Roadha Mihaaru

އައިއެސްގެ ސީނިއާ 45 މީހުން ސީރިއާ އިން މަރާލައިފި

ބަޣުދާދު (ޖޫން 24) - ސީރިއާގެ އިރުމަތީގެ ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސީނިއާ 45 މީހުން މަރާލާފައިވާ ކަމަށް އިރާގުން ބުނެފި އެވެ.

އައިއެސްގެ ސީނިއާ 45 މީހުން ސީރިއާ އިން މަރާލައިފި
ހަސަން އާމިރު
ހަސަން އާމިރު

24 ޖޫން 2018

ބަޣުދާދު (ޖޫން 24) - ސީރިއާގެ އިރުމަތީގެ ހިސާބުތަކަށް ދިން ވައިގެ ހަމަލާތަކުގައި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ސީނިއާ 45 މީހުން މަރާލާފައިވާ ކަމަށް އިރާގުން ބުނެފި އެވެ.

ހަމަލާ ދީފައި ވަނީ ސީރިއާގެ އިރުމަތީގެ ޓައުނެއް ކަމަށްވާ ހަޖިންގައި އައިއެސްގެ ލީޑަރުން ބައްދަލުވުމެއް ބާއްވަމުން ދިޔަ އިމާރާތްތަކަކަށެވެ. އިރާގުން ބުނީ މަރުވި އައިއެސްގެ މީހުންގެ ތެރޭގައި ޑިޕިއުޓީ ވޯ މިނިސްޓަރު، މީޑިއާގެ ބެހޭ އިސްވެރިޔާ، އައިއެސްގެ ފުލުހުންގެ ވެރިޔާ އަދި އެ ޖަމާއަތުގެ ލީޑަރު އަބޫ ބަކްރު އަލް ބަޣުދާދީގެ ޕާސަނަލް މެސެންޖާ ހިމެނޭ ކަމަށެވެ.

އައިއެސްގެ ހަނގުރާމަ ވެރިންނާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އިރާގު ސިފައިން ދަނީ ސީރިއާ ސަރުކާރަށް އެއްބާރުލުން ދެމުންނެވެ. ދެ ގައުމު ގުޅޭ ބޯޑަރު ސަރަހައްދުގައި އައިއެސްގެ ހަނގުރާމަވެރިން ދަނީ ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވަމުންނެވެ.

އައިއެސްގެ ބާރުގެ ދަށުގައި ކުރިން އޮތް ބިންތަކުގެ 98 ޕަސެންޓް މިދިޔަ ޑިސެމްބަރު މަހު ވަނީ އެމެރިކާ ކޯލިޝަނުން ހަމަލާދީ ހިފައިފަ އެވެ.