Roadha Mihaaru
އެމްޕީއެލް އަށް 158.5 މިލިއަން ރުފިޔާގެ ފައިދާ

އެމްޕީއެލްއަށް މިދިޔަ އަހަރު 158.5 މިލިއަން ރުފިޔާގެ ފައިދާ

28 މެއި 2018

އެމްޕީއެލް އަށް މިދިޔަ އަހަރުގެ ތެރޭގައި 158.5 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެމްޕީއެލް އަށް މިދިޔަ އަހަރުގެ ތެރޭގައި 158.5 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން އެމްޕީއެލް އަށް އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 628.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ތެރެއިން މުސާރަ އާއި ގުޅުން ހުރި ހަރަދުތަކަށް 282.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އެހެނިހެން ހިންގުމުގެ ހަރަދަށް 127.9 މިލިއަން ރުފިހާ ހޭދަކޮށްފައިވެ އެވެ. އެ ހަރަދުތައް ކެނޑުމަށް ފަހު ހިންގުމުގެ ފައިދާގެ ގޮތުގައި 192.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެމްޕީއެލް އިން ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރު އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެމްޕީއެލް

އެމްޕީއެލް އިން ރޭ ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރު އަހަރީ އާއްމު ޖަލްސާގައި އެ ކުންފުނީގެ ބޯޑު މެމްބަރުންނާއި އިސްވެރިން ބައިވެރިވަނީ. ފޮޓޯ: އެމްޕީއެލް

މާލޭގެ ވިޔަފާރި ބަނދަރު ހިންގާ ކުންފުނިން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 28.1 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ. ޓެކުހަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބުނު 158.5 މިލިއަން ރުފިޔާއަކީ 2016 ވަނަ އަހަރަށް ވުރެ 6.2 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ސާފު ފައިދާ އިން ހިއްސާގެ ފައިދާގެ ގޮތުގައި ސަރުކާރަށް 95.1 މިލިއަން ރުފިޔާ ސަރުކާރަށް ލިބޭނެ އެވެ.

އެމްޕީއެލް އިން ވަނީ ރޭ ހޮޓެލް ޖެންގައި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ ބާއްވައިފަ އެވެ. މި ޖަލްސާގައި ވަނީ އެ ކުންފުނީގެ މާލީ ހިސާބުތައް ފާސްކޮށް އަދި ހިއްސާގެ ފައިދާގެ ގޮތުގައި ދޭނެ މިންވަރު ވެސް ކަނޑައަޅައިފަ އެވެ.