25 ޖޫން 2018
އެކުއާކަލްޗާގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އޯގަނައިޒޭޝަން ފޮ ދަ ނެޓްވަކް އޮފް އެކްއާކަލްޗާ ސެންޓާސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް (ނާކާ)ގެ ގަވާނިން ބޯޑުގެ ބައްދަލުވުން މާދަމާ ރާއްޖޭގައި ފަށާނެ އެވެ.
އެކުއާކަލްޗާގެ މަސައްކަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އޯގަނައިޒޭޝަން ފޮ ދަ ނެޓްވަކް އޮފް އެކްއާކަލްޗާ ސެންޓާސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް (ނާކާ)ގެ ގަވާނިން ބޯޑުގެ ބައްދަލުވުން މާދަމާ ރާއްޖޭގައި ފަށާނެ އެވެ.
ފިޝަރީޒް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުވުމެއްގައި މިނިސްޓަރު ޝައިނީ ވިދާޅުވީ، މާދަމާ ފަށާ އެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ މެމްބަރު 19 ގައުމަކުން ބައިވެރިވާނެ ކަމަށެވެ. އަދި މި ބައްދަލުވުމުގެ ރިއާސަތު ބަލަހައްޓާނީ ރާއްޖޭން ކަމަށާއި، މަސައްކަތް ކުރާނީ އެ ޖަމިއްޔާގެ ތެރެއިން، ރާއްޖޭގެ އެކުއަކަލްޗާ އިންޑަސްޓްރީ އިތުރަށް ކުރިއަރުވަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެ ޖަމިއްޔާގެ ކުރިއަށް އޮތް ދައުރުގެ ރިއާސަތާ ރާއްޖޭން ހަވާލުވާ އިރު، 2017 އިން ފެށިގެން ރާއްޖެ އޮތީ އެ ޖަމިއްޔާގެ ވައިސް ޗެއާގެ ގޮތުގަ އެވެ. ޝައިނީ ވިދާޅުވީ، ރާއްޖޭން ނާކާގެ ރިއާސަތާ ހަވާލުވާން ހަމަޖެހިފައި ވަނީ އެއް އަހަރުގެ މުއްދަތަކަށް ކަމަށެވެ.
ރާއްޖޭގެ ފަރާތުން ނާކާ ޗެއާ ކުރައްވާ ޝަކީލް.-- ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ރާއްޖޭގެ ފަރާތުން ނާކާގެ ރިއާސަތުގެ ބަލަހައްޓަވާނީ މެރިން ރިސާޗް ސެންޓަރުގެ ސީނިއާ ބަޔޮލަޖިސްޓް ހަސަން ޝަކީލެވެ.
ޝަކީލް ވިދާޅުވީ މަސްވެރިކަމުގެ ސަބް ސެކްޓާއެއްގެ ގޮތުގައި ރާއްޖޭގައި އެކުއަކަލްޗާ ތަރައްގީ ކުރަން މަސައްކަތް ކުރަމުން އަންނަ އިރު، މިހާރު އެ އިންޑަސްޓްރީގެ ބިންގަލެއްގެ ގޮތުގައި ބައެއް މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗާގެ ޕްރޮޖެކްޓެއް ކުރިއަށް ދާއިރު، އެ ޕްރޮޖެކްޓު ނިމުމުން ވޯލްޑް ބޭކުގެ ޕްރޮޖެކްޓެއް ފަށަން ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތައްޔާރުވަނީ މިކަމަށް ރަނގަޅު ބިންގަލެއް އަލަށް. އެ މަސައްކަތް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް އެބަދޭ... މިއީ ވަރަށް ބޮޑު ފައިދާއެއް އިގްތިސާދީ ގޮތުން ކުރާނެ ކަމެއް،" ޝަކީލް ވިދާޅުވި އެވެ.
މީގެ އިތުރުން އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ވައިސް ޗެއާގެ ގޮތުގައި ރާއްޖޭން އަންނަނީ އެ ޖަމިއްޔާ ގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބެޔަސް ނުބެޔަސް މިހާރު އާމްދަނީ ލިބޭ: ޝައިނީ
ފައިސާ ދޭން ފެށުމުން މަސްވެރިން މުޒާހަރާ ހުއްޓާލައިފި
ހުއްދަ ނެތި ރާއްޖޭގެ ކަނޑު ދިރާސާ ނުކުރަން އަންގައިފި
މާނާގަލާގައި ހެޗަރީ އަޅަން ދުބާއީގެ ކުންފުންޏަކަށް
މިފްކޯ އޮތީ ހާލުގައި، މަހުގެ އަގަށް ބަދަލެއްނުގެނެވޭނެ
ޒަހާ، މަސްއޫލިއްޔަތު އަދައެއް ނުކުރެއްވި: ނަޝީދު
ބޭރުގެ މަސްބޯޓުތައް މިހާރުވެސް ވާނީ ހުއްޓުވާފަ: ޝައިނީ
ދައްކާ ވާހަކަތަކުން މަސްވެރިކަމަށް ގެއްލުންލިބޭނެ:ޝައިނީ
ފެއާ ޓްރޭޑް ސެޓްފިކެޓުގައި މަސް ބޭރު ކުރަން ފަށައިފި
ލާމު ކޯޕަރޭޓިވްގެ އޯގެނިކް ގަސްކާނާ ބާޒާރަށް ނެރެފި