Roadha Mihaaru
ވޯލްޑްކަޕް ބަލަން 10 ދިވެއްސަކު ފުރައިފި

ވޯލްޑް ކަޕް ބަލަން 10 ދިވެއްސަކު ކޮކާކޯލާ އިން ރަޝިއާ އަށް ފޮނުވައިފި

21 ޖޫން 2018

"ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަމުގައި ކޮކާކޯލާ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވުނު މީހުންގެ ތެރެއިން 10 ދިވެއްސަކު ވޯލްޑް ކަޕް ބަލަން ރަޝިއާ އަށް ދާން އިއްޔެ ފުރައިފި އެވެ.

"ވޯލްޑް ކަޕް ފިއެސްޓާ"ގެ ނަމުގައި ކޮކާކޯލާ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް ހޮވުނު މީހުންގެ ތެރެއިން 10 ދިވެއްސަކު ވޯލްޑް ކަޕް ބަލަން ރަޝިއާ އަށް ދާން އިއްޔެ ފުރައިފި އެވެ.

ކޮކާކޯލާ އިން ބުނީ އެ މީހުން ރަޝިއާ އަށް ދާނީ ގަތަރުގައި ޓްރާންސިޓް ކުރުމަށް ފަހު ކަމަށެވެ. އަދި އެ މީހުން ބަލަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު ރާއްޖޭ ގަޑިން ހަވީރު 5:00 ގައި ކުޅޭ ބެލްޖިއަމާއި ޓިއުނީޝިއާ މެޗު ކަމަށް ކޮކާކޯލާ އިން ބުނެ އެވެ.

"މިއަދު އެ ފުރީ ފުރަތަމަ ބެޗު. އެ މީހުން އެކޮޅުގައި ހަތަރު ރޭ މަޑުކުރާނެ،" ކޮކާކޯލާ އިން ހުރިހާ ހަރަދެއް ބަލަހައްޓާ ދަތުރާ ގުޅޭގޮތުން އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ވޯލްޑް ކަޕް ބަލަން ރަޝިއާ އަށް ދާން އިއްޔެ ފުރި މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: އެ މީހުން ބަލާނީ ހޮނިހިރު ދުވަހު ކުޅޭ ބެލްޖިއަމް-ޓިއުނީޝިޔާ މެޗު.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

ވޯލްޑް ކަޕް ބަލަން ރަޝިއާ އަށް ދާން އިއްޔެ ފުރި މީހުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: އެ މީހުން ބަލާނީ ހޮނިހިރު ދުވަހު ކުޅޭ ބެލްޖިއަމް-ޓިއުނީޝިޔާ މެޗު.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު

އޭނާ ވިދާޅުވިގޮތުގައި، މި މަހުގެ 30 ވަނަ ދުވަހު ވެސް 20 މީހުންގެ ޓީމެއް ރަޝިއާ އަށް ދިއުމަށް ފުރާނެ އެވެ. އޭގެ ތެރޭގައި ބައެއް ނޫސްވެރިންނާއި ކޮކާކޯލާގެ ޕާޓްނާ ފިހާރަތަކުގެ ބައެއް މީހުން ވެސް ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

އެ މީހުން ބަލާނީ ވޯލްޑް ކަޕްގެ 52 ވަނަ މެޗު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެ މެޗު ވާނީ ވޯލްޑްކަޕްގެ ދެ ވަނަ ބުރުގެ މެޗަކަށެވެ.

މިދިޔަ މާޗް މަހުގެ 22 ވަނަ ދުވަހުން ފެށިގެން 45 ދުވަސް ވަންދެން ކޮކާކޯލާ އިން ކުރިއަށް ގެންދިޔަ ވޯލްޑް ކަޕް ފިއެސްޓާ ޕްރޮމޯޝަންގައި، ރަޝިއާ އަށް ދިއުމުގެ ފުރުސަތު ލިބުނީ ކޮންމެ ހަފުތާއެއް ވެސް ނިމުމުން ނެގި، އެ ހަފުތާއެއްގެ ގުރުއަތުން ހޮވޭ މީހަކަށެވެ.

ގުރުއަތުން ހޮވުނު ކޮންމެ މީހަކާ އެކު އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ވެސް ކޮކާކޯލާ އިން ވަނީ ދީފަ އެވެ.

ކުރީގެ އަހަރުތަކުގައި ވެސް، ވޯލްޑް ކަޕާ ދިމާކޮށް ކޮކާކޯލާ އިން މިފަދަ ޕްރޮމޯޝަންތައް ހިންގާފައި ވެ އެވެ.