29 މެއި 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ދޭން އިންކާރު ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް މައުމޫންގެ ވަކީލުން މިރޭ ދެކޮޅުހައްދަވައިފި އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ފޯނު ފުލުހުންނަށް ދޭން އިންކާރު ކުރެއްވި ކަމަށް ބުނާ މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް މައުމޫންގެ ވަކީލުން މިރޭ ދެކޮޅުހައްދަވައިފި އެވެ.
މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ވިދާޅުވީ މި މައްސަލައިގެ ޝަރީއަތުގެ މަޖިލިހުގައި ބައިވެރިވެވަޑައިނުގަތް މައިގަނޑު ސަބަބަކީ މައުމޫންގެ ސިއްހީ ހާލުކޮޅަށް ޝަރީއަތުން ރިއާޔަތްކުރެއްވުމެއް ނެތި މައްސަލަ ކުރިއަށް ގެންދެވުން ކަމަށެވެ. ވަކީލް މައުމޫން ވިދާޅުވި ގޮތުގައި މައުމޫންގެ ސިއްހީ ހާލުކޮޅާ ގުޅިގެން މިރޭގެ އަޑުއެހުން ކެންސަލް ކުރެއްވުމަށް ވާނީ އެދިވަޑައިގެންފަ އެވެ.
ޝަރީއަތުގެ މަޖިލިސް ބޮއިކޮޓްކުރެއްވުމަށް ފަހު ވަކީލުން ނެރުއްވު ބަޔާނެއްގައި ވިދާޅުވީ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށް، މިހާރު މައްސަލަ ހަވާލުކޮށްފައި ވާނީ ގާޒީ ހަސަން ނަޖީބަށް ކަމަށާއި އެކަން ކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ އަމުރަކާއި ކޯޓުތަކުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.
މީގެ އިތުރުން، މައުމޫންގެ ފަރާތުން 12 ކަމެއް ޝަރީއަތަށް ހުށަހެޅުމުން އެންމެ ތިން މިނެޓެއްހާއިރަށް ޝަރީއަތް މެދުކަނޑާލުމަށް ފަހު އަލުން ޝަރީއަތް ފެށުމުން، ފަނޑިޔާރުންގެ ގާނޫނުގައި ބުނާ ފަދައިން، ހުށަހެޅުންތައް އެކަށީގެންވާ މިންވަރަށް ވަޒަން ނުކުރައްވާކަން އެނގޭ ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހުށަހެޅި ކަންކަމަށް ވެސް އެކަށީގެންވާ ވަރަށް ނުބައްލަވާ ކަމަށް ވަކީލުން ފާހަގަކުރައްވާފައިވެ އެވެ.
މި ނޫނަސް، މައްސަލައާ ގުޅިގެން ހުށަހެޅި އެތައް ކަމަކަށް ޝަރީއަތުން ރިއާޔަތް ނުކުރާކަން ވަނީ ފާހަގަކޮށްފަ އެވެ.
We were tonight forced to recuse ourselves from Pres. @maumoonagayoom trial for "hiding evidence":
— Maumoon Hameed (@maanhameed) 29 May 2018
- authorities ignored medical advice;
- hearings scheduled regardless of risk to his health;
- grave procedural defects + hearings in absentia prejudice his right to a #fairtrial pic.twitter.com/TbsiWLGgKR
މައުމޫންގެ ވަކީލުން، މިރޭ 9:30 ގައި އޮތް ޝަރީއަތުގެ މަޖިލިސް ބޮއިކޮޓްކުރެއްވި ނަމަވެސް އުއްތަމަ ފަނޑިޔާރާއި، ފަނޑިޔާރު އަލީ ހަމީދުގެ ވަކީލުން ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ.
މައުމޫނަށް ޖެހިފައިވާ، ބޮލަށް އެނބުރުން އެރުމުގެ ބަލި، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ގެ ސަބަބުން ވެއްޓުމުގެ ފުރުސަތު އޮތް ކަމަށް ޑޮކްޓަރާ ހަވާލާ ދެއްވައި އެ މަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. އެހެންވެ މީގެ ކުރިން ވަނީ ޝަރީއަތުގެ އަޑުއެހުންތަކެއް ކެންސަލްކޮށްފަ އެވެ.
މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ މިދިޔަ ފެބްރުއަރީ މަހު އެ ބޭފުޅުން ހައްޔަރުކޮށް، ފޯނު ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި އެ ބޭފުޅުންގެ މައްޗަށް ކުރަނީ އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އެވެ. އަދުލު އިންސާފު ގާއިމް ކުރަން ހުރަސް އެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާއެއް ވެސް ދައުލަތުން އެ ތިން ބޭފުޅުންގެ މައްޗަށް ކުރެ އެވެ. އެކަމަކު މައްސަލަ ކުރިއަށް ގެންދަނީ ވަކިންނެވެ.
މައުމޫންގެ ބަންދާ މެދު މިރޭ ގޮތެއް ނުނިންމި
އެމްޑީޕީގެ ރިޔާސީ ކެމްޕޭން ލޯންޗުކުރުން ފަސްކޮށްފި
މައުމޫނާއި ދެ ފަނޑިޔާރުން ދޮޅު އަހަރަށް ޖަލަށް
މައުމޫނާއި ދެ ފަނޑިޔާރުންގެ އަޑުއެހުން ފަސްކޮށްފި
ދިފާއީ ހެކިބަސް ނުނަގާނެ، ފަހު އަޑުއެހުން ބާއްވަނީ
"މައުމޫނާއި ދެ ފަނޑިޔާރުންގެ ފޯނު ފުލުހުންނަށް ނުދޭ"
މައުމޫނާއި ދެ ފަނޑިިޔާރުންގެ ޝަރީއަތް މިރޭ ކެންސަލް
ވަކީލުން ނެތަސް ޝަރީއަތުގައި ހެކިބަސް ނެގުން ކުރިއަށް
ދެ ފަނޑިޔާރުންގެ ވަކީލުން ވެސް މައްސަލަ ދޫކޮށްލައިފި
ވަކީލުން ނެތި ޝަރީއަތް ހިންގާތީ މައުމޫންގެ ކަންބޮޑުވުން