ހއ. އިންނަފިނޮޅު ފަރަށް ރޭ އުރުނު ބޭރު ގައުމެއްގެ ބޯޓުގައި ހުރި، މަސްތުވާ އެއްޗެހި ކަމަށް ބެލެވޭ އެއްޗެހިތަކެއް އެ އަތޮޅުގެ ބައެއް ރަށްތަކަށް މިރޭ ލައްގަން ފަށައިފި އެވެ.
31 މެއި 2018
ހއ. އިންނަފިނޮޅު ފަރަށް ރޭ އުރުނު ބޭރު ގައުމެއްގެ ބޯޓުގައި ހުރި، މަސްތުވާ އެއްޗެހި ކަމަށް ބެލެވޭ އެއްޗެހިތަކެއް އެ އަތޮޅުގެ ބައެއް ރަށްތަކަށް މިރޭ ލައްގަން ފަށައިފި އެވެ.
އަށް މީހުން ތިބި އީރާންގެ މި ބޯޓު ފަރަށް އަރާފައި އޮތް ކަމުގެ މައުލޫމާތު ސިފައިންނަށް ދިނީ މިއަދު ހެނދުނު މަސްވެރިކަމަށް ނުކުމެ އުޅުނު އެ އަތޮޅު ބައެކެވެ. އެބޯޓުގެ މައުލޫމާތު ސިފައިންނަށް ދިނީ އެ މީހުންނެވެ.
އުލިގަމު ގޮނޑުދޮށަށް ލެއްގި ކަމަށް ބެލެވޭ މަސްތުވާތަކެތި.
ސިފައިން އެ ސަރަހައްދަށް އަންނަ ތަން ފެނުމުން އެ ބޯޓުގައި ތިބި މީހުން ވަނީ ބޯޓުގައި ރޯކޮށްލުމަށް ފަހު، ކަނޑަށް ފުންމާލައިގެން ފިލަން އުޅެފަ އެވެ. އެމްއެންޑީއެފުން ބުނީ އެ އެންމެން ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ހއ. އިހަވަންދު އަށް ގެންގޮސްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އީރާންގެ މި ބޯޓުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުއްޓެވެ. އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއް ހއ. އުލިގަމު ގޮނޑު ދޮށަށް ވަނީ ލައްގައިފަ އެވެ.
މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ދަޅަކާއި ފުޅިއެއް. މި ތަކެތި ފެނުނީ އުލިގަމު ގޮނޑުދޮށުން. - ފޮޓޯ: މިހާރު
އުލިގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޒިޔާދު ހަސަން "މިހާރު" އަށް ވިދާޅުވީ މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓްތަކެއްގެ އިތުރުން، ބޯޓުގެ ބައެއް ބައިތައް ވެސް އެ ރަށު ގޮނޑުދޮށަށް ލައްގަމުންދާ ކަމަށެވެ. އެހެންވެ، ފުލުހުން ގޮނޑުދޮށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރަށުގެ ގޮނޑުދޮށަށް ލައްގަމުންދާ ތަކެތި ހުރީ ޓޭޕް އޮޅައިގެން ވަރަށް ރަނގަޅަށް ބަންދުކޮށްފައި. މިއީ މަސްތުވާތަކެއްޗަށް ވުން ވަރަށް ގާތް،" ޒިޔާދު ވިދާޅުވި އެވެ.
އުލިގަމު ގޮނޑުދޮށަށް ލެއްގި ކަމަށް ޝައްކު ކުރެވޭ މަސްތުވާތަކެތި. - ފޮޓޯ: މިހާރު
މީގެ އިތުރުން، އިންނަފިނޮޅާ ކައިރީގައި ހުރި ފަޅު ރަށްރަށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ މި ތަކެތި ލައްގަފާނެތީ އެ ރަށްތަކަށް ދިއުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ.
ފުލުހުން ބުނީ އީރާނުގެ ބޯޓުގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ހުރި ކަމުގެ ނިޝާންތަކެއް ފެންނާތީ ފުލުހުން ބޯޓު ބަލައި ފާސް ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އިތުރު މައުލޫމާތު މި ވަގުތު ހިއްސާ ކުރެވެން ނެތް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އުލިގަމު ގޮނޑުދޮށުން މިރޭ ފެނުނު ތަކެތި ފުލުހުންގެ ބެލުމުގެ ދަށުގައި. - ފޮޓޯ: މިހާރު
އުރުނު ބޯޓުގައި ހުރި މަސްތުވާތަކެތި ރަށްތަކަށް ލައްގަމުން ދާއިރު، އެ ބޯޓުގައި ހުރި ކަމަށް ބެލެވޭ ބައެއް އެއްޗެހި މިއަދު ހަވީރު ވަނީ ހއ. އިހަވަންދު އަށް ގެންގޮސްފަ އެވެ. އެ ރަށުގެ ބައެއް މީހުން ބުނި ގޮތުގައި އެ ރަށަށް ގެނައި އެއްޗެހި ހުރީ މަސްތުވާތަކެތި ބަންދުކޮށްފައި ހުންނަ ކަހަލަ ކޮތަޅުތަކެއްގަ އެވެ.
ބޯޓުގައި ރޯކޮށްލުމުގެ ސަބަބުން ބޯޓުގެ ބައިތައް އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ މީހުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކުރެ އެވެ.
އީރާނުގެ ބޯޓުގެ ދަލެއްގެ ތެރެއިން ޑްރަގް ފެނިއްޖެ
އީރާނުގެ ބޯޓުން 115 ކިލޯގެ މަސްތުވާތަކެތި ފެނުނު
ފަހަރަކު ބޯޓެއް، މަސްތުވާތަކެތިން ފުރިފައި!
އީރާނުގެ ބޯޓު މައްސަލާގައި ފުލުހުން އަދިވެސް ހިމޭނުން!
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
މީހެއްގެ އިނގިލި ބުރިކުރި މައްސަލާގައި ދެ ސިފައިން
ބަނގުރާ ކެއްކި މައްސަލާގައި ބިދޭސީއަކު ހައްޔަރުކޮށްފި
ގެއިން ދުން އަރާތީ ބެލިއިރު ތިބީ ބަނގުރާ ކައްކަން