Roadha Mihaaru
ކުޅުދުއްފުށީ އެއާޕޯޓަށް ހިއްކި ބިމުގެ ތޮށި ހަލާކުވެއްޖެ

ކުޅުދުއްފުށީ އެއާޕޯޓް އަޅަން ހިއްކި ސަރަހައްދުގައި ހެދި ތޮށިގަނޑު ހަލާކުވެއްޖެ

29 މެއި 2018

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން އެމްޓީސީސީ އަށް ހަވާލުކޮށްގެން ހިއްކި ބިމުގައި ބޮޑުހިލަ ޖަހައިގެން ހެދި ތޮށިގަނޑުން ބައެއް ހަލާކުވެއްޖެ އެވެ.

ހދ. ކުޅުދުއްފުށީގައި އެއާޕޯޓް އަޅަން އެމްޓީސީސީ އަށް ހަވާލުކޮށްގެން ހިއްކި ބިމުގައި ބޮޑުހިލަ ޖަހައިގެން ހެދި ތޮށިގަނޑުން ބައެއް ހަލާކުވެއްޖެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެމްޓީސީސީން ނިންމާލި ޕްރޮޖެކްޓުގައި ހެދި ތޮށިގަނޑަށް ގެއްލުން ލިބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މޫސުން ގޯސްވެ، ކަނޑު ގަދަވުމުންނެވެ. ބޮޑެތި ރާޅުތައް އެރުމުގެ ސަބަބުން ތޮށިގަނޑުގެ 25 ޕަސެންޓް ހަލާކުވެފައިވާ ކަމަށް ވަނީ އެނގިފަ އެވެ.

އެ ތޮށިގަނޑު ހަލާކުވީ، ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓުގައި ބުނެފައިވާ ވަރަށް ވުރެ ކުދި ހިލަ ބޭނުން ކޮށްގެން ތޮށިގަނޑު ހެދުމުން ކަމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް އެއީ ތެދު ވާހަކައެއް ނޫން ކަމަށް، ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ކުޅުދުއްފުށީ އެއާޕޯޓް އަޅަން ހިއްކި ސަރަހައްދުގެ ޝޯ ޕްރޮޓެކްޝަން ތޮށިގަނޑު ހަލާކުވެފައި.

ކުޅުދުއްފުށީ އެއާޕޯޓް އަޅަން ހިއްކި ސަރަހައްދުގެ ޝޯ ޕްރޮޓެކްޝަން ތޮށިގަނޑު ހަލާކުވެފައި.

އޭނާ ވިދާޅުވީ، ތޮށިގަނޑުގެ ބޮޑު ބައެއް ހަލާކުވީ ޑިޒައިންގެ މައްސަލައަކުން ކަމަށެވެ. އަދި ތޮށިގަނޑުން ހަލާކުވިބައި ހެދުމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، އެމްޓީސީސީން ތޮށިގަނޑު ހެދީ ރީޖަނަލް އެއާޕޯޓްސް އިން ކޮށްފައިވާ ޑިޒައިނާ އެއްގޮތަށެވެ.

"އެ ޕްރޮޖެކްޓު ކޮންޓްރެކްޓަރުގެ ހައިސިއްޔަތުން އެމްޓީސީސީން ނުޖެހޭނެ އެ މަސައްކަތް (ތޮށިގަނޑު މަރާމާތު) ކުރާކަށް. ސަރުކާރުން ރިކުއެސްޓް ކުރީމަ އެކަން ކުންފުނިން ކޮށްދެނީ،" އެކަމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

އޭނާ ބުނީ، އެ މަސައްކަތަށް އެމްޓީސީސީން ކުރަނީ ހިލޭ ކަމަށެވެ. އަދި އެކަމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށާއި، ސީދާ ޚަރަދު އެނގޭނީ އެސެސްމަންޓް ނިމުމުން ކަމަށް ވެސް އޭނާ ބުންޏެވެ.