18 ފެބުރުއަރީ 2019
ލަންޑަން (ފެބްރުއަރީ 18) - މެންޗެސްޓާ ސިޓީގެ ކުޅުން ބަދަލުކުރަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވަގުތު ދިން ފަދައިން ޗެލްސީގައި އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ އަށް ވެސް ވަގުތު ދޭން ޖެހޭ ކަމަށް އެސިސްޓަންޓް ކޯޗު އަދި ކުރީގެ ފޯވާޑް ޖިއަންފްރަންކޯ ޒޯލާ ބުނެފި އެވެ.
ލަންޑަން (ފެބްރުއަރީ 18) - މެންޗެސްޓާ ސިޓީގެ ކުޅުން ބަދަލުކުރަން އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ އަށް ވަގުތު ދިން ފަދައިން ޗެލްސީގައި އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ އަށް ވެސް ވަގުތު ދޭން ޖެހޭ ކަމަށް އެސިސްޓަންޓް ކޯޗު އަދި ކުރީގެ ފޯވާޑް ޖިއަންފްރަންކޯ ޒޯލާ ބުނެފި އެވެ.
މި މަހު 10 ވަނަ ދުވަހު ސިޓީ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު އަތުން ޗެލްސީ 6-0 އިން ބަލިވިއިރު، އެ ނަތީޖާއާ އެކު ޗެލްސީގެ ކޯޗު ސާރީ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޔޫރޮޕާ ލީގުގައި ސްވިޑަންގެ މަލްމޯ އަތުން މޮޅުވި ނަމަވެސް ޗެލްސީ އަށް ހިތްހަމަޖެހުމެއް އޮތީ މިރޭ އެފްއޭ ކަޕްގައި އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެންނެވެ.
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޒޯލާ ވަނީ ސާރީގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ.
"އިންގްލެންޑުގައި ގާޑިއޯލާގެ ފުރަަތަމަ އަހަރުގައި އޭނާ އަށް ވެސް އުނދަގޫތަކެއް ކުރިމަތިވި. ގޯސް ނަތީޖާތަކެއްގެ ޕްރެޝަރު ބޮޑުވެސްވި. އެކަމަކު އެ މީހުން ގާޑިއޯލާ އަށް ވަގުތުދިން. އޭރު ވެސް ނޫސްވެރިން ދިޔައީ ގާޑިއޯލާއާ ވެސް ސުވާލުތަކެއް ކުރަމުން. ގާޑިއޯލާ ވެސް ތަފާތެއް ގެނައީ ވަގުތު ދީގެން. ސާރީ އަށް ވެސް ވަގުތު ބޭނުންވޭ،" ހިތްހަމަނުޖެހިފައި ހުރެ ޒޯލާ ބުންޏެވެ.
"އަހަރެމެން މި ދަނީ ޗެލްސީގައި އާ ކަންތައްތަކެއް ތަޖުރިބާ ކުރަމުން. އަހަރެމެން ބޭނުންވާ ފުޓްބޯޅަ ކުޅެން މި ލީގަށް ވެސް ހޭނެން ޖެހޭ. މި ސިސްޓަމަށް އެންމެ ރަނގަޅު ކުޅުންތެރިން ބޭނުންވާނެ."
އިނގިރޭސި މީޑިއާތަކުން އަންނަނީ ޗެލްސީގައި ސާރީގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ކަމަށް ރިޕޯޓްކުރަމުންނެވެ. އަދި މިރޭ ޔުނައިޓެޑް އަތުން ބަލިވެއްޖެނަމަ ޗެލްސީން ސާރީ ބެހެއްޓުމާ މެދު ގޮތެއް ނިންމަން ކްލަބްގެ ބޯޑު މެމްބަރުންގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ޗެލްސީން އަންނަނީ ރެއާލުގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން ހޯދަން މަސައްކަތް ކުރަމުންނެވެ.
ސާރީގެ މުސްތަގުބަލާ ބެހޭގޮތުން ސުވާލުކުރުމުން ޒޯލާ ބުނީ މީޑިއާގައި ދެކެވޭ ގިނަ ވާހަކަތަކުގައި އަސްލެއް ނެތް ކަމަށާއި ޗެލްސީގެ ވެރިންގެ ފުރިހަމަ އިތުބާރު ސާރީ އަށް އެބައޮތް ކަމަށެވެ.
ޗެލްސީން ވަނީ އެންމެ ފަހުން އެފްއޭ ކަޕްގައި މި ދެ ޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. މި މުބާރާތުގައި ޖެހިޖެހިގެން ފަސް ފަހަރު ޔުނައިޓެޑްގެ މައްޗަށް އެއްވެސް ޓީމަކަށް ކުރި ހޯދިފައެއްނުވެ އެވެ.
ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުން ވަނީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަތުން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ. ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ޕީއެސްޖީ އަތުންވި ބަލި ހަނދާން ނައްތާލަން ޗެލްސީއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމު ކަމަށެވެ. އަދި އެކަން ކުރެވޭނެ ކަމުގެ އުއްމީދު ބޮޑުވަނީ ކުޅުންތެރިންގެ ހިތްވަރު ފެނިފައި ކަމަށް ބުންޏެވެ.
ޔުނައިޓެޑް އަނެއް ބުރަށް؛ ސިޓީ ޖެހެނީ ޓޮޓެންހަމާ
ޔުނައިޓެޑް ކަޓައިފި، ސެމީގައި ޗެލްސީ-ސިޓީ ކުރިމަތިލަނީ
ޔުނައިޓެޑް ކަޓުވާލުމަށް ފަހު ޗެލްސީ ފައިނަލަށް
ލަމްޕާޑާއި ސޯލްޝެއާގެ "ވީއޭއާރް" ކޯޅުމެއް
އެފްއޭ ކަޕް ސެމީގައި އާސެނަލް-ސިޓީ، ޔުނައިޓެޑް-ޗެލްސީ
ޔުނައިޓެޑް ބަލިކުރަން ޗެލްސީ އަށް އެނގޭނެ: ސާރީ
ޗެލްސީ އަތުން ބަދަލުހިފައި ޔުނައިޓެޑް ކުއާޓާ އަށް
ޔުނައިޓެޑް، ޗެލްސީ އަދި އާސެނަލް އަނެއް ބުރަށް
އެފްއޭ ކަޕް ޗެމްޕިއަންކަން ޗެލްސީން ހޯދައިފި
ޗެލްސީ ސީޒަން ސަލާމަތްކުރަން، މޮރީނިއޯ ހަމަޖެހިފައި