18 ޖޫން 2018
ހުރިހާ ނުބައި ކަމެއްގެ ފެށުމަކީ މަސްތުވާތަކެތި ކަމަށް ވާތީ، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުއްތާތައް އިތުރުކޮށް، ގޭންގުތަކުގައި އުޅޭ މީހުންގެ ފައިގައި ޓެގް އަޅުވާނެ ކަމަށް، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ހުރިހާ ނުބައި ކަމެއްގެ ފެށުމަކީ މަސްތުވާތަކެތި ކަމަށް ވާތީ، މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކުއްތާތައް އިތުރުކޮށް، ގޭންގުތަކުގައި އުޅޭ މީހުންގެ ފައިގައި ޓެގް އަޅުވާނެ ކަމަށް، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަަން ނިންމަވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމަރުގެ ވެރިކަމެއްގައި، މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް ގެންގުޅޭނެ ސިޔާސަތު އާއްމު ކުރައްވައި އޭނާ ވިދާޅުވީ، މަސްތުވާތަކެތިން މުޖުތަމައަށް ދޭ ގެއްލުންތަކުގެ ވާހަކަތައް ދައްކާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ ކަމަށެވެ. ނަމަވެސް އެކަން ހުއްޓުވާނެ ކަމަށް ހުރިހާ ސިޔާސީ ލީޑަރުން ވައުދު ވިއަސް، މިހާތަނަށް އެއްވެސް ސަރުކާރަކަށް އެކަން ކާމިޔާބު ނުވި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަސްތުވާތަކެތީގެ ސަބަބުން ރާއްޖޭގެ އަމާންކަން ވަނީ ގެއްލިފަ އެވެ. އޭގެ ސަބަބުން އެތައް ގޭންގުތަކެއް އުފެދި މީހުން މެރުން އާއްމުވެ ވައްކަމާއި ފޭރުން ވެސް ވަނީ ގިނަވެފަ އެވެ. އެކަން ހުއްޓުވަން، މުޅި ރާއްޖެ އަށް ކުއްތާތައް އިތުރުކޮށް، ތުހުމަތުކުރެވޭ މީހުންގެ ހަށިގަނޑު ޗެކުކުރަން އެއާޕޯޓުތަކުގައި މެޝިންތައް ބަހައްޓާނެ ކަމަށް އެ ސިޔާސަތުގައިވެ އެވެ.
"ކުއްތާތަކުގެ ފައުޖު އިތުރުކޮށް، ރާއްޖެ އަށް އެތެރެވާ ދޮރުތައް ކައިރީގައި ކުއްތާތައް ހަރަކާތްތެރިވާނެ. ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ތުހުމަތު ކުރެވޭ މީހުންގެ ހަށިގަނޑުު ޗެކްކުރުމަށް އެއާޕޯޓުތަކުގައި މެޝިން ބަހައްޓައި، ކޮންޓެއިނާތައް ޗެކުކުރާ މެޝިން ވައިގެ ބަނދަރުތަކުގައި ގާއިމްކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
"މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ދަރިންނަށާއި އާއިލާތަކަށް ރައްކާތެރިކުރަން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭނަން.. ޑްރަގް އެތެރެކޮށް ވިއްކާ މީހުންނަށް ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތެއް ނުލިބޭނެ. އެމީހުންގެ ފަހަތުން ކޮންމެ ދުވަހަކު ގާނޫނު އަންނާނެ. އަދި ގާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު، ފަސް ޖެހުމެއްނެތި ދެވޭނެ. ޑްރަގް ޑީލަރުންނާއި ގޭންގުތަކުގެ ކިބައިން މި ރާއްޖޭގެ ދަރިން ސަލާމަތްކޮށް މި ރާއްޖޭގެ މަގުތައް އަޅުގަނޑު އަމާންކުރާނަން،" އުމަރު ވިދާޅުވި އެވެ.
އެ ހިތާމަ އިން ގައުމު ސަލާމަތްކުރަން އެންމެން ތެދުވާންޖެހޭ ކަމަށާއި އެހެން ނޫނީ ކޮންމެ އަހަރަކު ވެސް އެތައް ޒުވާނުންނެއް ދާނީ މަސްތުވާތަކެތީގެ މަޅީގައި ޖެހެމުން ކަމަށް އުމަރު ވިދާޅުވި އެވެ. އެހެންވެ އޭނާ ވަނީ، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަން ނިންމައިފަ އެވެ.
ގޭންގުތައް ދެމިއޮންނަނީ މަސްތުވާތަކެތި ވިއްކައިގެން ކަން ފާހަގަކުރައްވައި އުމަރު ވަނީ، ގޭންގުތައް އަމިއްލަ އަށް ރޫޅާލައި އަބުރުވެރިކަމާއެކު ދިރިއުޅެން ފުރުސަތު ދެެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިފާ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެ ޓެގް އަޅުވާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޖަލުތަކުގައި ތިބި މީހުންގެ 80 ޕަސެންޓަކީ ޑްރަގާ ގުޅުން ހުރި މައްސަލަތަކުގައި ޖަލަށް ލާފައިވާ މީހުންނެވެ. މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ އަދަދު ގިނަވެ، ޖަލުތައް ފުރިބާރުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެ ކުށްވެރިން އަނބުރާ މުޖުތަމައަށް ނެރުމަށް، ރިހެބިލިޓޭޝަންގެ ފަރުވާ ހަރުދަނާކޮށް، ފަރުވާ ހޯދަން ކިއުގައި ތިބި މީހުންނަށް ފުރުސަތު ހޯދައިދޭނެ ކަން ފާހަގަކުރެއްވި އެވެ.
"މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ދަރިންނަށާއި އާއިލާތައް ރައްކާތެރިކުރަން އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދޭނަން.. ޑްރަގް އެތެރެކޮށް ވިއްކާ މީހުންނަށް ބިރުވެރިކަމެއް ނެތި އުޅުމުގެ ފުރުސަތެއް ނުލިބޭނެ. އެ މީހުންގެ ފަހަތުން ކޮންމެ ދުވަހަކު ގާނޫނު އަންނާނެ. އަދި ގާނޫނު ހުއްދަ ކުރާ އެންމެ ބޮޑު އަދަބު، ފަސް ޖެހުމެއް ނެތި ދެވޭނެ. ޑްރަގް ޑީލަރުންނާއި ގޭންގުތަކުގެ ކިބައިން މި ރާއްޖޭގެ ދަރިން ސަލާމަތްކޮށް މި ރާއްޖޭގެ މަގުތައް އަޅުގަނޑު އަމާންކުރާނަން،" އުމަރު ވިދާޅުވި އެވެ.
އުމަރުގެ ވެރިކަމުގައި މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައެޅި އިރު، އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި އިރު ވެސް ވަނީ ގޭންގުތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ގޮތުން ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ފާހަގަ ކޮށްލެވޭ މީހުންގެ މައްޗަށް މޮނިކޮން އަމުރު ނެރެ، އެ މީހުންގެ ފައިގައި ޓެގް އެޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމާ ގުޅޭ ކަންކަމުގައި އެއްގަލަކަށް ނޭރި އުޅޭ އިރު، އިދިކޮޅު ކޯލިޝަނާ ވަކިން އަމިއްލަ ގޮތުން މަސައްކަތް ކުރައްވާ އުމަރު އޭނާގެ ސިޔާސަތުތައް އާންމު ކުރައްވަމުން ގެންދަވަނީ ވީޑިއޯ މެސެޖުގެ ޒަރީއާ އިންނެވެ.
މަހުލޫފްގެ ގޮވާލެއްވުން އެތައް ބަޔަކަށް މައްސަލައަކަށް!
"ގޭންގަކުން" އުމަރަށް މަރުގެ އިންޒާރު ދީފި
ލަންކާގައި އުޅުނީ ރާއްޖޭގެ ގޭންގު ލީޑަރަކު މަރާލަން!
ގޭންގްތަކާއި ލީޑަރުންނާއި ކަނޑައެޅުން ކޮމިޓީއަކަށް
ވަގުތު ހަމަވި އިރު، އެންމެ ގިނަ ކެންޑިޑޭޓުން މިފަހަރު
އުމަރުގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި
އިއްޔެގެ މުޖުރިމުން މާދަމާގެ ވެރިންނަށް!
ހޯދާ މީހަކު ފޮރުވައިގެން އުޅޭތީ 5 މީހުން ހައްޔުކޮށްފި
މީހަކު މަރާލުމަކީ ފެއިލްވުމެއް ނޫން: ސީޕީ ހަމީދު
ޖޫސްޓައިމަށް ގެއްލުން ދިން މީހަކު ހައްޔަރުކޮށްފި