Roadha Mihaaru
މާރާމާރީއާ ގުޅިގެން ގަމުން ދެ މީހަކު ހައްޔަރުކޮށްފި

ލ. ގަމުގައި ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

12 ޖޫން 2018

ލ. ގަމުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ލ. ގަމުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މަތިމަރަދޫ އަވަށުގައި ހިންގި މާރާމާރީއާ ގުޅިގެން އުމުރުން 28 އަހަރާއި 29 އަހަރުގެ ދެ ފިރިހެނަކު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާ ލިބުނީ އުމުރުން 21 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ މޫނާއި އަރިކަށި އަދި ބުރަކައްޓަށް ވެސް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު، ގަމު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު އަންނަނީ ފަރުވާ ހޯދަމުންނެވެ. އެކަމަކު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް އެނގިފައި ވެ އެވެ.

އެ ޒުވާނާ ފުޓުސަލް ދަނޑުގައި ކުޅެން ހުއްޓައި ހަމަލަދިނީ ތިން މީހުންގެ ގުރޫޕަކުން ކަމަށް ވެ އެވެ.