19 މެއި 2018
ލަންޑަން (މެއި 19) - މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ޗެލްސީން މިރޭ ހޯދައިފި އެވެ.
ލަންޑަން (މެއި 19) - މެންޗެސްޓާ ޔުނައިޓެޑް 1-0 އިން ބަލިކޮށް އެފްއޭ ކަޕުގެ ޗެމްޕިއަންކަން އަށް ވަނަ ފަހަރަށް ޗެލްސީން މިރޭ ހޯދައިފި އެވެ.
އެންޓޯނިއޯ ކޮންޓޭގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ ސީޒަނުގައި މިދިޔަ އަހަރު ޗެލްސީން ޕްރިމިއާ ލީގު ކާމިޔާބުކުރި އެވެ. އެކަމަކު އެފްއޭ ކަޕް ފައިނަލުގައި އާސެނަލް އަތުންވީ ބައްޔެވެ. މިރޭގެ ފައިނަލަށް ނުކުތްއިރު ޗެލްސީގެ އަމާޒަކީ ހުސްއަތާ ސީޒަން ނިންމާ ނުލުމެވެ. އަދި ލީގުގެ ގަދަ ހަތަރަކުން ކެޓުމުގެ މާޔޫސްކަމުން އަރައިގަނެ ތަށްޓަކާ އެކު ސީޒަން ނިންމާލަން އެ ޓީމުން ބޭނުންވި އެވެ.
މިއީ ޗެލްސީގެ ކޯޗުކަމުގައި ކޮންޓޭ ފެންނާނެ ފަހު މެޗަށް ވުމުގެ ފުރުސަތު އެބައޮތެވެ. ރިޕޯޓްތައް ބުނާގޮތުން ޗެލްސީން ވަނީ ކޮންޓޭ މަގާމުން ދުރުކުރަން ނިންމައިފަ އެވެ. މަގާމުން ވަކިކޮށްފިނަމަ ކޮންޓޭ ވެގެންދާނީ ފާއިތުވި ތިން އަހަރު ތެރޭ އެފްއޭ ކަޕް ކާމިޔާބު ކުރުމަށް ފަހު ވަޒީފާ ގެއްލުނު ދެ ވަނަ ކޯޗަށެވެ. ޔުނައިޓެޑަށް 2016 ވަނަ އަހަރުގެ އެފްއޭ ކަޕް ހޯދައިދިން ލުއީ ވެން ހާލް ވަނީ އެ ޓީމުގެ ކޯޗުކަމުން ދުރުކޮށްފަ އެވެ.
މިރޭ މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އެޑެން ހަޒާޑް އެވެ. މިއީ ހަޒާޑް ޗެލްސީ އަށް ކުޅެދިން 300 ވަނަ މެޗެވެ.
"މިއީ އެންމެ ރަނގަޅު ސީޒަނެއް ނޫން. އެކަމަކު ތަށްޓަކާ އެކު ނިންމާލުމަކީ އުފަލެއް. އެކަމަށްޓަކައި ހުރިހާ ކުޅުންތެރިންނާއި ސަޕޯޓަރުން އުފާކުރާނެ،" މިރޭގެ މެޗަށް ފަހު ހަޒާޑް ބުންޏެވެ.
ޔުނައިޓެޑަށް މިރޭގެ މެޗުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު އިންގްލެންޑްގެ ފޯވާޑް މާކަސް ރެޝްފޯޑަށް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، ދެ ވަނަ ހާފުގައި ލިބުނު ބޯޅައިން އޭނާ ފޮނުވާލި ޝޮޓް ޗެލްސީގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.
އޭގެ ފަހުން ވެސް ނިމެންޏާ މަޓިޗް ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވީ ވެސް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޯޓުއާ އެވެ. ޗެލްސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މާކޯސް އަލޮންސޯ އަށް ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެެވެ.
މެޗުގެ ފަހު ކޮޅު ނަތީޖާ ހަމަހަމަ ކުރަން ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ރޮމެލޫ ލުކާކޫ ކުޅެން އެރި ނަމަވެސް އޭނާ އަށް ވެސް އެދެވޭ ކުޅުމެއް ނުދެއްކުނެވެ.
މިއީ އެފްއޭ ކަޕް ފައިނަލުގައި ޔުނައިޓެޑް އަތުން ޗެލްސީ މޮޅުވި ދެ ވަނަ ފަހަރެވެ. މީގެ 11 އަހަރު ކުރިން ޗެލްސީން މި މުބާރާތުގެ ފައިނަލުގައި ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދިއިރު، އޭރު ޗެލްސީގެ ކޯޗަކަށް ހުރީ މިހާރު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ އެވެ.
ޗެލްސީގެ މި ކާމިޔާބީ އެންމެ ހާއްސަވާ އެއް ކުޅުންތެރިޔަކީ ޖެނުއަރީ މަހު އާސެނަލް ދޫކޮށް އެ ޓީމަށް ބަދަލުވި ފްރާންސްގެ ފޯވާޑް އޮލިވިއޭ ޖިރޫ އަށެވެ. މިއީ ފާއިތުވި ފަސް އަހަރު ތެރޭ އެފްއޭ ކަޕް ޗެމްޕިއަންކަން އޭނާ ހުރި ޓީމަކަށް ލިބުނު ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ އާސެނަލާ އެކު މި މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ.
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
ޔުނައިޓެޑް ކަޓައިފި، ސެމީގައި ޗެލްސީ-ސިޓީ ކުރިމަތިލަނީ
ޔުނައިޓެޑް ކަޓުވާލުމަށް ފަހު ޗެލްސީ ފައިނަލަށް
ލަމްޕާޑާއި ސޯލްޝެއާގެ "ވީއޭއާރް" ކޯޅުމެއް
އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ
ޗެލްސީ އަތުން ބަދަލުހިފައި ޔުނައިޓެޑް ކުއާޓާ އަށް
ގާޑިއޯލާ ފަދައިން ސާރީ އަށް ވަގުތު ދޭންޖެހޭ: ޒޯލާ
ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް އަނެއް ބުރަށް
ޗެލްސީ ސީޒަން ސަލާމަތްކުރަން، މޮރީނިއޯ ހަމަޖެހިފައި
ޔުނައިޓެޑް ކަޓުވާލުމަށް ފަހު ޗެލްސީ ސެމީ އަށް