Roadha Mihaaru

މަރާލަން ދިން ހަމަލާ އަށް ފަހު ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު: ޔޫލިއާ

ލަންްޑަން (މެއި 24) - އިނގިރޭސި ވިލާތުގެ ސަލްބަރީގެ މޯލެއްގެ ބޭރުގައި މިދިޔަ މާޗް މަހު ވިހަ ދިން ހާދިސާ އަށް ފަހު ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު ކަމަށާއި އެ ހާދިސާ އިން ސަލާމަތްވުމަކީ ނަސީބެއް ކަމަށް ރަޝިޔާގެ ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލްގެ ދަރި ޔޫލިއާ ބުނެފި އެވެ.

"މަރާލަން ދިން ހަމަލާ އަށް ފަހު ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު"
ހަސަން އާމިރު
ހަސަން އާމިރު

24 މެއި 2018

ލަންްޑަން (މެއި 24) - އިނގިރޭސި ވިލާތުގެ ސަލްބަރީގެ މޯލެއްގެ ބޭރުގައި މިދިޔަ މާޗް މަހު ވިހަ ދިން ހާދިސާ އަށް ފަހު ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު ކަމަށާއި އެ ހާދިސާ އިން ސަލާމަތްވުމަކީ ނަސީބެއް ކަމަށް ރަޝިޔާގެ ކުރީގެ ޖާސޫސް ސާގީ ސްކްރިޕަލްގެ ދަރި ޔޫލިއާ ބުނެފި އެވެ.

ޔޫލިއާ، 33، އާއި އޭނާގެ ބައްޕަ ސްކްރިޕަލް އަށް ދީފައި ވަނީ ނުރައްކާތެރި ވިހަ މާއްދާއެއް ކަމަށްވާ ނޮވިޗޮކް އެވެ. ހޮސްޕިޓަލްގައި މަހެއްހާ ދުވަހު ފަރުވާ ދިނުމަށް ފަހު މިދިޔަ އެޕްރީލް މަހު ދޫކޮށްލި ފަހުން ފުރަތަމަ ފަހަރަށް މީޑިއާއެއްގައި ވާހަކަ ދައްކަމުން ރޮއިޓާސް އަށް ޔޫލިއާ ބުނީ މާޗް 4 ވަނަ ދުވަހު ދިން ވިހައިގެ ހަމަލާ އަށް ފަހު ދިރިއުޅުން އެކޮޅުކޮޅުން ޖެހުނު ކަމަށެވެ. އަދި ކޮންމެ ވެސް ދުވަހަކުން އެނބުރި ރަޝިޔާ އަށް ދިއުމަށް އުއްމީދު ކުރާ ކަމަށް ބުންޏެވެ.

ޔޫލިއާގެ ބައްޕަ ސްޕްރިޕަލް ވެސް މިދިޔަ ހަފުތާގައި ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ.

ޔޫލިއާ ބުނީ ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް އޭނާގެ ފަރުވާ ކުރިއަށްދާ ކަމަށާއި މިހާރު އެންމެ ބޮޑު ސަމާލު ކަމެއް ދެނީ ފަރުވާ އަށް ކަމަށެވެ.

"20 ދުވަހު ކޯމާއެއްގައި އޮތުމަށް ފަހު، ހޭއެރި ފަހުން އެނގުނީ ވިހައެއް ދިންކަން،" ޔޫލިއާ ބުންޏެވެ.

ޔޫލިއާ އާއި އޭނާގެ ބައްޕަ އަށް ވިހަ ދިން ކަމަށް ޝައްކުކޮށްފައި ވަނީ ރަޝިޔާ އަށެވެ. ޔޫލިއާގެ ބައްޕަ ވަނީ ރަޝިޔާގެ ޖޫސޫސީ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރިއިރު އިނގިރޭސި ވިލާތަށް އެހީތެރިވެދީފަ އެވެ.