ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުން މިހާތަނަށް 115 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ހއ. އިންނަފިނޮޅު ފަރަށް މިދިޔަ ބުރާސްފަތި ދުވަހު އުރުނު އީރާނު ބޯޓުން މިހާތަނަށް 115 ކިލޯގްރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން މިއަދު ވިދާޅުވީ، އީރާނުގެ ބޯޓުން 14 ބާވަތެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ސިފައިން އެ ބޯޓް އޮތް ސަރަހައްދަށް ދިއުމުން މަސްތުވާތަކެތި ނައްތާލުމަށް ޓަކައި ބޯޓުގައި ރޯކޮށްލައިފައިވާތީ ސީދާ އަދަދު ދެނެގަނެވޭގޮތް އަދި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަސްތުވާތަކެތި ނައްތާލަން އަލިފާން ރޯކޮށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީ، އެއިން ސީޒް ކުރެވޭ ޕިޔޯ ކޮންޓެންޓް ކުޑަވީމަ އަޅުގަނޑުމެންނަށް ސީދާ ކިހާވަރެއްގެ އެއްޗެހި އެ ބޯޓުގައި ހުރިކަން ބުނާކަށް ނޭންގޭ. ފުލުހުން މިހާރު ވެސް މިދަނީ އިތުރަށް އެ ސަރަހައްދު ބަލައި ފާސްކުރަމުން،" ޝިފާން ވިދާޅުވި އެވެ.
އެ ބޯޓްގައި ހުރި މަސްތުވާތަކެތި ވަނީ ހއ. ގެ އެކި ރަށްތަކަށް ލައްގައިފަ އެވެ. އުލިގަމަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ލެއްގިއިރު މޮޅަދު އަށް 300 ގްރާމްގެ މަސްތުވާތަކެތި ލެއްގި އެވެ. އަދި އިހަވަންދު އަށް ދެ ގްރާމުގެ މަސްތުވާތަކެތި ލައްގާފައިވާއިރު ދެ ފަޅު ރަށަކުން 4.2 ކިލޯގެ މަސްތުވާތަކެތި ލައްގާފައި ވަނިކޮށް ފެނިފައިވާ ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޯޓުގައި ތިބީ ޕާކިސްތާން މީހަކާއި އީރާނުގެ ހަތް މީހުން ކަަމަށާއި އެ އެންމެން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ބޯޓް ފަރަށް އަރާފައިވާ ސަރަހައްދަށް ސިފައިން ދިއުމުން އެ މީހުން ވަނީ ބޯޓްގައި ރޯކޮށްލުމަށް ފަހު މޫދަށް ފުންމާލައިފަ އެވެ. މިހާރު އެ މީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
"މިހާރު" އިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝިފާން ވިދާޅުވީ، މިއީ ރާއްޖެ އަށް ޚާއްސަ ކޮށްގެން އެތެރެކުރި މަސްތުވާތަކެތި ކަމަށް ނުބެލެވޭ ކަމަށެވެ. އެ ބޯޓުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވިސްނާލީމަ ގަބޫލެއް ނުކުރެވޭ މިހާ ބައިވަރު އެއްޗެހި ދިވެހިރާއްޖެ އަށް ގެނައުން. ނުވަތަ މީގެން ކޯއްޗެއްތޯ ރާއްޖެ ގެންނާނީ. ވޭތުވެދިޔަ ތަނުގައި އަޅުގަނޑުމެން ބަލާފައިވާ މައްސަލަތަކާ މި މައްސަލަ އަޅާ ކިޔަންޏާ އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ގަބޫލެއް ނުކުރެވޭ މިއީ ދިވެހިރާއްޖެ އަށް ގެނައި މަސްތުވާތަކެތި ކަމަކަށް،" ޝިފާން ވިދާޅުވި އެވެ.
ރާއްޖެ އަށް މިހާތަނަށް އެއްފަހަރާ 24 ކިލޯ އާއި 29 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށްފައި ވަނިކޮށް އަތުލައިގެންފައިވާއިރު އެއީ ވެސް އީރާނު ބޯޓްތަކުން ގެނައި ތަކެތި ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރެއިން 29 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމަކީ ރާއްޖޭގައި ރެކޯޑެކެވެ.
މީގެ ދެ މަސް ކުރިން ވެސް އެ ސަރަހައްދުން ބޯޓެއް މަސްތުވާތަކެއްޗާ އެކު އަތުލައިގެންފައިވާ ކަމަށާއި އެ ބޯޓުގެ މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް ޝިފާން ވިދާޅުވި އެވެ.
އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓާ މުހައްމަދު ސަލީމް ވިދާޅުވީ މިދިޔަ ހަފްތާއަކީ މޫސުން ގޯސް އަދި ގިނަ އޮޕަރޭޝަންތަކެއް ހިންގި ދުވަސްވަރަކަށް ވީތީ އެ ބޯޓް ފަރަށް އަރައިގެން ރިޕޯޓް ލިބުނުއިރު އެމްއެންޑީއެފްގެ އުޅަނދެއް އެ ސަރަހައްދަކު ނެތް ކަމަށެވެ.
ހއ. އުލިގަމުގައި ސިފައިންގެ ސެންޓަރެއް ގާއިމްކޮށް ކަނޑުގެ ސަރަހައްދު މޮނީޓާ ކުރުމަށް ސިފައިން ތިބި ނަމަވެސް އެ ހާދިސާ ހިނގިއިރު ސިފައިންގެ އުޅަނދެއް އެ ރަށަކު ނެތެވެ.
އެ ބޯޓް ކައިރި އަށް ސިފައިން ގޮވައިގެން ދިޔައީ ހޯރަފުށީގައި އޮތް ސީ އެމްބިއުލާންސް އެވެ. ސަލީމް ވިދާޅުވީ ހާދިސާއެއް ދިމާވެއްޖެ ނަމަ ސިފައިން އަމަލުކުރާ ގޮތަކީ އެންމެ ފަސޭހައިން ދެވޭ އުޅަދެއްގައި އެ ސަރަހައްދަށް ދިއުން ކަމަށެވެ.
އީރާނުގެ ބޯޓުގެ ދަލެއްގެ ތެރެއިން ޑްރަގް ފެނިއްޖެ
ފަހަރަކު ބޯޓެއް، މަސްތުވާތަކެތިން ފުރިފައި!
އުރުނު ބޯޓުގައި ހުރި މަސްތުވާތަކެތި ރަށްތަކަށް ލައްގަނީ
"ރާއްޖެ މަސްތުވާތަކެތިން ސަލާމަތްކުރަން އިސްކަންދޭނަން"
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
ރާއްޖެއަށް ޑްރަގް ގެނައި އީރާނުގެ ބޯޓެއް އަތުލައިގެންފި
އީރާނުގެ ބޯޓު މައްސަލާގައި ފުލުހުން އަދިވެސް ހިމޭނުން!
ދެ ފުލުހުންނާއި ސިފައިންގެ މީހާގެ ބަންދަށް ހަ ދުވަސް
ބައެއް ގެތައް ފާސްކޮށް މީހުން ހައްޔަރުކުރަނީ!
ސިފައިންނާއި ފުލުހުންގެ ކޮއްތަށް ދުވާލަކު މިލިއަނެއް!