21 މެއި 2018
ބާޒާރުގައި އަލުވި މަދުވެ، ވިއްކާ އަގު ބޮޑުވުމުން، އަލުވީގެ އަގުހެޔޮކުރަން އެސްޓީއޯ އިން ބޮޑު ސްޓޮކެއް ރޭ ގެނެސްފި އެވެ.
ބާޒާރުގައި އަލުވި މަދުވެ، ވިއްކާ އަގު ބޮޑުވުމުން، އަލުވީގެ އަގުހެޔޮކުރަން އެސްޓީއޯ އިން ބޮޑު ސްޓޮކެއް ރޭ ގެނެސްފި އެވެ.
އެސްޓީއޯ ސުޕަމާޓްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަލަށް ގެނައި ސްޓޮކް މިރޭ ބޯޓުން ބާލާނެ ކަމަށެވެ. އަދި މާދަމާއިން ފެށިގެން ކަސްޓަމަރުންނަށް ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މި ރޯދައަށް ދެ ޝިޕްމަންޓް ގެނެސްފައިވާނެ. މިފަހަރު ގެނައި ޝިޕްމަންޓުން ކުރިޔަށް އޮތް ދިހަ ދުވަހަށް ހިފަހައްޓާލެވޭނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިފަހަރު ގެނައި އަލުވި އިންޑިއާއިން ލިބުނު އަގު ބޮޑުވެފައިވާ ކަމަށެވެ. ނަމަވެސް ބާޒާރުގައި މިހާރު ލިބެންހުރި އަގަށްވުރެ ހެޔޮވާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
އެސްޓީއޯ އިން އެންމެފަހުން އަލުވި ބަސްތާއެއް ވިއްކާފައި ވަނީ 190ރ. އަށެވެ. އެކަމަކު ބާޒާރުގައި ވިއްކާފައި ވަނީ 220ރ. އަށެވެ. އަދި ބާޒާރުން އަލުވި ހުސްވުމުން ބަސްތާއެއްގެ އަގު 500ރ. އަށް އެރި އެވެ.
"މިރޭ ބޯޓުން ބާލައިގެން މާދަމާ ވިއްކަން ފެށޭނެ. އަޅުގަނޑުމެން ހޯސޭލްކޮށް ވެސް ވިއްކާނަން. އެއާއެކު ބާޒާރުގައި މިހާރު ހުރި އަގުތައް ތިރިވާނެ،" އޭނާ ވިދާޅުވި އެވެ.
އެސްޓީއޯގެ އޮފިޝަލް ވިދާޅުވީ މިފަހަރު ގެނައި އަލުވި ބަސްތާއަކުން ދިހަ ރުފިޔާވަރު ބޮޑުވާނެ ކަމަށެވެ.
ހޯލްސޭލްކޮށް އަލުވި ވިއްކުން ކޮންޓްރޯލްކޮށްފި
އަލުވި ބަސްތާއެއްގެ އަގު 250ރ. އަށް ތިރިވެއްޖެ
އަލުވި ބަސްތާއެއްގެ އަގު 500ރ. އަށް އަރައިފި
އެސްޓީއޯއިން ބިސް ވިއްކަނީ ހެލްތުން އަންގާފައިވާ ގޮތަށް
ރޯދަ އަށް ފިޔާ، އަލުވި އަދި ބިސް ވިއްކަންފަށައިފި
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި
ހުރިހާ އަތޮޅެއްގައި އެސްޓީއޯގެ ރޭޓުން ތެޔޮ ވިއްކަނީ
"ބޯޓުތަކަށް ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ"
"ބަންކަރިންއަށް 20 މިލިއަން ޑޮލަރު އިންވެސްޓްކުރި"
އުތުރު ގޭޓްވޭގެ މައި އޮފީސް ހުޅުވައިފި