Roadha Mihaaru
ހޯލްސޭލްކޮށް އަލުވި ވިއްކުން ކޮންޓްރޯލްކޮށްފި

އެސްޓީއޯ އިން ހޯލްސޭލްކޮށް އަލުވި ވިއްކުން ކޮންޓްރޯލްކޮށްފި

26 މެއި 2018

އެސްޓީއޯ އިން ރޯދައަށް ގެނައި އަލުވީގެ ޑިމާންޑް ބޮޑުވުމުން، ހޯލްސޭލްކޮށް ވިއްކުން ކޮންޓްރޯލްކޮށްފި އެވެ.

އެސްޓީއޯ އިން ރޯދައަށް ގެނައި އަލުވީގެ ޑިމާންޑް ބޮޑުވުމުން، ހޯލްސޭލްކޮށް ވިއްކުން ކޮންޓްރޯލްކޮށްފި އެވެ.

އެ ކުންފުނީގެ ސުޕަމާޓުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގައި ހަދާފައިވާ ހޯލްސޭލް ސެންޓަރުން ކޮންމެ ކަސްޓަމަރަކަށް ވެސް ވިއްކާނީ އެއް ބަސްތާ އަލުވި ކަމަށެވެ.

"އަޅުގަނޑުމެން ބަލްކްކޮށް ފިހާރަތަކަށް ވިއްކުން ހުއްޓާލީ. ނަމަވެސް ކޮންމެ ކަސްޓަމަރަކަށް ބަސްތާއެއް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އިންޑަސްޓްރިއަލް ވިލެޖުގައި އަލުވި ބަސްތާ ވިއްކާއިރު ސުޕަމާޓުން ވަކިން ކިރައިގެން ވިއްކާނެ ކަމަށެވެ. އެ ކުންފުނިން އަލުވި ކިލޯއެއް 11ރ. އަށް ވިއްކާއިރު ބަސްތާއެއް ވިއްކަނީ 220ރ. އަށެވެ.

ބާޒާރުގައި އަލުވީގެ އަގު އުފުލުމުން އެސްޓީއޯ އިން ވަނީ މިދިޔަ ހަފުތާގައި ބޮޑު ޝިޕްމަންޓެއް ގެނެސްފަ އެވެ. އަދި ޝިޕްމަންޓުން ދިހަ ވަރަކަށް ދުވަހު ހިފަހައްޓާލެވޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެ އެވެ.

އެ ކުންފުނިން އަލުވި ބަސްތާއެއް 220ރ. އަށް ވިއްކާއިރު ބާޒާރުގައި އަލުވި ބަސްތާއެއް ވިއްކަނީ އެވްރެޖްކޮށް 250ރ. އަށެވެ.