްޓަމްސްގެ ހިދުމަތް ދޭ ވަގުތު އިތުރުކޮށްގެން ކަމަށެވެ.
ބާޒާރުގައި އަލުވީގެ އަގު އުފުލުނުއިރު އެސްޓީއޯ އިން ވަނީ ރޯދައާ ދިމާކޮށް އަލުވި ގެނެސް ބަސްތާއެއް ވިއްކާނީ 200ރ.އަށް ވިއްކަމުންނެވެ. އަދި 50 ބަސްތާ އަށް ވުރެ އިތުރަށް ގަންނަ ނަމަ ބަސްތާއެއް 190ރ. ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މުދާ ނެރުން ލަހެއް ނުވާނެ: އެމްޕީއެލް
ބައެއް މުދާތައް އުފުލާ ގަޑިތަކަށް ބަދަލު ގެނެސްފި
އަލުވި ބަސްތާއެއްގެ އަގު 250ރ. އަށް ތިރިވެއްޖެ
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
ޕެލެޓްގެ ދަށުވި މީހާގެ ކަށިތަކަށް ވަނީ ގެއްލުންވެފައި
މިފަހަރު ގަންނަނީ އެހެން ސާމާނުތަކެއް: އެމްޕީއެލް
ހުސް ކޮންޓެއިނަރުތައް ހުޅުމާލެ އަށް ގެންދަނީ
ކޮންމެ ކޮންޓެއިނަރަކަށް 75 ޑޮލަރުގެ ފީއެއް ނަގަނީ
އެމްޕީއެލް އަށް 158.5 މިލިއަން ރުފިޔާގެ ފައިދާ