Roadha Mihaaru
ލިޓަސް ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި

ލިޓަސް ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި

02 ޖުލައި 2018

ލިޓަސް ފިހާރަ އިން ރޯދަ މަހު ބޭއްވި ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި އެވެ.

ލިޓަސް ފިހާރަ އިން ރޯދަ މަހު ބޭއްވި ގުރުއާން މުބާރާތުގެ ވަނަތައް ހޮވައިފި އެވެ.

ގުރުއާން ކިޔަވާ ވީޑިއޯއެއް ރެކޯޑް ކުރުމަށް ފަހު، ފޭސްބުކް މެސެންޖާ އިން ލިޓަސްގެ ޕޭޖަށް މެސެޖުކުރާ މީހުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދިޔަ މުބާރާތުގެ ހަތަރު އުމުރުފުރާ އަކުން އެންމެ މޮޅު ފަސް މީހުން ވަނީ ހޮވައިފަ އެވެ.

ކޮންމެ އުމުރުފުރާ އަކުން ވެސް އެންމެ މޮޅު ފަސް މީހުންގެ ތެރޭގައި ހިމެނޭ ކޮންމެ މީހަކަށް 3،000ރ.ގެ ފައިސާގެ އިނާމަކާއި އެކު ލިޓަސްގެ ހާއްސަ ޓްރޮފީއެއް ލިބޭ ގޮތަށް ކުރިއަށް ގެންދިޔަ މުބާރާތުގެ ހަތް އަހަރުން ދަށުން އެންމެ މޮޅު ފަސް ކުދިންނަށް ހޮވުނީ މަލްކާ މުހައްމަދު ހަބީބް، މަރިޔަމް އިންޝާ ބިންތު ނިޔާޒް، މުހައްމަދު ހުޝައިމް ހުސައިން، ޒައިނަބު ބިންތު މުހައްމަދު ހަބީބު އަދި ޒުލައިހާ ލީމް އަޝްފާގެވެ.

އެ މުބާރާތުގެ 8 އަހަރާއި 12 އަހަރާ ދެމެދުގެ އުމުރުފުރާގެ އެންމެ މޮޅު ފަސް ކުދިންނަކީ އަބްދުﷲ ޝަހުދާން އަބްދުލް ޝަހީދު، އައިކާ ބިންތު މުހައްމަދު ނިޒާރު، އައިޝަތު މަންހާލް ހުސައިން، އައިޝަތު ޔާނާ އަހުމަދު އަދި މުހައްމަދު ޝުޖާން ހަސަނެވެ. ލިޓަސްގެ ގުރުއާން މުބާރާރުގެ 13-16 އަހަރުގެ އުމުރުފުރާ އިން އެންމެ މޮޅު ފަސް ކުދިންނަށް ހޮވުނީ އައިޝަތު އަފްނާން ޝަރީފް، އައިޝަތު އިންޝާ އަހުމަދު، މުހައްމަދު އައިމަން އާދަމް، ޝަފަގް ސައީދުގެ އިތުރުން ސުމާ ހުސައިނެވެ.

ހަތް އަހަރުން މަތީގެ މީހުންގެ ތެރެއިން ކެޓަގަރީތަކުގައި ނުހިމެނޭ މީހުންގެ ތެރެއިން އެންމެ މޮޅު ފަސް މީހަކަށް ހޮވިފައިވަނީ ދަހްލާން މުހައްމަދު ރިޒާ، ފާތިމަތު ވިދާދާ، ބަދޫރާ އަބްދުލް ޣަނީ، ޝަބާބާ އަބްދުލް މުހައިމިން އަދި މަރިޔަމް އިބާ މުހައްމަދު ޝިހާމެވެ.

"މިއީ ރާއްޖޭގައި މިހާ ބޮޑަށް ހުޅުވާލެވިގެން ބޭއްވުނު، އެންމެ ބޮޑު ގުރުއާން މުބާރާތް ކަމުން އެންމެ މޮޅު ފަސް މީހުންގެ ތެރޭގައި ހިމެނުމަކީ އެ ފަރާތްތަކަށް ލިބިގެން ދިޔަ ބޮޑު ފަހުރެއް. ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް އަޅުގަނޑުމެން މިފަހަރު އަލަށް ބޭއްވި މުބާރާތް ވަރަށް ކާމިޔާބު. ކުރިއަށް އޮތް އަހަރުތަކުގައި ވެސް މި މުބާރާތް ބާއްވާނަން،" ލިޓަސްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާސިފް ރަޝީދު ވިދާޅުވި އެވެ.

މި މުބާރާތުގައި ކިޔެވި މީހުންގެ ތެރެއިން އެންމެ މޮޅު މީހުން ހޮވީ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވައިދޭ ލެކްޗަރާއިން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އެ ޕެނަލުގައި ހިމެނިވަޑައިގަންނަވަނީ ގާރީ މުހައްމަދު ތައުފީގު އަލީ އާއި ގާރީ މުހައްމަދު ވަހީދު އަދި ޝެއިހް އިބްރާހިމް ރަޝީދު ހަސަން އެވެ.

ލިޓަސް އިން ބުނީ މުބާރާތް ކާމިޔާބު މުބާރާތަކަށް ހެދުމަށް ޖަމިއްޔަތުއް ސަލަފުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު ކަމަށާއި އެކަމަށް އެ ޖަމިއްޔާއަށް ޝުކުރު އަދާ ކުރާ ކަމަށެވެ.