ތަފާތު ޕްރޮމޯޝަންތަކާއި އެކު ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ލިޓަސް ފިހާރަ އިން ގުރުއާން މުބާރާތެއް ފަށައިފި އެވެ.
ތަފާތު ޕްރޮމޯޝަންތަކާއި އެކު ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ލިޓަސް ފިހާރަ އިން ގުރުއާން މުބާރާތެއް ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި ސައިކަލު ވިއްކާ ފިހާރަ އިން ބުނީ ގުރުއާން މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން ރޯދަ މަހުގެ ނިޔަލަށް ކަމަށެވެ. އަދި މި މުބާރާތް ކުރިއަށް ގެންދާނީ ދިވެހިންނަށް ހާއްސަ ކޮށްގެންނެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މުބާރާތްތައް އިތުރު ހަރުފަތަކަށް ގެންދިއުން... އެގޮތުން މި މުބާރާތުގައި ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެން ވެސް އަދި ރާއްޖޭން ބޭރުގައި ހުރެގެން ވެސް ބައިވެރި ވެވޭނެ،" ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.
ކޮންމެ ތަނެއްގައި ހުރެގެން ވެސް ބައިވެރި ވެވޭ ގޮތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރި ވުމަށް ހަދަން ޖެހޭ ގޮތަކީ ގުރުއާން ކިޔަވާ ވީޑިއޯއެއް ރެކޯޑް ކުރުމަށް ފަހު، ފޭސްބުކް މެސެންޖާ އިން ލިޓަސްގެ ޕޭޖަށް މެސެޖު ކުރާނީ އެވެ. ލިޓަސް އިން ބުނީ މިގޮތަށް ރެކޯޑު ކުރަން ކިޔަވާއިރު، އެ އޭޖު ކެޓަގަރީ އަކަށް ދީފައިވާ ބައިން މަދުވެގެން ހަތް އާޔަތް ކިޔަވަން ޖެހޭނެ ކަމަށެވެ.
ފޭސްބުކް މެދުވެރިކޮށް ވީޑިއޯ ފޮނުވާއިރު، އެ މީހެއްގެ ނަމާއި އައިޑީ ކާޑު ނަންބަރުގެ އިތުރުން އެ މީހެއްގެ އޭޖު ކެޓަގަރީގެ އިތުރުން ކިޔެވި އާޔަތްތަކުގެ މައުލޫމާތު ފޮނުވަން ޖެހޭނެ އެވެ.
މި މުބާރާތުގައި ކިޔަވާ މީހުންގެ ތެރެއިން އެންމެ މޮޅު މީހުން ހޮވާނީ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވައިދޭ ލެކްޗަރާއިން ހިމެނޭ ޖަޖިން ޕެނަލަކުންނެވެ. އެ ޕެނަލުގައި ތިބެނީ ގާރީ މުހައްމަދު ތައުފީގު އަލީ އާއި ގާރީ މުހައްމަދު ވަހީދު އަދި ޝެއިހް އިބްރާހިމް ރަޝީދު ހަސަން އެވެ.
ކޮންމެ އުމުރުފުރާ އަކުން ވެސް އެންމެ މޮޅު ފަސް މީހުން ހޮވާނެ އެވެ. އަދި އެ ފަސް މީހުންނަށް، ކޮންމެ މީހަކަށް 3،000ރ.ގެ ފައިސާގެ އިނާމަކާއި އެކު ލިޓަސްގެ ހާއްސަ ޓްރޮފީއެއް ދޭނެ އެވެ.
ލިޓަސް އިން ގުރުއާން މުބާރާތެއް ފެށިއިރު، ރޯދަ މަހާ ދިމާކޮށް އެ ފިހާރަ އިން ވަނީ، ގުރުއާން ކިޔަވައިގެން ޑިސްކައުންޓް ލިބޭ ތަފާތު ޕްރޮމޯޝަނެއް ވެސް ފަށަައިފަ އެވެ.
ލިޓަސް ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި
ކޮނޑުގައި ދަރިފުޅު އުފުލި މަންމައަށް ސައިކަލެއް ދީފި
ލިޓަސް އިން ގަންނަ ސައިކަލް "ވަގުތުން އަތަށް"
ލިޓަސްގެ އާ ޕްރޮމޯޝަން: ޓެކްސީ އެލަވެންސް
ލޮޓަސްގެ ރޯދަ ޕްރޮމޯޝަން ފަށައިފި
ލައިސެންސް ނަގަން ހިތްވަރުދޭ ޕްރޮމޯޝަނެއް ލިޓަސްއިން
ލިޓަސް އިން "ފިސާރި ކަނބަލުންނަށް" ޕްރޮމޯޝަނެއް
ލިޓަސް އިން އިންތިހާބާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް
ގުރުއާން ކިޔަވައިގެން، ލިޓަސް އިން ޑިސްކައުންޓް
ޓްރެފިކަށް ހޭލުންތެރި ކުރަން ލިޓަސްއިން ޕްރޮމޯޝަނެއް